އިންޑިއާއިން ރާއްޖެއަށް އެންޓި ޓިއުބަކިއުލޮސިސް (ޓީބީ) ބޭސް ހަދިޔާ ކޮށްފިއެވެ.

މިއަދުގެ ވަގުތެއްގައި މި ބޭސް އިންޑިއަން ހައިކޮމިޝަންގެ ޗާޖް ޑެ އެފެއަރޒް ރޯހިތްރަތިޝް ވަނީ ރާއްޖޭގެ ހެތްލް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝާހް އަބްދުﷲ މާހިރާއި މިއަދު ހަވާލު ކުރައްވާފައެވެ.

މި ހަދިޔާކުރި އެންޓި ޓީބީ ބޭސް ވެގެންދާނީ ރާއްޖެ 2025 ވަނަ އަހަރަށް ޓީބީގެ ބަލި ރާއްޖެއިން ނައްތާލުމަށް ކުރަމުންދާ މަސައްކަތައް އިތުރު އެހީއެއްގެގޮތުގައި ކަމަށް އިންޑިއާގެ ހައިކޮމިޝަނުން ބުންޏެވެ،

މިއަދު ހަދިޔާކުރި ބޭސްތަކުގެ ތެރޭގައި އެންޓި-ޓީބީގެ އެކި ބާވަތުގެެ 27،000 ވުރެ ގިނަ ޓެބްލެޓް ހިމެނެއެވެ. މީގެ ތެރޭގައި މަލްޓި-ޑްރަގް-ރެސިސްޓަންޓް ޓިއުބަކިއުލޮސިސް (އެމްޑީއާރް-ޓީބީ) ވެސް ހިމެނެއެވެ.

މި އެންޓި-ޓީބީ ބޭސްތައް ހަދިޔާކޮށްފައި ވަނީ އިންޑިއާގެ ނެއިބަރހުޑް ފަސްޓް ސިޔާސަތުގެ ދަށުން ނެޝަނަލް ޓިއުބަކިއުލޮސިސް އެލިމިނޭޝަން ޕްރޮގްރާމް(އެން.ޓީ.އީ.ޕީ)ގެ ސްޓޮކްއިންނެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ، ރާއްޖޭގެ ސަރުކާރުން ސިއްހީ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަޒާ

    އިންޑިއާ އައުޓް