ރާއްޖޭގެ ގިނަ ރައްޔިތުން ބަނޑަށް ޖެހިދާނެތީ ވަރަށް ކަންބޮޑުވާ ކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އަދިިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިގޮތަށް ވިދާޅުވީ ރާއްޖޭގެ ބައެއް ކާބޯތަކެތީގެ އަގު ބޮޑު ކުރުމާއި ގުޅިގެންނެވެ

އާދަމް ޝަރީފް ވިދާޅުވީ ތަކެތީގެ އަގުތަށް ރާއްޖޭގައި ކުށްލިއަކަށް އަތް ނުފޯރާ ހިސާބަށް ދާއިރު އާންމުދަނީއެއް ލިބޭނެ ގޮތެއް ނެތް ގިނަ ރައްޔިތުން ބަނޑަށް ޖެހިދާނެތީ ވަރަށް ކަންބޮޑުވާ ކަމަށެވެ.

ސަރުކާރުގެ ކުންފުނިތަކުން އާންމު ދިރިއުޅުމަށް ބޭނުންވާ މުދަލުގެ އަގު ކުޑަކުރުމަށް އާދަމް ޝަރީފް ވަނީ ގޮވާލާއެވެ.

އިއްޔެ ވަނީ މިފްކޯއިން މަސްދަޅު ވިއްކާ އަގު ބޮޑު ކޮށްފައެވެ. އަދި މާލެ އެއިރޭޓެޑް ވޯޓާ ކޮމްޕެނީން އުފައްދާ އުފެއްދުންތަކުގެ އަގު ވެސް ވަނީ ބޮޑު ކޮށްފައެވެ.

މިފްކޯއިން ވަނީ ތެޔޮ މަސްދަޅު ކޭސްއަކުން 150ރ ބޮޑުކޮށްފައެވެ.

މީގެ ކުރިން މިފްކޯއިން މަސް ކޭސްއެއް ވިއްކާފައި ވަނީ 610ރ އަށެވެ. އެހެންކަމުން މަސް ދަޅަކުން ތިން ރުފިޔާ 13 ލާރި ބޮޑުވެފައި ވެއެވެ. މިއީ މަސްދަޅު ކޭސްތައް މިފްކޯއިން ވިއްކާ އަގަށްވުމުން އާއްމުންނަށް މަސް ދަޅެއް ގަންނަން ފިހާރަތަކުން ލިބޭ އަގު ކުރިއަށްވުރެ 4ރ އާއި 5ރ އާ ދެމެދު ބޮޑު ވާނެ ކަމަށް ބެލެވެއެވެ.

ސަރުކާރު ކުންފުނިތަކުން ތަކެތީގެ އަގު ބޮޑުކުރަން ފަށާފައި މި ވަނީ ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަށް ފަހުއެވެ.

ޓީޗަރުންގެ މުސާރަ ބޮޑު ކުރިކަން އިއުލާނު ކުރުމަށްފަހު ފުރަތަމަ އަގަށް ބަދަލު ގެނައީ ގަައުމީ އެއާލައިން މޯލްޑިވިއަންގެ ޓިކެޓަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވި ހާލަތުން އަރައިގަތުމަށާއި ނުލިބޭ އާމްދަނީން މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ވަނީ ފާއިތުވި ދެއަހަރެއްހާ ދުވަހުގެ ތެރޭގައި 2.7 ބިލިއަން ރުފިޔާ ވަނީ ޗާޕް ކޮށްފައެވެ. އަދި އިތުރު 2.5 ބިލިއަން ރުފިޔާ މިއަހަރު ޗާޕް ކުރުމަށް ވަނީ ނިންމާފައެވެ. ފައިސާ ޗާޕް ކުރުމަކީ ތަކެތީގެ އަގު އުފުލި ޑޮލަރަށް އޮންނަ ޑިމާންޑް އިތުރުވެގެން ދާނެ ކަމެއް ކަމުގެ އިންޒާރު އިގްތިސޯދީ ދާއިރާގެ ތަޖުރިބާކާރުން އަންނަނީ ދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ާޢަރީފު

    ރައްޔިތުންގެ މަންދޫބުންގެ ތާޖުއަޅުއްވައިގެން ޤާނޫނު ހަދާމަޖިލީހުގައި ރައްޔިތުންގެ ކަންކަމުގައި ބަސްބުނުމަށް ވަގުތު ބޭނުންކުރައްވާ މަދު ތިން ބޭފުޅުންގެ ލިސްޓުގެ އެންމެ ކުރީގައި އެމްޕީ އާދަމް ޝަރީފު ހިމެނިވަޑައިގަންނަވާކަމީ ޙައްޤުބަސް ބުނުމަށް ވޯޓްދެއްވި އެންމެހާ ރައްޔިތުން ޝުކުރުވެރި ވެލައްވާނެ ކަމެއް. ޝުކުރިއްޔާ އެމްޕީ އެޑަމް.

    7
    2
  2. މުހައްމަދު

    އާއްމުކާބޯތަކެތީގެ އަގު އެތަށްތަނަކުން އުފުލިއްޖެ. މިވާހައެއް އެއްވެސްނޫހެއްގަނުޖަހާ. ހަމައެކަނިޖަހަނީ މިފްކޯވާހަކަޔާ މޯލްޑިވިަންގެވާހަކަ. ސަރުކާރުން އާއްމު ކާބޯތަކެތީގެ އަގުކޮންޓްރޯލްކުރަން ވެއްޖެކަމުގައިދެކެން.

    7
    1
  3. ހެ

    ގިނަރައްޔިތުން ތިބީ މާޔޫސްވެފަ.ހަދާނެ ގޮތެއް ނޭގިފަ.

  4. ޔޫސޭ

    1500 ރުފިޔާ 3 ބަސްތާ ކާޑަށް ދައްކަން ޖެހުނުއިރު ތިޔަ އާދަމްޝަރީފު ކޮބައިތޯ؟

  5. ބޭރިޔަންފަރު

    އަހަރުންގެ ފައިސާކޮޅު މިހާރުން މިހާރަށް ބޭންކުއޮފުމޯލްޑިވުސްގެ އެކައުންޓުން ހުރިހާފައިސާއެއް ނަގަން އާއިލާއިން އަންގައިފި މިއީ ވަރަށްވާހަކަ.

  6. ކެޔޮޅުއާދަނު

    ލަންކާޔަށްވުރެ މިގައުމެ ހާލަތު ގޯސްވާނެ ލަންކާޔަކީ ކާބޯތަކެތިީގެ ފަރމްތަށް ހަށްދާގައުމެއް މިގައުމުގަ އޮތްއެއްޗަކީ ވެލި ވެލިކައިގެން ވާނީ މަރު.

  7. ނނނ

    ކާޑް ގެ ބާވަތް ބޮޑުކުރުމުން އެއްދުވަހު އުޅުނިން ހަނޑޫ ކިލޯ އެއް ގަންނަން 5ރުފިޔާ އަށް އިތުރުކުރަންޖެހޭ 3ރުފިޔާ ނުލިބިގެން ވަރަށް ސަލާމް
    ބައެއް މީހުންނަށް މި ޖޯކަކަށް ވެދާނެ އެކަމު މީ ހައްޤު ތެދު