ހޫނުގަދަވި އެމްޑީޕީގެ އެތެރޭ އިންތިހާބުގެ އަރާރުންގަނޑު ނިމި އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އިގްތިސާދީ ވަޒީރު ފައްޔާޒު އިސްމާއިލާއި ބައްދަލުކުރައްވާފައިވަނީ ތަފާތު މާހައުލަކުންނެވެ. އެޕާޓީގެ އޮފީހުގައި އޮތް މިނިސްޓަރ ފައްޔާޒުގެ އުފަންދުވަހުގެ ކޭކުފެޅުމަކުންނެވެ.

މިހާތަނަށް ބޭއްވުނު އެންމެ ވާދަވެރި އެތެރޭގެ އިންތިހާބުގައި އެމްޑީޕީ އޮތީ ވަރަށް ބޮޑަށް ބައިބައިވެފައެވެ. ސަރުކާރު ފެކްޝަންގެ ފަރާތުން މިނިސްޓަރ ފައްޔާޒު ވާދަކުރެއްވިއިރު ދެން ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އަކީ ރައީސް ނަޝީދުގެ ފެކްޝަނުން ވާދަކުރެއްވި ބޭފުޅެކެވެ. އިންތިހާބުގެ ކެމްޕޭންގައި އެކަކު އަނެކަކަށް އަރައިރުންވެ، އެއް ފެކްޝަން އަނެއް ފެކްޝަނަށް ހުތުރު ތުހުމަތުތައް ކުރެއްވިއެވެ.

އިންތިހާބުގެ ކުރިން ވެސް ނަޝީދުގެ ޒާތީ މައްސަލަތަކެއް ފައްޔާޒާއި ދޭތެރޭގައި އޮންނަވާތީ ފެނެއެވެ. ޕާޓީ ތެރޭގައި "ބުރޯ" ހެދިގެން ނޫޅުއްވުމަށް ވެސް އެތައް ފަހަރަކު އެންގެވިއެވެ. ފައްޔާޒަކީ ވައްކަން ކުރައްވާ ކޮރަޕްޝަން ހިންގަވާ ބޭފުޅެއް ކަމަށް ވެސް ނަޝީދާއި އެމަނިކުފާނުގެ ފެކްޝަންގެ މެންބަރުން އިންތިހާބުގެ ތެރޭގައި ތުހުމަތު ކުރެއްވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު އިންތިހާބު ބާއްވާފައިވާއިރު ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެއްވީ ސަރުކާރު ފެކްޝަންގެ ފަރާތުންނެވެ. އެއާއެކު އަނެއްކާވެސް ނަޝީދު ފެކްޝަނުން އިތުރަށް ނުރުހުންވެ، އިންތިހާބުގައި މުޅި ދައުލަތް ބޭނުންކުރި ކަމަށާއި އިންތިހާބުން ބަލިވީ މުޅި ދައުލަތުގެ ނުފޫޒާއި ދެކޮޅަށް މަސައްކަތް ކޮށް ކަމަށް ބުނެ، ވޯޓު އޮޅުވާލުމުގެ ތުހުމަތުތަކެއް ވެސް ވަނީ ކުރައްވާފައެވެ.

އެހެންނަމަވެސް އެއަށް ފަހުގައި އެ ފެކްޝަނުން ވެސް އެންމެ ފަހުން ވަނީ ބަލި ގަބޫލުކޮށްފައެވެ. އެންމެ ފަހުން އިއްޔެ ހަވީރު ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނަށް ނިސްބަތްވާ މެންބަރުން ވަނީ ފައްޔާޒަށް މަރުހަބާ ދަންނަވާފައެވެ. އެއަށްފަހުގައި މިއަދު އެމަނިކުފާނު ވަނީ އެމްޑީޕީގެ އޮފީހުގައި މިނިސްޓަރ ފައްޔާޒާއި ބައްދަލުކުރައްވާފައެވެ.


އެގޮތުން މިއަދަކީ ފައްޔާޒުގެ އުފަންދުވަހެވެ. އާންމުވެފައިވާ ވީޑިއޯގައި ފެންނަ ގޮތުގައި އުފަންދުވަހުގެ ކޭކު މިނިސްޓަރ ފަޅުއްވާއިރު ނަޝީދު ވަރަށް ބާރަށް އަތް ޖައްސަވައެވެ. އެހެން އެންމެނަށް ވުރެވެސް ބާރަށެވެ. އަދި "ހެޕީ ބާތްޑޭ ޓޫ ޔޫ" ކިޔާ ވަރަށް ބާރަށް ލަވަ ކިޔުއްވާ އަޑު އިވެއެވެ. އެ ލަވަ ކިޔުއްވީ ވެސް އެމަނިކުފާނު އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ނަދީމް

    ވަގުތު ނޫހުން ފެންނަން ބޭނުންވި ފޮޓޯ ނުފެނުނީމަ ވަރަށް ދެރަވެފައި ދެއްތޯ ތިތިބީ.. ވަގުތު ނޫހުން ބޭނުންވީ އެމްޑީޕީ ދެބައި ވެގެންދާ ހަބަރު ބްރޭކިން ނިވްސް އެއްގެ ގޮތުގަ ލިޔެލަން .

    28
    51
  2. ކިސް

    އަބަދު ހަމައިގައި ތިބޭކައް ނުޖެހޭ؟؟

    43
    8
  3. ކުލޮ

    ދުނިޔޭގައި ތިބިއްޔާ ތަންތަން ފެންނާނެ..އެހެންވެ ވާގޮތް މިއި..

    39
    2
  4. ވާނުވާވިން

    ފަޔާ ދެކެ ވަރަށް ބިރުން ނަޝީދު ހުރިކަން ފާހަގަވޭ

    49
    7
  5. ރަން ރީނދޫ

    ޕަކާސް.މީހަކު ހިމަކޮއްލައިފި. ބޯން ގޮއްވި ސްޓޯރީވެސް މިފަހަރު ދިވެހިން ބަލައެއް ނުގަތް.
    ދެން ލަވަ ކިޔާލަދޭން ހުރޭ،ސޮނިފައިބަންދެން

    47
    9
  6. މޯޑް

    ރާޑިވޫމަ މީހަކު އޮޅެންގޮތަށް އެއޮޅެނޫ

    43
    3
  7. އޭނާމީނާ

    ދިވެހިން ގުބޯނަހައްދާ ! އެއްމެނަށްވެސް އެގޭކަމެއް. ޢެމްޑީޕީ ކުޅޭ ޑްރާމާއެއްކަން. ތިމީހުންނަކީ ރައްޔިތުން އޮޅުވާލައިގެން އަބަދުވެސް މަންފާ ނަގާމީހުން. ތިހުރިހާ ކަމެއް ކުރަނީ ފާދިރީ ބުނާގޮތަށް ރޭވިގެން.

    45
    2
  8. ސައީދު

    މިހާރު އިންތި އަށް ވިސްނޭނެ މިކަލޭގެ ކަންތައް ހުންނަ ގޮތް. ރަނގަޅަށް ވިއްޔާ އަޑިއަޑިން ވޯޓު ވެސް ދީފާ ހުންނާނީ..

    37
    3
    • ލީއްކޮ

      mashahves heevanee thihen.

  9. ގެރިކުޑޭ

    ސޭކުސްތާނުގެ ބުއްޅަބޭ ބަލިވީމަ މޮޔަވަނީ

    39
    4
  10. ކިޔ

    މުނާފިގުން ގެ އަމްލު

    41
    4
  11. ދިރާސާ

    ގޮވި އެއްޗެހި ނުގޮވާކަމަކަށް ނުވާނެ .. ފައްޔާޒުއަށް ޗެއަރޕާސަން މޭޒު ހަވާލު ކުރާނެބާ..؟ ތިޔަ ޕާރޓީގެ ތާރީޚް ބުނަނީ ވަރަށް ދަތި އުދަނގޫ ކުރާނެ ކަމަށް.. އަންނިގެ ނުފޫޒުން ތިޔަ ޕާރޓީ ސަލާމަތް ވެގެން ތިޔަ ޕާރޓީ ދިވެހިންގެ ސަގާފަތާ ގުޅޭ ޕާރޓީއެއްގެ ގޮތުގައި ސިޔާސީ މައިދާނުގައި ހިފަހައްޓާ ލެވޭނީ..

    36
    4
  12. ރަދީފުލް ކުމާރު

    ސުވާލަކީ އެވަގުތު އެމަނިކުފާނުން ހުންނެވީ ހަމައިގާތޯއޭ؟ ހެޕީބާތުޑޭ ޖެއްސީމާ އެހެންބޭފުޅުންތިބީ ވަރަށް ލަދުގަނެފާ - ޕުރިޕެއިޑް ޝިއުނާވެސް.

    29
    4
  13. ޑައެލޯގް

    މިހާރު އެމްޑީޕީވަނީ އުވިފައެވެ. އެމްޑީޕީވަނީ ޑީއާރުޕީގެ ގްރޫޕްގޮސް ހައިޖެކްކޮށްފައެވެ. އެމްޑީޕީގެނަމުގައި އެޕާޓީ ހިންގަނީ މައުމޫނާއި، ގާސިމާއި އަދާލަތެވެ. އިބޫއަކީ ފޮޓޯގަނޑެކެވެ. ދެންމިހާރުއެއުޅެނީ އަންނި ހައްދާލައިގެން 2023 އިބޫޕަޕެޓަށް ކާމިޔާބުކޮށްދި ގާސިމުމެން އަނެއްކާވެސް ވެރިކަންދިފާއުކުރާށެވެ. އަންނިނުލައި އެމްޑީޕީނަމުގައި 2023 ކާމިޔާބުނުވާނެތީއެވެ.

    33
    5
  14. ދޮހިކަރު

    ކިހިނެއް ލަވަ ކިޔާލުން ގަނޑު. ހެޕީ ބާތުޑޭ ވިއްޔަ.. ލަދުން ބޯހަލާކު 😅😅

    14
    1
  15. މުހައްމަދު އަހްމަދު

    ތީ އެކައްޗެއް. އެއް ބައެއް. އެއް އަމާޒަކަށް މަސައްކަތްކުރާ ބައެއް. ހުރިޙައި ދީނަކަށް ފުރުޞަތު ދިނުމާއި، ޤައުމު އަޅުވެތިކޮށް ވެރިކަން ކުރަން ބޭނުންވާ ބައެއް.

    17
  16. ހުވަކާ

    އަންނީ ހުވަކާ

  17. އަޙްމަދް

    ފަޔާޒަށް އާދެލައްބަދުރުވަންވަން ކިޔައިގެން ފަޔާޒުފަހަތުން އުޅުން ނޫންގޮތެއް މިއަދު ނަޞީދަކަށްނެތް……..
    އިންޑިއާ ރުޅިއތުވެދާނެތީ ރައީސް ޞޯލިހު އާއި ރުޅިވޭކަށް ނެތް.

    16
  18. އަޙްމަދް

    އަރާރުންގަނޑަށް ފަހު ނަޝީދު ފައްޔާޒަށް ލަވަ ކިޔައިދެއްވަނީ!
    ހޭހޭހޭހޭހޭ ހޭހޭހޭހޭ ހޭހޭހޭހޭ!

    12
  19. ހަވާސާ

    މިހާރު އެ ނޫންގޮތެއް ނެތީއެވެ. ޒާތީ ތަޢައްސުބުގެ ސަބަބުން މަޑުމަޑުން ކުނިޖެހި ހަވާސާއިން ބޭރުވެގެން ދަނީއެވެ.

    11
  20. އަހައްމަދޫ

    all fake

  21. ހަސަނާ

    ނަޟީދު ހިތްޕުޅާ ނުވާ މީހުން ހައްދަން ކުޑަކުއްޖަކު ހައްލާލާހެން ކޭކް ދިނަސް ނެހެއްލޭނެ.އިބްރާ ،މުނައްވަރު،ޑީޑީ އެއްލާލިހެން ފައްޔާޒު އެއްލާލެވޭނެ ކަމަށް ނަޟީދަށް ހީވުމަކީ ގޯހެއް.ހުޟިޔާރު

  22. ގަލަން

    ނަސީދު ކިތަންމެ ފަހަރަކު މީޑިޔާގަ ބުނެފި ފައްޔާޒަކީ ކޮރޮޕްޓް އަދި ދެވަނަ ބުރޯޔޭ ކޮރޮޕްޓް މީހުންނާ އެކީ މަސައްކަތެއް ނުކުރާނަމޭ ތިމަންނަ މިއީ ހުދު ފޮތިކޮޅެކޭ ބުނާކަހަލަ. މިވީ ކިހިނެއްބާ؟؟؟