ރިއަލް އެސްޓޭޓް ބޮޑެތި ޕްރޮޖެކްޓްތަކަށް ވަދެ، ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ވިސްނުން އެބަހުރި ކަމަށް އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް އެހެން ވިދާޅުވީ ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.

އާޒިމް ވިދާޅުވީ، ބޮޑެތި ހައުސިންގ ޕްރޮޖެކްޓްތަކަށް ވަނުމުގެ ވިސްނުން އެ ކުންފުނިން ގެންގުޅޭ ކަމަށާއި ނަމަވެސް މާލޭގައި ހިންގާ ކަހަލަ ކުދިކުދި ގެތައް ހެދުމުގެ މަސައްކަތަށް އެ ކުންފުނިން ނުވަންނާނެ ކަމަށެވެ.

އެމްޓީސީސީގެ އަމާޒަކީ ބޮޑެތި ހައުސިން ޔުނިޓްތައް ހަދާ، އެ ވިއްކުމުގެ ވިޔަފާރި ކުރުން ކަމަށް އާޒިމް ވިދާޅުވިއެވެ.

"ވިޔަފާރި ފުޅާ ކުރުމުގެ ވިސްނުން އެގޮތަށް ބަދަލުކުރަނީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ބަނދަރުތަކާއި ބިން ހިއްކުމާއި އެއާޕޯޓުތަކުގެ މަޝްރޫއުތައް ނިމުމަކަށް އަންނާނެތީ. އެހެންވެ އެމްޓީސީސީ އަށް އެފަދަ ޕްރޮޖެކްޓްތައް ލިބޭ މިންވަރު ވެސް މަދުވާނެ." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ހިއްސާދާރުންނަށް ރަނގަޅު އާމްދަނީއެއް ހޯދައި ދިނުމަށް އިތުރު ވިޔަފާރިތަކަށް އެމްޓީސީސީ ވަންނަން ޖެހޭ ކަމަށެވެ.

އަމާޒަކީ މި އަހަރުގެ ފައިދާ 300 މިލިއަން ރުފިޔާ އަށް އެރުވުން ކަމަށަ ވެސް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީ އަށް 2021 ވަނަ އަހަރު ފައިދާގެ ގޮތުގައި 272 މިލިއަން ރުފިޔާ ލިބިފައިވެއެވެ. ރޭގައި ޖަލްސާގައި ވަނީ ހިއްސާއަކަށް 3.50 ރުފިޔާ ބަހަން ފާސްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނަސީމުކާނީ

    ކުކުޅުބިހާ އި ފިޔާވެސް ވި އްކަންފަ އްޓާދެން.

    10
  2. ޔަހުޔާ

    ދެން ވަނީމަ ނިމުނީނު
    ކަލޭމެން ތީ ބޮޑެތި ވަގުން ކަމަށް ރަށު ތެރޭ އެބަ ކިޔާ

  3. ާއަޙްމަދު..

    ކަލޭ އަދި ވަންނާނެ އަނބިންނާއި ފިރިންގެ ދޭތެރެއަަށް ވެސް..2023 ގެ އިންތިޚާބު ކާމިޔާބު ކުރެވޭތޯ..

  4. ޢަލީ

    ބަލަ ހައުސިން މިނިސްޓަރު ބުނީ ސަރުކާރުކުންފުނިތަކުން ތިޔަ ވިޔާފާރި ކުރުން ރަނގަޅު ނޫން ކަމަށް...ލޮލް

  5. ދޯ

    އަހަރުގެ ފައިދާ 300 މިލިއަން ރުފިޔާ....ހިއްސާއަކަށް 3.50 ރުފިޔާ .... ތިވާފައިދާ ގެ ކަމެއް ހިސާއަކުން ނުފެނޭ ދޯ

  6. ޜރ happy

    ރައްޔިތުމީހާ އިންދަޖައްސާލާދެން😞

  7. ހަސަން ކުރުސި

    މީވެސް ރިއަލްސްޓޭޓު ވިޔަފާރިކުރާމީހެއް. އެމްޓީސީސީ އެވިޔަފާރިއަށް ވަނީމަ މީނަގެވިތަފާރި ކުރިއަރުވާލަން ވަރަށްފަސޭހަވާނެދޯ