ރާއްޖޭއިން އަދި އަވަށްޓެރި ޤައުމަކުންވެސް މަންކީޕޮލްސް ފެނިފައި ނުވާކަމަށާއި. މަންކީޕޮކްސް އަކީ ބަލި ޖެހިފައިވާ މީހަކާއެކު ގިނައިރު ކޮންޓެކްޓް ވުމުން ފެތުރޭ ބައްޔަކަށްވުމާއެކު، މިވަގުތު ރާއްޖޭގައި މިބަލި ފެތުރުމުގެ ރިސްކު ކުޑަކަމަށް ލަފާކުރެވޭ ކަމުގައި އެޗްޕީއޭ އިން ވިދާޅުވެއްޖެއެވެ. އެހެންނަމަވެސް ގިނަ ގައުމުތަކުން ބަލި އުޅޭތޯ ދެނެގަތުމަށް ކުރާ މަސައްކަތްތައް އިތުރުވުމާއެކު، އިތުރު ގައުމުތަކުން ބަލި ފެނިދާނެ ކަމަށާއި އަދި އެއާއި ގުޅިގެން ރާއްޖެއަށްވެސް ބަލި އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.

އެޗްޕީއޭ އިން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ މަންކީޕޮކްސް ރާއްޖެއަށްވެސް ބަލި އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ލަފާކުރެވޭތީ އާއްމު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަންދިނުމަށް އިލްތިމާސް ކުރާކަމަށެވެ.

މިގޮތުން މަންކީޕޮކްސް އާއި މިފަދަ އެހެނިހެން ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް ގިނަގިނައިން އަތް ސާފު ކުރުމާއި މާސްކް އެޅުމުން އަދި އެއްވެސް އަލާމާތެއް ކުރިނަމަ އެހެންމީހުންނާއި ބައްދަލުވެ ގައިގޯޅިވެ ނޫޅުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

އަދި ހުންއައުމާއި، ގައިގައި ރިހުންފަދަ އަލާމާތްތަކާއެކު، ގޮށްލާ، ހަމުގައި ބިހި ނަގައިފި ނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

އެޗްޕީއޭ އިން ނެރުނު ބަޔާނުގައި ބުނީ އިނގިރޭސިވިލާތުގައި މަންކީޕޮކްސްގެ ކޭސްތަކެއް ރިޕޯޓްކުރުމާ އެކު އެޗްޕީއޭ އިން އެ އައުޓްބްރޭކްގެ ހާލަތު ބަލަމުން ކަމަށެވެ. އަދި އިއްޔެގެ ނިޔަލަށް 12 ގައުމަކުން 92 ކޭސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި މަންކީޕޮކްސްގެ ކޭސްތައް އާންމުކޮށް ފެންނަނީ ހުޅަނގު އަދި މެދުތެރޭ އެފްރިކާގެ ގައުމުތަކުން ނަމަވެސް އެއިން އެއްވެސް ގައުމަކާ ގުޅުމެއް ނެތް ތަންތަނުގައި ބަލި ފެތުރެން ފެށި ގޮތް ނޭނގި އެ ބަލި ފެތުރޭ މިއީ ފުރަތަމަ ފަހަރެވެ. އެހެންވެ ބައްޔާ ގުޅޭ ގޮތުން ޑަބްލިއުއެޗްއޯ އިން ދިރާސާތައް މިހާރު ފަށާފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މަންކީޕޮކްސްއަކީ ކަށިވިދުރި ޖައްސާ ވައިރަހާ އެއް އާއިލާއެއްގެ ވައިރަހަކުން ޖެހޭ ބައްޔެކެވެ. ކަށިވިދުރި ނައްތާލުމަށް ޖެހި ވެކްސިނުން މަންކީޕޮކްސް ވެސް ރައްކާތެރިކޮށްދެ އެވެ. ދުނިޔެއިން ކަށިވިދުރި 1980 ގައި ނައްތާލެވުނު ނަމަވެސް މިދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި މަންކީޕޮކްސް ފެތުރުނު ގައުމުތަކުގައި އެ ބަލި އިތުރުވި ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ނަތާ

    ރާއްޖޭގަ ވެސް އެއްޖިންސުން ގުޅުން ހިންގާ މީހުންނެއް މަދެއްނޫން ވިއްޔާ.. ފިރިހެނުން އަންހެން ދުޅާ ވެގެން.. އަންހެނުން ފިރިހެން ސިފަ ޖެހިގެން މިއުޅެނީ.. ދެން މިބުނަނީ މީ ޞިއްޙީ ހާލަތަކާ ގުޅިގެނޭ އެހެން އެއްޗެކޭ...
    އުއްމީދަކީ ކޮވިޑް އައިސްގެން ސިއްރުކުރި ގޮތަށް މިކަހަލަ ބަލިމަޑުކަމެއް އައުމުން އެޗްޕީއޭއިން ސިއްރުނުކުރާނެ ކަމަށް އަލުންވެސް...
    ރައްކާވެ ތިބިއްޔާ ދަތުރު...

    62
    5
    • ވިސްނާލުމަށް އެދެމޭ

      އެފްރިކާއިން މިބަލިޖެހިފަ ތިބި މީހުން ގެތެރޭ ގަ އެބަފެނޭ ކުޑަކުދިންވެސް އެއުމުރު ގެ ކުޑަކުދިން އެއްޖިންސުން ގުޅުންހިން ގާނެތަ އެކުދިންނަ ބަލިޖެހުނީ ޖިންސީ ގުޅުމުންތައް...އަދި މިބައްޔާބެހޭ ގޮތުންވެސް ފުރިހަމަ ދިރާސާތައް ނުކުރުވޭތީ ބަލީ ގެ ފަރުވާއެއްނެތީ..މިބަލި ގައިން ގަޔަށްއަރާ ގޮތުން ރަ ގަޅު ހެޔޮލަފާ މީހަކަށްވެސް ޖެހިދާނެ ބަލިޖެހިއްޖެއްޔާ ފާހިޝް ގެ އިލްޒާމު ނޭޅުވުމަށް އެދެން..

      16
      8
      • ވިސްނުމަށް ފަހު

        މި ބައްޔަކީ ފާހިސްކަން ފެތުރެމުން އާންމުވާ ވަބާއެއް. ސަބަބަކީ މުންކަރާތް ނުހުއްޓުވީމަ. ޢަދިވެސް އެއްޖިންސުން ގުޅުންހިންގަން އޯކޭވެގެން ތިބޭހާހިނދަކު އާންމުކަން އިތުރިވާނެ، ކަމާނުބެހޭ މީހާއަށްވެސް އަސަރުކުރާނެ.

      • ރޯނު އެދުރު

        ބަލަ އެއިޑުސް ބަލިވެސް ޖެހިފަ އެބަ ހުރި ވިހާ ކުދިންނަށް ވެސް. އެކުދިން ވެސް ޖިންސީ ގުޅުމެއް ނުހިންގާ. ފާޙިޝް ކަންތައް ޢާންމު ވެއްޖެނަމަ ބަލިމަޑުކަން އިތުރުވާނެ. ކަލޭ ވަކި ކަހަލަ ބަޔަކުގެ ވާހަކަ ލިޔުނީމަ ހަޖަމް ނުވީ ދޯ؟ 😂😂😂

    • ފުރީ

      އެއީ ޖަނަވާރުން ޖެހޭ ބައްޔެއް އެފްރިކާ މީހުންނަކީ ރޮލާއާ ފިހެގެން އެއްގަމުޖަނަވާރު ކާބައެއް ފިހެގެން ކެއަސް ސާފުތާހިރުކަން ކުޑަ.

  2. ބޯ

    ދެން ރާއްޖޭގެ ބޯޑަރ އިން ވަކި އުސޫލެއް ގާއިމް ކުރަން ފެންނަނީ

    15
    2
  3. އަމްމަޑޭ

    މަންކީޕޮކްސް އައް ދިވެހިން ކިޔަނީ، ރާމާމަކުނު ބަސަންދު.

    19
    • ސޯލިބޭ

      މަކުނުބަސަންދު

  4. ޢަލީ

    ތާކު ބައްޔެއް އުޅެންޔާ ރާއްޖެ ނައިސްވެދާނެތަ

    16
  5. މީޑިއާދައު

    ރާއްޖޭގައި މިބަލި އެބައުޅޭ... ހަނދާންވާގޮތުން ނިމިދިޔަ ރޯދަމަހުގެ ކުރީކޮޅު ނުވަތަ ރޯދަމަސް ފެށުމުގެ ކުރިން ބައެއްމީހުން ގައިގަ ފޮޅުތަކެއް ނަގާފަ ގަދައަށް ހުންއައިސްގެން ޑޮކްޓަރަށް ދެއްކީމަ ޑޮކްޓަރުންނަށްވެސް ނޭނގިގެން އުޅުނުކަމާއި ޑޮކްޓަރުން އެބައްޔައް ޕޮޕްކޯން ޑިސީސް ކިޔާކަމަށް އަޑުއިވުނު.

    19
    3
  6. ސައިމަން

    މިސަރުކާރުން ހައްދަވާ ގޯސްތަކެގެ ސަބަބުން ބަލިފެތުރިދާނެ ކުރީބައިގަ ރައްއިތުން ސަމާލުވޭ

    25
    2
  7. ޑޮކްޓަރމޮންރޯ މަސީހް އާރްއެމްޕީ

    ޔަގީން ކަށަވަރުވެއްޖެ ތިޔަބަލި ރާއްޖޭގައި އެބައޮތްކަން.

    10
    2
  8. 😠😠😠

    ބިރުދެއްކުން ހުއްޓާލާ. ޓެރަރިޒަމްގެ އަމަލެއް

    15
    4
  9. Anonymous

    ތިހެން ބުނާނީ ތި މިރާއްޖެއިން ފެނުނީކަމަށްވާނީ ކޮވިޑް ތި ކަަހަލަ ހާސަރުތަކެއް ދަމައިގެން ސިއްރުކޮށްގެން އުޅުނީ އާޚިރުގައި ފަޅާއެރީމާ އުއްޗުއޭ ކުރެއްދޫ ރިސޯޓޭ ފަޅޮލޭ އެގަހުކޭލޭ މިގަހުކޭލޭ ކިޔާ ޒިންމާއިން ބޯދަމާގަތީ.
    މިހާރުއްސުރެން ފަތުރުވެރިންގެ ގޮތުގައި އަންނަ މަންކީ ކުޅި މީހުން އައުން ހުއްޓުވަންވީ. އަދި ދިވެހިންގެ ތެރެއިން މަންކީ ކުޅި މީހުންނަށް ދީނުގައި އޮން ަަަައދަބު ދޭންވީa

  10. ސައްޕެ

    އެއްވެސް ހާލެއްގައި ރާއްޖެ ކައިރީ އަވައްޓެރި ގައުމެއްގައި ނެތުން އެއީ ފަސޭހަކޮއްލަން ޖެހޭނެ ހުއްޖަތަކަށް ނުބަލާ ރައްކާތެރިވުމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް ވަގުތު އޮއްވާ އަޅުއްވަން ފައްޓަވާ! ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެކަލާންގެ އިރާދަފުޅުން މެނުވީއެއްވެސް ކަމެއް ނުވާނެއެވެ.

  11. އެއްކަލަ ބައިމީހުން

    ރައްޔިތުން ސަމާލުވާން ގޮވަން ވީކީނުން ސިއްޙީ ނިޒާމް ތައްޔާރައްތޯ އޮތީ ބަލާ.. ބޯޑަރ މޮޓަރިން ވަރުގދަކުރޭ.. އަސޮލޭޝަން ފެސިލިޓީ ހުރިތޯ ބަލާ..

  12. ނުހާ

    މީ މާތް ރަސްކަލާނގެ ފޮނުުއްވި ކޯފާއެެެެެެެެެެެއް!! އެކަލާނގެ ފޮނުއްވި ޢަޒާބެއް. ޔާރައްބު މި ޢަޒާބުން އަޅަމެން ރައްކާތެރި ކުރައްވާށި! އާމީން!

    3
    1
  13. Happy 123

    ބަލިއައިސް ފެތުރުނީމަ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަނީ…މި ހެންމި ބުނީ ކޮވިޑުވސް އެހެން ޜާއްޖެގައި ހެދީ!! ރާއްކާވެތިބިޔާ ދަތުރު!

  14. ޒާ

    ހުރިހާ ނުބައި ކަމެއް އޮތްތަނެއް މިރާޢްޖެއަކީވެސް. އެހެންވީމާ ކޮންމެ ނުބައި ބައްޔެއް މިރާއްޖޭގައި ފެތުރޭނެ.

  15. ބަކުރު

    ހެހެހެ ކުކުޅު ޕޮކުސް ފާނަ ޕޮކުސް މަކުނު ޕޮކުސް ސުލޯ ޕޮކުސް