ރާއްޖޭގެ ވެރިކަން މި ކުރަނީ ދިވެހިންނޭ ބުނާނެ އެއްވެސް ފުރުސަތެއް ނެތް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް މިގޮތަށް ވިދާޅުވީ، އިދިކޮޅުން ކުރުއަށްގެންދާ "މަވެސް ޕީޕީއެމް" ޖަލްސާގައި ވާހަކަދައްކަމުންނެވެ.

އާދަމް ވިދާޅުވީ، ރާއްޖޭގެ ވެރިކަން މިއަދު، ރާއްޖޭގެ ބަޔަކު ނަމެއްގައި ތިބި ނަމަވެސް ސިޔާދަތީ ބާރުތައް އޮތީ ގެއްލިގެން ގޮސްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ވެރިކަން މި ކުރަނީ ދިވެހިންނޭ ބުނާނެ އެއްވެސް ފުރުސަތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު މިއަދު މި އޮތި ގެއްލިގެން ގޮސްފައި، ބޭރުގެ ނުފޫޒު އިންތިހާއަށް އަޅުގަނޑުމެންގެ ތެރޭގައި އެބަ އޮތް". އޭނާ ވިދާޅުވިއެވެ.

މަވެސް ޕީޕީއެމް ޖަލްސާގައި އާދަމް ޝަރީފް - ވަގުތު އިމޭޖްސް: އަހްމަދު އަލީ

އޭނާ ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ރައީސް ޔާމީން އެއްގޮތަކަށްވެސް ބޭނުންފުޅުވާ ކަމެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނު ފެށި "އިންޑިއާ އައުޓް" ހަރަކާތާއެކު މި ސަރުކާރު ދަނީ ބޯވަތަށް ވެއްޓެން ކަމަށް އާދަމް ވިދާޅުވިއެވެ.

"އެމަނިކުފާނު އިސްނެންގެވުމާއި ހިސާބުން ފެށިގެން، އަޅުގަނޑު ހިތުން އެ ދުވަހުން ފެށިގެން، މިހާހިސާބަށް މިއައިރު މި ސަރުކާރު މި އޮތީ ބޯވަތަށް ޖަހާފައި، މި ސަރުކާރު މި ދަނީ ވެއްޓެން". އާދަމް ވިދާޅުވިއެވެ.

އާދަމް ވިދާޅުވީ، މިއަދު ރާއްޖޭގައި ކިތަންމެ ގިނަ ޕާޓީއެއް އޮތްކަމުގައިވިޔަސް ރައްޔިތުން ގަބޫލުކުރަނީ ރައްޔިތުންނަށް އުފާވެރިކަމާއި، ރީތި މަންޒަރާއި، ތަރައްގީގެ ކުރިއެރުންތައް މި ގައުމަށް ގެނެސްދެވޭނެ ހަމައެކަނި ބޭފުޅަކީ ރައީސް ޔާމީން ކަމަށެވެ.

"އަދި އެ ޕާޓީއާ ގިނަބަޔަކު މި ގައުމުގެ ތަރައްގީއާއި މި ގައުމުގެ ކުރިއެރުމަށްޓަކައި މަސައްކަތް ކުރާނެ ވަރުގަދަ ލީޑަރެއް އަޅުގަނޑުމެންނާއެކު ހުންނެވީމަ، ކުރުކޮަށް ދަންނަވާކަމުގައިވަނީނަމަ މި ޕާޓީއާ މީހުން ގުޅެނީ ޕާޓީގެ އިސް ސަފުގައި ރައީސް ޔާމީން ހުންނެވީމަ". އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަލްޖިބްރާ

    މާގިނަ ފޮނިކަޑާނެ ކަމެއް ނެތް ! ބަލަ ތިޔަ ޔާމީނު މިރާއްޖޭގެ ވެރިކަމަށް ސަވާރުވެގެން ހުރިއިރު ތިޔަގޮވާ " އިންޑިއާސިފައިން " ރާއްޖޭގަ ތިބިކަން ތިޔަ ބީތާއަށް ނޭގުނީތަ ؟ ބާރުއޮތްއިރު އެމީހުން ބޭރުނުކުރެވުނު ބަޔަކު މިހާރު މީހުންގެ ދޭތެރެ ޖައްސަން އުޅުނަސް ވާނެ ފައިދާއެއް ނެތް !

    5
    11
  2. ތުއްތު ކަތީބޖ

    ވެރިކަން މި މީހުން ބޭރު ބަޔަކާއި ވަގު ވަގަށް ހަވާލު ކުރުމަށް ފަހު އެކަން ފަޅާ އަރުވާލީތަ

    7
    2
  3. ޙަޒާ

    އެމްބަސީ އަކުން ހިންގާ ގައުމެއް

    10
    1
  4. ޙެސްކިޔާފަ

    ދަތްދޮޅިއަކީ އިންސާނުންގާ ހުންނަ ތަނެއްނޫނޭ ކިޔަގަ!

  5. ރަން ރީނދޫ

    އިންޑިއާގެ އުނގަށް ނުވެއްޓި، އެ ގައުމާއި އެކު ވަރަށް ގާތް ގުޅުމެއް ރާއްޖެ އިން ބާއްވަން ދަސްކުރަން ޖެހޭ. އިންޑިއާ އެދޭ ހުރިހާކަމެއް އެދޭ ގޮތަށް ނިންމުން ރަނގަޅެއް ނޫން. އެއީ ކައިވަތެއް ދިނިއްޔާ ބޮމައެއް ދަމައިގަންނާނެ އެބައިމީހުން. ރާއްޖެ އިންޑިއާގެ ބަޔަކަށް ހެދުމަކީ އިންޑިއާގެ ހުވަފެނެއް.