ހއ.އަތޮޅުގެ މާރަންދޫ އާއި މޮޅަދޫ ސްކޫލަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ދެ ބަޔަކާ އެޑިއުކޭޝަން މިނިސްޓްރީ އިން ހަވާލުކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. އަދި ކުންފުނިތަކުގެ ފަރާތުން ސޮއި ކުރެއްވީ އެ ތަންތަނުގެ ވެރިންނެވެ.

މާރަންދޫ ސްކޫލުގައި ދެ ފަންގިފިލާގެ އިމާރާތެއް ހެދުމަށް ހަވާލުކޮށްފައިވަނީ ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށެވެ.

އެ މަސައްކަތް ހަވާލުކުރީ 200 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މަސައްކަތަކީ 7.9 މިލިއަން ރުފިޔާ މަސައްކަތެކެވެ.

މޮޅަދޫ ސްކޫލުގައި ތިން ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރީ ވެލްޓްރޭޑިން ޕްރައިވެޓް ލިމިޓެޑަށެވެ.

އެ މަސައްކަތް ހަވާލުކުރީ 118 ދުވަހުގެ ތެރޭގައި ނިންމަން ޝަރުތުކޮށް 4.8 މިލިއަން ރުފިޔާގެ އަގަކަށެވެ.

ކިޔުންތެރިންގެ ހިޔާލު