އެމްޑީޕީގެ ޗެއާޕާސަން ކަމަށް އަލަށް އިންތިހާބުވެފައިވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާ އެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރަން ރަނގަޅު މިސްރާބަކަށް ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ފައްޔާޒާއި އެކި ބޭއްވި ބައްދަލުވުމަށްފަހު ރައީސް ސޯލިހު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ފައްޔާޒުގެ ހިންގުމުގެ ތަޖުރިބާއާއެކު ޕާޓީއާއެކު ކުރިއަށްގޮސް، 2023 ކާމިޔާބުކުރުމަށް ރަނގަޅު މިސްރާބަށް ދަތުރުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

"ކުރިއަށް ކުރިއަށް، ބާރަށް ކުރިއަށް" ރައީސް ސޯލިހު ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.

ފައްޔާޒު މި އިންތިހާބުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއާ ވާދަކުރައްވައި ބޮޑު ތަނުން ކާމިޔާބު ކޮށްފައިވާއިރު، ފައްޔާޒު އިންތިހާބަށް ކުރިމަތިލައްވާފައިވަނީ ރައީސް ސޯލިހުގެ ތާއިދާއި އެކުއެވެ. އެކަމުގެ ނަތީޖާއަކަށްވީ ގިނަ ވަޒީރުންގެ ތާއިދު ފައްޔާޒަށް ލިބުމެވެ. މިއިންތިހާބުގައި އިމްތިޔާޒު ވާދަކުރައްވާފައިވަނީ ރައީސް ނަޝީދުގެ ތާއިދާއިއެކެވެ.

އިންތިހާބު ކާމިޔާބު ކުރުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، އޭނާއަށް ލިބުނު ކާމިޔާބަކީ ރައީސް ސޯލިހަށް އޮތް ތާއިދު ދައްކައިދޭ ކަމެއް ކަމަށެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ރައީސް ސޯލިހު އިއުލާނު ނުކުރިނަމަވެސް، ރައީސް ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހް ވާދަކުރައްވަން ފެނިވަޑައި ނުގަންނަވާކަމަށް ވިދާޅުވެފައެވެ. އަދި ޕާޓީގެ ފަރާތުން ރައީސް ނަޝީދު ވާދަކުރައްވާނެކަން ވެސް ވަނީ އިއުލާނު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބަކުރު

    އާނ ބޭރުގައުމުތަކުން ދިން ލާރި ގަނޑު ބައްކޮށްގެން ގައުމަށް 5 އަހަރު ކަމެއް ނުކޮށްދީ އިންތިހާބަށް އެފައިސާތަށް ހަރަދުކުރާނެ ކަން މިއަދު ވިހޭކުޑަކުއްޖާވެސް ދަންނާނެ.

    17
    3
  2. ކާފަބޭ2020

    ތިޔައާމިސްރާބަކީ ޖަލުގެތޭރިތަކުގެބިއްދޮށަށް ނުވެދާނެބާ؟؟؟؟ ކޮވިޑްސަޕޯޓުތައް އަރާހަމަނުކުރާނެބާ؟

    13
    1
  3. ރާއްޖެތެރެ

    ނުދޭނެ ދިވެހިންނެ ވޯޓޭއް އެމްޑީޕީޔަ އިންޝާﷲ

    18
    1
  4. ނެމޭ

    2023 އެއްނޫން 2028ވެސް ކާމިތާބު ކުރެވޭނެ! ހާޔާތްކުޑަ އާދަމުގެ ދަރިއެއްމީދޯ!

    14
    1
  5. ބޮޑުތަނުން ފެއިލް

    ތިބުަނަނީ ފައިސާއަށް ދިވެހިން ގަނެގެން އެމްބަސީ އިން ޚާރަދުކޮށްގެން ވެރިކަމަށް އާދެވޭނެކަން ޔާގީނޭތޯ؟ އިންޝާﷲ ބޮޑުތަނުން ބަލިކުރާނަށް. އިންޑިޔާގެ ޓާކޫރޭ މެން އަވަށްތައް ހިސާރުކޮށް މީހުން އަޅުވެތިކޮށްގެން އުޭ ސުޓެރެޓެޖީ އަށް ދިވެހިން ހޭލާ.ފިސާރި ތެދުވޭ. ދުވާލަކު އެއް މެސެޖް ދިވެހި ދައުލަތަށް ނޫނެކޭ ބުނަމާ. އަނިޔާވެރިކަމާއި ،ވައްކަމާއި ކޮރަޕްޝަން އިންތިހާ.ނޭވާހޮޅިން ވައްކަން ކުރި ފައިސާ ،ކަޅުދަބަހުގައި އުފުލި ފައިސާ ،ބަރަވެލި ދުވެލި ދިވެހިން ބޭނުމެއްނޫން. މި ސަރުކާރަށް ނޫނެކޭ ބުނާމީހުން ލައިކް އެންޑް މި ދޯހަޅި ސަރުކާރަށް އާއެކޭ ބުނާމީހުން ޑިސްލައިކް.

  6. މުގުރާން

    މިކަހަލަ އަނިޔާވެރި ސަރުކާރަކައް2023އެއްނޫން ދޭންވީ މުޅިޢުމުރައް ވެރިކަން ޙަވާލުކުރަންވީ އޭރުންތާ ހުރިހާރައްޔިތުން ކުޑަގޮޅިއައްލެވޭނީ

  7. ނައްސި

    ހަަދާން ނައްތާލާ! ކޮބާހޭ މާލޭ މީހުންގެ ގޯތިތައް ހުޅުމާލޭން ދޭންޖެހޭ! ފުލޭޓެއްނުން އަޅަންވީ!