މޫސުން ގޯސްވާނޭކަމަށް ލަފާކުރެވޭތީ މ. އަތޮޅުން ފެށިގެެން ސ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ. މި ސަރަޙައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 14:30 އިން އިރުއޮށްސި 18:30 ގެ ނިޔަލަށެވެ.

މި އެލާޓާއެކު މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވިދާޅުވެފައިވަނީ މި ސަރަޙައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި، އެސަރަޙައްދަށް ގަޑިއަކު 35 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް ވިދާޅުވެފައިވެއެވެ.

ވައިޓް އެލާޓް ނެރެފައިވާނަމަ، ކަމާ ގުޅޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ސަމާލުވާން ޖެހެއެވެ.

 

ކިޔުންތެރިންގެ ހިޔާލު