މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ހާލު ދެރަވި މީހަކު މ. މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ހާލު ދެރަވެފައިވަނީ މ. ތުވަރުން 9 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަމަށް ނުކުމެ އުޅުނު :ސިލްވަރީ" ދޯނީގައި މަސައްކަތް ކުރަމުން އައި އުމުރުން 58 އަހަރުގެ ފަޅުވެރިއެއް ކަމަށެވެ.

އޭނާ ހާލު ދެރަވެގެން އުޅޭކަން އެމްއެންޑީއެފް އަށް މައުލޫމާތު ލިބުމުން މ. މުލީ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު