ފިލްމީތަރި ހުނައިޝާ އާދަމް (ހުނޫ)ގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ދައުލަތުން އުފުލައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ދައުލަތުން އޭނާގެ މައްޗަށް އުފުލާފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ދައުވާއެވެ.

ހުނޫގެ މައްޗަށް އެ ދައުވާ އުފުލީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު އޭނާ އާއި އޭނާގެ ލޯބިވެރިޔާ މާލޭގައި ތިބި ގެއަކުން މަސްތުވާތެކެތި ފެނުނު މައްސަލާގައެވެ.

އެ މައްސަލާގައި އޭނާގެ ލޯބިވެރިޔާގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ.

ހުނޫ އަކީ ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ މީހެކެވެ. އިންސްޓަގްރާމްގައި އެނާގެ 25،000 އަށް ވުރެ ގިނަ ފޮލޯވަރުން ތިބެއެވެ. ޑާކްރެއިންގެ ގިނަ ފިލްމުތަކުން ފެނިފައިވާ ހުނޫ ހައްޔަރުކުރިއިރު ވެސް އޭނާ ދިޔައީ ބައެއް ފިލްމުތަކުގެ މަސައްކަތް ކުރަމުންނެވެ.

ހުނޫ އަކީ ފިލްމީ ދާއިރާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުން އައި ފަންނާނެކެވެ.

ޓިކްޓޮކް އާއި ފިލްމީ ދާއިރާގައި މަޝްހޫރު ރާއްޖޭގެ ހަތަރު ވަރަކަށް ފަންނާނުންގެ މައްޗަށް މިހާރު ވެސް ކްރިމިނަލް ކޯޓުގައި މަސްތުވާތަކެތީގެ ދައުވާތައް ވަކިވަކިން އުފުލާފައިވެއެވެ. އޭގެތެރެއިން ބައެއް ފަންނާނުންގެ ދައުވާތަކުގެ ޝަރީއަތް މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ބުސެން

    ހުނޫ ތިއޮތީ ހޫނު ވެފަ

    40
  2. ނަޝީދު

    ތީ ދިވެހިން އަމިއްލަ އަށް ކުރިކަމެއް ކީއްކުރަން އިންޑިޔާގެ ފިލްމީ ތަރިން މަސްތުވާ ތަކެތި ބޭނުން ކުރާ ހަބަރު ގެނެސްދެނީ ދެން މުމީހުންވެސް މަޝްހޫރުވާްން ވެގެން އޭތި ބޮއެ ކައި ހަދަނީ...

    37
    1
  3. ލަމް

    ހާސްނުވޭ އަހަރުމެން ވަކީލުން މިތިބީ ތައްޔާރަށް ހޫނޫ އާ އެކު

    35
    10
    • ހަގީގަތް

      ވަކީލުން ނަކީ ހިލޭސާބަހަށް މަސައްކަތް ކުރާ ބައެއްވީމަ ދޯ އަމާ މީހާ ފަންގިވިނދެގެން ލާރި ހަމަ ކުރަން ޖެހެނީ

      5
      1
    • އަޑުއެހިތާނ މީނީ

      ހުނޫ އޭ؟؟؟

  4. ޙުސައިން

    ތިޔަ ނުވާނެ ސާބިތެއް

  5. އަޝްރަފު

    ދިވެހި ބައެއް އަންހެންކުދިން ބޭނުންވަނީ ގައްޑާވެލަން ތަންކޮޅެއް ބޭޑް ބިޓެއް ގެންގުޅެން. ދެން އޮންނަނޯ ބްލެކްމެއިލްކޮށް ފޮޓޯނަގައި މަޅީގައެޅިފަ. ސަލާމަތްނުވެވޭ ވަރުވެފަ. މިއީ މިހާރު އުޅޭ އަންހެންކުދިންނަށް ރަގަޅު ފިލާވަޅެއް.

    9
    1
  6. ކިސް

    ހުނޫ ނުވާނެ ކުއްވެރި އެއް ،،އެވަރު ހެއްކެއް ނުހޯދޭނެ،،އެއައްވުރެ މާ މަސްސޫރު ތަރިއެއް

    4
    1
  7. އަހްމަދު

    ޖަލުގައި ފިނިވާނެ! ހޫނެއް ނުވާނެ!

    7
    1
  8. ހުސައިން

    ދެން ތިކަހަލަ ފޮޓޯ ނުލާބަލަ...

  9. މުހައްމަދު

    އެއމެ ފިލްމެއް 2 ޓިކްޓޮކް ގިނަވެގެން ކުޅެވޭނީ ދެން ފެން ނާނީ ބޮއިގެން ނޫނީ ވިއްކައިގެން

  10. އަންނި

    ތިވެސް މަޝްހޫރުވުމެއް.

  11. ހަހަ

    ޖަލުގަ ވެސް މިހާރު ތިބޭނެ އޭނަގެ ފޮލޯވާސް.

  12. 100ޕަސެޓް ޤައުމު

    ދިވެހި ރާއްޖޭގެ ޖަލެއްގަ ތިޔަ އަންހެން ކުއްޖާ 75 އަހަރު ވަންދެން ނުހުންނާނެ.. ދިވެހި ރައްޔިތުން އެހާ ގަމާރެއް ނޫނޭ މިކަލަހަލަ ހެޑިންނެއް ފެނިގެން ދެލޯ ބޮޑުވާކަށް.. މި ކޮމެންޓަކީ ވެސް ހެޑިން އެކަނި ކިޔާލާފަ ލިޔާ ކޮމެންޓެއް...

  13. ކޮރަލް

    ޑްރަގް ވިއްކާ އެތެރެ ކުރާ މީހުން ބިަރކުން ނޫޅެ އެވެ. އަދަބެއް ނުލިބެ އެވެ.