ސިނަމާލެ ބުރިޖަށް ދާން އޮންނަ ހަލިމަގުގައި އެކްސިޑެންޓެއް ހިނގައި ވޭނަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހަލި މަގުގައި ދުއްވާފައި ދިޔަ ވޭންއެއް ކޮންޓްރޯލުން ނެއްޓި ފެންސްގައި ޖެހިގެން އެކްސިޑެންޓެއް ހިނގި ކަމަށެވެ.

އެ އެކްސިޑެންޓް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 06:39 ކަންހާ އިރުއެވެ.

އެ އެކްސިޑެންޓްގައި ވޭނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.

ހަލި މަގާއި ބުރިޖުގައި ދޭތެރެ ދޭތެރެއިން އެކްސިޑެންޓްތައް ހިނގަ އެވެ.

މައްސަލައާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު