ޒަމާނުށްސުރެ ރާއްޖޭގައި އާދައަކަށްވެފައި އޮތް ބިން ހިއްކުމަށްވުރެ ސަރުކާރުން ބޮޑަށް ބޭނުންވަނީ ހައި ސްޕީޑް ފެރީ ނިޒާމެއްގެ ދަށުން ރާއްޖޭގެ އެއް ރަށް އަނެއް ރަށާއި ގުޅާލަން ކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން މެންބަރުން ސުވާލުކުރުމުގެ ވަގުތުގައި ކެޔޮދޫ ދާއިރާގެ މެންބަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ބިމުގެ ދަތިކަމަކީ ވަރަށް ގިނަ ރަށްރަށަށް ދިމާވާ މައްސަލައެއްކަން ފާހަގަ ކުރައްވާ މެންބަރު ވަނީ އެކަމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭން އަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ.

ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ބިން ކުޑަވެގެން އުޅެން ޖެހެނީ އެ ތިބޭ ބިމަށް އެކަނި ހަޔާތުގެ ކަންކަން ހުއްޓުނީމާ ކަމަށެވެ. އަދި ބިމާއި ދޭތެރޭގައި މިއަށްވުރެ ފުޅާ ދާއިރާއެއްގައި ވިސްނަން ޖެހޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް ކޮންމެވެސް މިންވަރަކަށް ބިންވެސް ހިއްކަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

"ބިން ހިއްކުން އެއީ ޓޯޓަލް ސޮލިއުޝަން ގޮތުގައި އަޅުގަނޑު ދެކޭކަށް ބޭނުމެއް ނޫން. އެހެންނަމަވެސް ވަރަށް ގިނަ ފަހަރަށް އަންނަ ޑިމާންޑެއް ބިން ހިއްކުން. އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވާ ކަމުގައިވާނަމަ ވަރަށް ގިނަ ބަޔަކަށް ގަބޫލުކުރެވޭ ތަރައްގީއަކީ ކަނޑުން ވެލި ނަގާ، ފަޅުތެރެއަށް އަޅާފައި ރަށެއް ހިއްކާލުން ކަމުގައި" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ ބިން ހިއްކަން ގިނަ ބަޔަކު ބޭނުންވި ނަމަވެސް ހިއްކާ ބިން ގިނަ ދުވަސްތަކެއް ވަންދެން އެއްވެސް ކަމެއް ނުކުރެވި އޮންނަ ކަމަށާއި މި މައްސަލައަށް ހަގީގީ ހައްލެއް ލިބިގެންދާނީ ރާއްޖޭގެ އެއް ރަށް އަނެއް ރަށާއި ގުޅި ލާމެހިގެން ކަމަށެވެ. އަދި އެކަން އަންނާނީ ދަތުރުފަތުރުގެ ނިޒާމެއްގެ ތެރެއިން ކަމަށެވެ.

"އަޅުގަނޑުމެން ހދ. އަތޮޅުގައި ދަތުރުފަތުރުކުރަން ފެށިފަހުން ފުރަތަމަ ދިޔަ 11 ދުވަހުގެ ތެރޭގައި 3000 ދަތުރުވެރިން ދަތުރުކޮށްފި. 3000 ޕެސެންޖާ ޓްރިޕްސް ކޮށްފި 11 ދުވަހުގެ ތެރޭގައި. އެކަކު ސްޓްރެޗަރުގައި ދަތުރުކޮށްފި. އެންމެ ގިނައިން މީހުން ދަތުރުކޮށްފައިހުރީ ބޭސްފަރުވާއަށް. ދެން ބާޒާރުކުރުމަށް. ދެން މަދު މިންވަރަކަށް އެބަހުރި އާއިލީ ދަތުރުތައް ވެސް ކޮށްފައި" މިނިސްޓަރ ވިދާޅުވިއެވެ.

ހައިސްޕީޑް ފެރީގެ ނިޒާމެއް ތައާރަފުކުރުމަކީ ސަރުކާރުން ގެންގުޅޭ ސިޔާސަތެކެވެ. އެ މަޝްރޫއުގެ ދަށުން ބައެއް އަތޮޅުތަކުގައި މިހާރު ވަނީ ހައިސްޕީޑް ފެރީގެ ނިޒާމު ގާއިމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    މީ ކޮންކަހަލަ ބޯބުރާންޗެއް! އޭތް! އޯތް! ފެރީގައި ގެދޮރު އެޅޭތަ؟ ދިހަބާރަ ދަރިން ގޮވައިގެން އެއްކޮޓަރިއެއްގައި އުޅެންޖެހޭތީ މި އުޅެނީ.

    10
    1
  2. އާލިމް

    މޫސުމަށް މި އަންނަ ބަދަލުތަކުގައި ފެރީގައި ދަތުރު ކުރެވޭތަ؟
    ހަމަ ފެރީ ބާ ހައްލަކީ؟

  3. valiwqyulq jihAdu

    ގދ.ހަވަރު ތިނަދޫގައި ހިއްކާފައި ފަޅަށް ބާއްވާފައި އޮތް ބިމަށް ދާންވެސް ފެރީއެއްތޯ ބޭނުންވަނީ. ކަލޯ އަސްލަމުއެވެ ބިން ފަޅަށް އޮންނަވާކަހަ ދައްކަނީ އެތާގަ އާބާދު ވެވޭނެ ގޮތް ހަދާދީފަހެއްޔެވެ. ފުލެޓެއް ރޯހައުސްއެއް އެޅުނީއެއް ނޫނެވެ. އެތަނުން ބަޔަކަށް ގޯއްޗެއް ދެވުނީއެއްނޫނެވެ. ތިނަދޫ ކައުންސިލްގެ ރައީސް ވަރަށް ސާފުކޮން އެބަބުނޭ "މިނިސްޓަޜު އަސްލަމް ވިދާޅުވެގެންނޭ އެތަނުން ގޯތި ދޫނުކޮއްގެން މިއުޅެނީ" ކިހާބޮޑު ނޮހޮރޮއްޕާނެއްތަ ތިނަދޫ ރައްޔިތުންނަށް ޖެހިފަ މިއޮތީ މި ފަރެސްމާތޮޑާ އަސްލަމަކާހުރެ.

    14
  4. އަލީ

    ބޮލައް ބެރި ވެއްޓިފަ ތިބޭ ބުރާންތިން ތަންތަނައް ލީމަ ގޮވާނީ މިކަހަލަ ކޮސް!!

  5. ޑައެލޯގް

    ކާލޭމެން ތިގޮތަށް ކުރީގައި ފެރީދުއްވަން ދޮންބިލެއްމެނާ ހާވާލުކޮށް ދުއްވިފެރީއެއްނެތެވެ. ނުވިތާކަށް ބަދަލުދީ ރަށެއްދީ ދޮންބިލެއްމުއްސަދިވިތަންފެނުނީ، މިހާރުއެއުޅެނީ އަނެއްކާ އަނެކަކަށް އެގޮތަށްހަދަންވެގެނެވެ.