ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަހަމުންދާ ދެއުޅިއެއް ނުވާ ސަކަރާތެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ޖަލުން މިނިވަންވުމާއި އެކީ އިންޑިއާ އައުޓް ހަރަކާތް ވަނީ ފުޅާކޮށްފައެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާ އައުޓް ބެނާތައް ހަރުކޮށް މާލޭގެ އެކި ތަންތަނުގައި ވަނީ އިންޑިއާ ސިފައިންނާއި ދެކޮލަށް މުޒާހަރާ ވެސް ކޮށްފައެވެ.

މިހަރަކާތް އިދިކޮޅުން ފުޅާކޮށްފައިވާ ދަނޑިވަޅެއްގައި ހަސަން ލަތީފު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ކޮށްފައިވާ ބޮޑެތި އަނިޔާއާއި ހިންގާފައިވާ ޤާނޫނާއި ހިލާފު އެތައް ކަމެއް ރައްޔިތުންގެ ހަނދާނުން ފޮހެލުމަށް ގެންގުޅޭ އެކުޅަކީ އިންޑިއާ އައުޓްއޭ ކިޔައިގެން ޖަހަމުންދާ ދެއުޅިއެއްނުވާ ސަކަރާތް ކަމަށެވެ. އަދި އެކަން މިހާރު ދިވެހީންނަށް މާބޮޑަށް ސާފުވެފައިވާ ކަމަށްވެސް ހަސަން ވިދާޅުވިއެވެ.

ހަސަން ލަތީފް މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިފަދަ ކެމްޕޭނަކީ މިއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅާއި އެކަން ހުއްޓުވުމަށް ދާދި ފަހުން ގަރާރެއް ވެސް ނެރުއްވާފައެވެ. އެއާއި އެކީ ފުލުހުންނާއި ސިފައިން ވަނީ މަލޭގެ އެކި ސަރަހައްދުތަކުގައި ދަމާފައިވާ އިންޑިއާ އައުޓް ބެނާތައް ނަގާފައެވެ.

އިދިކޮޅުން އިންޑިއާ އައުޓް ހަރަކާތް ކުރިއަށް ގެންދާއިރު، ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ވަނީ އެ ކެމްޕޭނާއި ދެކޮޅަށް "ބާކީނުވޭ" ނަމުގައި ކެމްޕޭނެއް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ޢަލިފް

    ތީ ކަމެއް ނުވާ ހުސް އަނގަ ޕާޓީ....2023 ޕީ.ޕީ.އެމް..ޕީ.އެން.ސީ..އިންޝާﷲ.އާމީން.....

    16
  2. އަހްމަދު

    ކަލޭމެން ސައުދީ އަދި ޗައިނާއައި ދެކޮޅަށް ވަހާކަދައްކާ އެމީހުންގެ އިންވެސްޓްމެންތަކަށް ހުރަސް އެޅުމަކީ ކޮންކަހަލަ ކަމެއްތޯ!!!

    18
  3. އަލީ

    ކަލޭމެން ގައުމު ވިއްކާލައިގެން ތިތިބީ ހަތަރު އުޅިވެފައެއްނު!!!! ލަދުހަޔާތް ކޮބާތަ ލަދުހަޔާތް؟؟؟؟؟

    14
  4. ރަށުމީހުން

    މިއީ ދެއުޅި އެއްވާމީހެއްތަށް

    12
  5. ހަސަންބޭ

    ދެއުޅިއެއްވަނީ ހަމައެކަނި ތިޔަ ޚިޔާނާތްތެރި ހަސަން ލަތީފުގެ! މަގުތައް ފުރާލާ އެތަކެއް ހާސް މީހުން މިހަރަކާތުގައި ބައިވެރި އެވަނީ ހަމަ ދެއުޅި އެއްނުވާމީހުންކަމައްތޯ އިންޑިއާ އައުޓު ގޮވާ އެތަކެއް ހާސްބައެއް ރާއްޖެތެރޭގައިވެސް އިބަތިބި މި އެންމެނަކީވެސް ދެއުޅި އެއްނުވާ މީހުން ކަމަށްތޯ ތިޔަބުނުއްވަނީ! ހާން، ނުވަތަ ނޫނެކޭ ކޮންމެވެސް އެއްގޮތަކަށް ބުނުއްވާ ކުޑަހަސަނާ

  6. ލޯބިވާ ވަޠަން

    ރައީސް ޔާމީން ކުރެްވި އަނިޔާ އަކީ ހުޅުމާލެ 2 ވަނަ ފޭސް ހިއްކާ ބޯހިޔަވަހިކަން ނެތް މީހުންނަށް 7000 ފްލެޓް އަޅާ މާލެ-ހުޅުލެ ބްރިޖް އަޅާ ދަރުމަވަންތަ ހޮސްޕިޓަލާ ސަލްމާނު މިސްކިތާ ކެތްލެބާ އައްޑޫ އިކްއިޓޯރިއަލް ހޮސްޕިޓަލާ އައްޑޫ މަސްފެކްޓަރީ އާއި ސީ ޕްލޭން ޓާމިނަލާ ވެލާނާ އެއަރ ޕޯޓްގެ ބިޔަ މަޝްރޫއާއި ޑޮމެސްޓިކް އެއަރ ޕޯޓްތަކާ ހުސްނުވާ އާސަންދަ ފަދަ އެތައް ކަމެއް. ކަލޭމެން އޯގާތެރިވެގެން ބަޖެޓުން ވައްކަން ކުރުމާ ވެންޓިލޭޓަރުން ވައްކަން ކުރުމާ ބޭރު ބަޔަކަށް ގައުމު ވިއްކާލުން ނޫނީ ކުރެވުނު ކަމެއް ދައްކަބަލަ. ވަގުތު ނޫހުން މިކޮމެންޓް ޖަހާލަ ދޭތި. ޝުކުރަން.

    12
  7. ނާޅި

    މިއަދު މުސްލިމް ޤައުމުތައް ހިންގަން މިޖެހެނީ ހުޅަގުގެ އެޖެންޓުން ވެސް ތިބެގެން އެމީހުން ބޭނުންގޮތަކަށް އެމީހުނަށް ވަފާތެރި މީހުންލައިގެން މުސްލިމް ޤައުމުތަކުގެ މާލީ ފައިދާ ހުޅަގުމީހުނަށްވެސް ލިބޭނެގޮތަކަށް، އަދި މަދުން ނަމަވެސް ސަރުކާރުގައި ދީނީ ޝޭހުންވެސް ތިބެންޖެހޭ ޢަރަބިން އަތުން ތެލާއި ގޭސް ހޯދަންވެސް !

  8. ކަހުރަބު

    ލާދީނީ ބާޣީ ޝައިަޠާނުން ދައްކާނީ ތި ކަހަލަ ވާހަކަ ފަލަސްތީން ކަޝްމީރް ގައި ވެސް މުސްލިމުން އަމިއްލަ މިނިވަން ކަމަށް އެދި އެ ކުރާކަމަކީ ދެ އުޅިއެއް ނުވާ ކަމެއްތަ

  9. ހުސެން

    މީނަ އަކީވެސް ދެވުޅި އެއްނުވާ މީހެއް. މިކަލޭގެއަށް ކިހާވަރެއްލިބުނީ އިންޑިއާ އިން!

  10. ނަޝީދު

    ހަސަން ލަތީފް ޔޫތު މިނިސްޓަރު ކަމުގައި ހުރެގެންވެސް ޖެހީ ތިޔަ ވިދާޅުވިފަދަ “ދެއުޅިއެއްނުވާ ސަކަރާތެއް”. އެހެންވީމަ ވަރަށް ރަނގަޅަށް އެނގޭނެތާ..

  11. ޗަކަ މަރީނާ

    ހަސަން ލަތީފްމެން ތިހެއްބުނުމަކީ މައްސަލައެއްނޫން ހަސަންމެންވަނީ ބޮޑުތަނަކުން އިންޑިޔާއަށް މި ރާއްޖެ އަޅުވެތިކޮންފަ ދެއް ނުނަންޖެހޭނީ ތިޔަކަހަލަ ދެއުޅިއެއްނުވާ ވާހަކަ

  12. ޢެމެރިކާ އައުޓް

    ޢިންޑިއާއިން ކުރަނީ އެމެެރިކާގެ މަސައްކައް.
    ޢެކަމަކު އެމެެރިކާ އައުޓް ކިޔާކައް ނުކެރޭ
    ފިޑިބައެއް

    2
    7
  13. އުގުރި

    ދެއުޅިއެއް ނުވާ ސަކަރާތަކޯ... ދެން ކީވެ ތިހާވަރަކައް ތެޅެނީ..

    10
  14. ވަހީދު

    ބިރުނުގްނޭ ހަސަނާ ހަމަ އިންޑިއާ އައުޓް އިނގޭތޯ.

    10
  15. ސަފީރު

    ކަލޭމެން ތިއުޅެނީ ކޮވިޑް ހާލަތޭ އަނެއްކަމެކޭ ކިޔައިގެން މަޑުމަޑުން ލަވަމުންގޮސް ލަންކާއަށް ވީގޮތަށް ގައުމު ފުނޑާލަން ދެން އެއަށްފަހު އިންޑިއާގެ އެހީއަށް އެދި އިންޑިއާގެ މުށުތެރެއަށް ގައުމު މަހާލަން. އެހެންވެ އިންޑިއާ އައުޓްއޭ މިކިޔަނީ..

  16. މަބޭ

    ދެއުޅިއެއްވި އެއްވެސްކަމެއް ނުކުރެވުމުން ދެއްކޭނީވެސް ތިޔަކަހަލަ ވާހަކަ

  17. ޢެޗު

    ދެއޮޅި އެއްނުވާ މީހުން މިހާރު އެމްޑީޕީ ތެރެއިންވެސް އެގިގެން ހިގައްޖެ. ތިކަލޭގެ ވެސް ދެން ވާނީ ބާކީ

  18. ނާބެ ނައު

    ދެން އެވަރަށް ތި ތެޅިބާލަނީ ކިހިނެތްވެގެން؟؟

  19. ައަންތަރީސް

    އޯކޭ. ދެން ކީއްވެބާ އިންޑިއާ އައުޓާ ހެދި ފަޔަށް ހިނި އަރައިގެން އުޅޭހެން ތެޅިފޮޅެނީ.. ޖަވާބުދީ. މިމީހުން މިކިޔާ އެއްޗަކން ބަޔަކު އަންތަރީސް ވެދާނެ.!!

  20. އަންތަރީސް

    އޯކޭ. ދެން ކީއްވެބާ އިންޑިއާ އައުޓާ ހެދި ފަޔަށް ހިނި އަރައިގެން އުޅޭހެން ތެޅިފޮޅެނީ.. ޖަވާބުދީ. މިމީހުން މިކިޔާ އެއްޗަކން ބަޔަކު އަންތަރީސް ވެދާނެ.!!

  21. ފ

    ދިއުޅި އެއްވީމަ ވާގޮތް އެނގޭ މީހަކު ތިހެން ނުބުނާނެ.

  22. ދަރަނި ދަންތުރަ

    ދެއުޅި އެއްނުވާއިރު ރޯމަހެއް ތެޅޭހެން ހަސަނު މިތެޅެނީ ކީއްވެބާ ރިސްވަތުގެ ގޮތުގައި ކާލިވަރު ގިނަކަމުންބާ އިންޑިޔާ އައުޓް

  23. Anonymous

    ހަސަން ލަތީފުމެނައް ދިވެހި ދައުލަތް ކައި ހުސްުކުރެވެނިކޮއް ނިމުނީ.

    12
  24. އަސޭލާ

    ދެއުޅި އެއްނުވާ ސަރުކާރެއްގަ ހިނގާނީވެސް ދެއުޅިއެއްނުވާ ކަންކަން

  25. Anonymous

    ތިމަންނާމެން ވެރިކަން ކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށޭ ބުނާ ބަޔަކު، ރައްޔިތުން އެވަރަށް ހަޅޭއްލަވާއިރު ވެސް އެއީ ދެއުޅިއެއް ނުވާ ކަމެކޭ ބުނުމަކީ މާ ދެއުޅިއެއް ނުވާ ކަމެއް. ކޮންމެހެން އިނގިލި ދިމާކުރަނީއަކީ ނޫން. ފެންނަ މަންޒަރުތައް މީ.

  26. ކާފަބޭ2020

    ދެއުޅިއެއްނުވާސަކަރާތެއްވިއްޔާ އެސަކަރާތްޖަހާމީހުނާހެދި މީހުނާމުދަލަށްގެއްލުންނުވާނަމަ އެސަކަރާތްޖެހުންއޯކޭދޯ؟ ހަތަރުކަށިމަތިން ބިއްލޫރި ނުތެޅޭނަމަ މައްސަލަނެތީނުދޯ؟ މުޅިޓީމުޑިފެންސްގައިކީއްވެތޯ؟

  27. ހަނީ

    ދެއެއުޅިއެތްނުވާހަަތަރުކަސިމަތިމާލެމިހުންވެސްއުޅޭވެ

  28. އިސްމާޢީލް

    ތިކަން އިބަފެނޭ

  29. ގިފިލި

    ގިފިލި ބެލި މީހުން ބާކީނުވެ އަހަރެމެން ބާކީވާންވީ ކީއްވެ ހަސަނާ ، ބާކީވިޔަސް އަޅުވެތިވާކަށް ބޭނުމެއްނޫން އިންޑިޔާ އައުޓް

    10