ރާއްޖޭގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ކޯޗުކަމުގެ ދަށުން ލަންޑަނުގެ އޭއެފްސީ ސައުތް ލަންޑަން ކްލަބްއިން ގިނަ ކާމިޔާބީތަކެއް ހޯދައިފި އެވެ.

ފާއިތުވީ ހަފްތާގެ ތެރޭގައި އެ ކްލަބުން ވަނީ އިނގިރޭސި އެފްއޭ އެފިލިއޭޓެޑް ލަންޑަނުގެ ވިމްބަލްޑަން ކަޕް ބީގެ ރިހި މެޑެލްއާއި ގްރެންފެލް މެމޯރިއަލްކަޕްގެ ރިހި މެޑެލް ހޯދާފައެވެ.

މިކަމާއި ގުޅިގެން އަލީ ވަހީދު ވިދާޅުވީ އެ ކްލަބްގެ ހެޑް ކޯޗެއްގެ ގޮތުގައި ދެ ރިހި މެޑަލް ކާމިޔާބު ކުރެވުމުން، ދިވެހި ފުޓުބޯޅައިގެ މާދަމާ ބިނާކުރަން އަމާޒު ހިފަންވީ ހިސާބު ވަޒަންކުރެވިއްޖެ ކަމަށެވެ.

"ދުވެފަނުދެވެންޏާ ހިނގާފަވެސް ހުވަފެނީ މަންޒިލަށް އަމާޒު ހިފާ. އިރާދަފުޅުން ކާމިޔާބު ވާނެ. އިއްޔެ ކުރީގެ ޕްރިމިއަރލީގް ކްލަބު ލަންޑަނުގެ ކްއީންސް ޕާކް ރޭންޖާސް ސްޓޭޑިއަމްގައި ކުރެވުނު ތަޖުރިބާގެ އަލީގައި ދިވެހިފުޓުބޯޅައިގެ އިންގިލާބީ ސަފްޙާއެއް އިރާދަފުޅުން ކުރަހާނަން." އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު " ވަގުތަށް" ވިދާޅުވީ ސައުތު ލަންޑަން ފުޓްބޯޅަ ނެޓްވާކްގެ ހެޑްއަކަށް ހުރެ އެ ނެޓް ވޯކްގެ ތެރޭގައި ތިބި ޓީމުތަކަށް ކާމިޔާބީތައް ލިބެމުންދާތީ ވަރަށް އުފާވާ ކަމަށެވެ. އަދި ދިވެއްސަކަށްވެހުރެ މިއީ ލިބުނު ޝަރަފެއް ކަމަށެވެ.

ސައުތު ލަންޑަން ފުޓްބޯޅަ ނެޓްވާކްގެ ހެޑްކަން ކުރައްވަން ފެއްޓެވީ 2021 ވަނަ ލަންޑަނަށް ވަޑިގެން އެ އަހަރުގެ ޖުލައި މަހުގައި ކަމަށާއި ކުރިން އެ ނެޓްވޯކްގެ ޓީމުތައް އެހާ ބޮޑު ކާމިޔާބީއެއް ހޯދައި ނުވާތީ އެކަން ހިއްސާ ނުކުރީ ކަމަށް ވެސް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު ކަމުން އަލީ ވަހީދު ވަކިކުރީ، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް އޭނާ ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއްގައެވެ. އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކެއް އެ ކަމުގެ ޝަކުވާ، ރައީސް އިބްރާޙީމް މުހައްމަދު ސޯލިހަށް ހުށަހެޅުއްވީ ކަމަށް ބުނެއެވެ.

ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ކްރިމިނަލް ކޯޓުން ހުއްދަ ދިނުމާއިއެކު، އަލީ ވަހީދު ރާއްޖޭން ބޭރަށް ވަޑައިގަތެވެ. އެއަށް ފަހު އިނގިރޭސިވިލާތަށް ވަޑައިގެންނެވި ގޮތަށް އޭނާ އުޅުއްވަނީ އެ ގައުމުގައެވެ. އަލީ ވަހީދު ވިދާޅުވާ ގޮތުން ސިޔާސީ ބޭނުމަކަށް އޭނާ "ފްރޭމް" ކުރީއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޒަމީރު

    ނަމުގަ ހުރިހާ ހައްގަކަށް ވަކާލާތުކުރާ އައްމަ ގައުމު ޔޫކޭގަ އަންހެނުންނާ ބެހިގެން ތުހުމަތުކުރެވިފަވާ މީހުން ގޮސް ކުޅެފަ އުޅެންވީ، އެކަހަލަ މީހުންނަށް ޚާއއްސަ ވަޒީފާވެސް ހުންނާނެ

  2. ބެރޭ

    ތީ އަނެއްކާ ނަށީދު ލަންކާގެ ކަންކަމާ ދަލުބޭރުންޖެހިގަތް ގޮތަށް އަމިއްލައަށް ގޮސް ވަދެގަތް ތަނެއްތަ؟ ޢަނެއްކާ ތި ކުލަބަށް އެނގޭތަ އަލީ ވަހީދު ކޯޗުކޮށްދޭކަން؟

    ފޮޓޯއެއްނަގާލަން ވަދެފަ ހިއްވަރުދޭން ދެތިން ބަހެއް ބުނެލާފަ ކޯޗަށް ވެގަތީތަ؟

  3. ވަގުންގެސާރކާރު

    އިންޓަޕޯލްގެ ދަށުން ރާއްޖެ ނުގެނެވިގެން އުޅޭ އަލީ ވަހީދުތައް

  4. ހަނި

    ދެންއާދޭ އަހަރެމެންގެ ނިއު އާ ހަވާލު ވާން

  5. 👍🏼

    ހހެހެހހހހ. ގަދަ

  6. އަލީމް

    ނަމަނަމަ އަންހެން ޓީމެއްގެ ހެޑްކޯޗުކަމާ ހަވާލު ނުވާތި!!

  7. ދިވެހި ގައުމު

    މީ މާ ވަރުގަދަ މީހެންނު އިންޓަޕޯލް މެދުވެރިކޮށް ހޯދައިގެން ދިވެހި ފުލުހުން ގެންނަން ބޭނުން ނުވާ މީހެއް މިނިވަން ކަމާއެކީގައި ލަންޑަނުގައި އުފަން ލަނޑަނު މީހެއްވެސް ނޫޅޭ ފެންވަރުގައި އުޅެނީ، މީހެ ކުރިން ގަބޫލް ކުރީ އެއީ އަލީވަހީދު ކުރި ކަމެއް ކަމަށެވެ. ދިވެހި ސަރުކާރުން އޭނާ މިނިވަންކޮށަފައި އެހެން ބެހެއްޓުމުން ހިތާ ދެކޮޅަށްވެސް ދޭހަކުރަން މިޖެހެނީ އެއީ ނުހިނގާ ކަމެއް ކަމަށެވެ.

  8. ލައްޑޫ

    ދިވެއްސެކޭ؟ އެހެން ކިޔާބަޔަކު މިހާރު ނޫޅޭ.. މާލްދީފް ޝަހެރް ކިޔާ ބަޔަކު އުޅޭކަށްވަނީ

  9. ދޯކާ 1

    ތޮއްޑޫ ޓީމްއަާ ގުޅެންވީ ،،،،،،،،،،،،،