ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3000 މެންބަރުން ހަމަނުވާ ޕާޓީތައް މިމަހުގެ 14 ވަނަ ދުވަހުގެ ފަހުން އުވާލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހާމަކޮށްފިއެވެ.

ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 3000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

3000 މެންބަރުން ހަމަކޮށް ރަޖިސްޓްރީކޮށްފައި ވީނަމަވެސް އެކި ސަބަބުތަކާއި ގުޅިގެން މެންބަރުންގެ އަދަދު 3000 އަށްވުރެ މަދު ހަތަރު ޕާޓީއެއް އެބަ އޮތް ކަމަށް ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އެންމެ ފުރަތަމަ އުފެދުނު ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޑީއާރުޕީއާއި، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫމޫވްމަންޓް (އެމްއާރުއެމް)، މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ)، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) އެވެ.

އެޕާޓީތަކަށް ވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ކުރިން 3000 މެންބަރުން ހަމަކުރުމަށް އެދި ނޯޓިސް ފޮނުވާފައެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، އޭގެ ތެރެއިން ގިނައީ 10000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ. ޤާނޫނުގައި ބުނާގޮތުން 3000 މެމްބަރުން ތިބި ކަމުގައިވާނަމަ އިލެކްޝަންސްގެ ދަފްތަރުގައި ޕާޓީ ހިމެނޭނެއެވެ. ނަމަވެސް ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ ލިބެނީ 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޢަލީ

    10،000 ހަމަނުވަންޏާ އުވާލަންވީ

    10
    1
  2. ވޯޓު

    މިމަހުގެ 14 ވަނަ ދުވަހުގެ ކުރިން ފޭކު ފޯމު ލާތޯ ބަލާ ފާސް ކުރަން ޖެހޭނެ

    12
  3. ނަޒީ

    މައުމޫން ރިފޯސް ވެސްތަ؟

    11
  4. ކުސްތަޅާ

    މުއާޒް ދިޔަޕާޓީވެސް އުވާލަނީތަ؟

    11
  5. ރައްޔިތު

    މަހާޗޯރު ބުރޯ ޕާޓީއާ ކާފާބެ މަސް ބަހާ ޕާޓީ އަވަހަށް އުވާލަދީ..!

  6. މާމީ

    ބެއްޔާ އައް މަހަކައްވެސް ނުދެވޭނެ ވަރައް ދެރަ

  7. ބަގުއްޑޭ

    މިހާތަނަށް ތިޔަތަނުން ކުރަން ބުނި އެންމެ ރަނގަޅު ކަންތަށް

  8. އަލީ

    މައުމޫނުރޮއިރޮއިރޮއި!!!!!

  9. ކެނެރީ

    އިންޑިޔާ ޔާ ބައިވެރިވެގެން ދިވެހިގައުމު އަޅުވެތިކޮށް ދަރަނިވެރިކުރާ ޕާޓީ ވެސް އުވާލާ ، އެ ޕާޓީގެ ދަފުތަރާ އީސީ ގައި ވާ އެޕާތީ ދަފުތަރާ ވެސް ދިމާނުވޭ ދޮގު މައުލޫމާތު ދީގެން ރައްޔިތުންގެ ހަޒާނާއިން އެތަށް މިލިޔަން ރުފިޔާ އެއް ކަޓުވާލައިފި

  10. ދަރަނި ދަންތުރަ

    ދިހަ ހާސް ހަމަނުވާ ހުރިހާ ޕާޓީ ތަށް އުވާލާ ކުދި ޕާޓީ ތަށް ތިޔައީ ޖެހިފައިވާ މުސީބާތެއް