ބީއެމްއެލްގެ ކްރެޑިޓް ކާޑަށް އަލަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް އަމާޒުކޮށްގެންޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން ކްރެޑިޓް ކާޑުގެ ޖޮއިނިން ފީ އާއި ފުރަތަމަ އަހަރުގެ އެނުއަލް ފީ ނުނަގާނެއެވެ. މީގެ އިތުރުން ކްރެޑިޓް ކާޑަށް އެދި ހުށަހަޅާ ހުށަހެޅުމުގެ ތެރެއިން ބޭންކުން އެންމެ ފުރަތަމަ އެޕްރޫވްކުރާ 200 ކާޑަށް ކޭޝްބެކް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކޮންމެ ކާޑަކަށް ކޭޝްބެކްގެ ގޮތުގައި 2500 ރުފިޔާ ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

މި ޕްރޮމޯޝަންގެ ދަށުން ކްރެޑިޓް ކާޑަށް އެދި ހުށަހަޅާ ކަސްޓަމަރުންގެ ތެރެއިންކޮންމެ ހަފްތާއަކު ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓް ކާޑެއްލިބޭނެއެވެ. މީގެ އިތުރުން މި ޕްރޮމޯޝަނުގެ މުއްދަތުގައި ބޭންކުން އެންމެ ފުރަތަމަ އެޕްރޫވްކުރާ 2000 ކާޑަށް ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ލިބޭނެއެވެ. މިގޮތުން ކޮންމެ ކާޑަކަށް 3000 ރިވޯޑްސް ޕޮއިންޓް ލިބޭނެއެވެ. ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ރިޑީމް ކޮށްގެން ގިނަ އެއާލައިނާއި، ހޮޓެލާއި، ކާރު ކުއްޔަށް ނެގުމުގެ އިތުރުން އެމޭޒަން، އެޕްސްޓޯ، އައިޓިއުންސް، ގޫގުލް ޕްލޭ، ޕްލޭސްޓޭޝަން ފަދަ މަގްބޫލް ބްރޭންޑްތަކުގެ ގިފްޓް ކާޑު ގަތުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޖޫންގެ ނިޔަލަށެވެ.

ބީއެމްއެލްއަކީ އަކީ 300،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،000 އަށް ވުރެ ގިނަ މާޗެންޓުންނާ އެކު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޑުދޫކުރުމާއި ކާޑުގެ ހިދުމަތްތައް ބަލައިގަންނަ ބޭންކެވެ. އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް މެދުވެރިކޮށް ބީއެމްއެލްގެ ކްރެޑިޓް ކާޑަށް އެދި ހުށަހެޅޭނެއެވެ.

ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު: https://www.bankofmaldives.com.mv/apply-and-win

ކިޔުންތެރިންގެ ހިޔާލު