ދެވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން ހޮވިވަޑައިގެންނެވި މާލެ އިން ތިލަފުއްޓާއި ހަމައަށް ހިލޭ އަޅައި ދޭން އޮތީ ނިންމާފައި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އަށް ޒުވާނުންތަކެއް ސޮއި ކުރަން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ މާލެ އިން ފެށިގެން ވިލިމާލެ އަދި ގުޅީފަޅު ހުރަސްކޮށް ތިލަފުއްޓަށް އަޅަން ސަރުކާރުން މަސައްކަތް ކުރަމުންދާ ބުރިޖަށް ހޭދަކުރަން ނިންމާފައިވާ ފައިސާގެ އަދަދު ބޮޑުކަމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮވިވަޑައިގެންނެވިނަމަ ތިލަމާލެ ބުރިޖު ހިލޭ އަޅުއްވައިދެއްވާނެ ކަމަށް ޗައިނާގެ ރައީސް ޒީ ޖިންޕިން ވިދާޅުވިކަމަށެވެ. "އަޅުގަނޑާއިއެކު ޗައިނާ އަށް ވަޑައިގެންނެވި ބޭފުޅުން މިހާރު ވެސް މިތާންގައި އެބަތިއްބެވި. ޔާމީން ދެވަނަ ދައުރަކަށް ހޮވިއްޖެނަމަ ޗައިނާގެ ރައީސް ޒީ ޖިންޕިން އޮތީ ހިލޭ މިބުރިޖު ދެއްވާނެ ކަމަށް ވިދާޅުވެފައި." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ދައުލަތުގައި ފައިސާ ނެތްނަމަ ބުރިޖެއް އަޅަން ނުޖެހޭ ކަމަށެވެ. މާލެ އިން ހުޅުމާލެ އަށް ބުރިޖެއް އެޅީ ލައްކައެއްހައި މީހުން ހުޅުމާލޭގައި ދިރިއުޅޭތީ ބުރިޖެއް އަޅަން ޖެހިގެން ކަމަށާޢި ނަމަވެސް މިހާރު އަޅަން އުޅޭ ތިލަމާލެ ބުރިޖުން ގުޅުވައި ދެނީ ކިތައް މީހުންތޯ ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ.

ރައީސް ޔާމީން ވަނީ ސިނަމާލެ ބުރިޖަށް ސަރުކާރުން ހޭދަކުރަން ޖެހުނު ފައިސާގެ އަގާއި ތިލަމާލެ ބުރިޖަށް ސަރުކާރުން ހޭދަކުރަން ޖެހޭނެ ފައިސާގެ އަދަދުތައް ވެސް ވިދާޅުވެއްދެއްވާފައެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ޗައިނާ އާއި ގުޅުން އޮތް ކަމަށާއި މިހާރުގެ ސަރުކާރުން އިންޑިއާ އާއި ގުޅުން އޮންނަ ކަމަށާއި އެކަމުގައި ތަފާތެއް ނެތް ކަމަށް ބައެއް ޒުވާނުން ވިދާޅުވާ ކަމަށެވެ. ނަމަވެސް ދެގައުމާއި އެކު ދެސަރުކާރުން ބޭއްވި ގުޅުމުގައި ތަފާތެއް އެބައޮތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެޅި ބުރިޖާއި މިހާރު އަޅަން އުޅޭ ބުރިޖުގެ ތަފާތު އެބައޮތް. އަޅުގަނޑުމެން އެޅި ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ ޖުމްލަ އަގަކީ 210 މިލިއަން ޑޮލަރު. އޭގެތެރެއިން ލޯނަކީ 68 މިލިއަން ޑޮލަރު. އަނެއް ހުރިހާ އެއްޗަކީ (142 މިލިއަން ޑޮލަރަކީ) ހިލޭ އެހީ. 68 މިލިއަން ޑޮލަރު %2 ގައި 20 އަހަރު ދައްކާ ގޮތައް ދިވެހި ދައުލަތުން އެއޮތީ އެކަން ކޮށްފައި. އެއީ އޭރު ދިވެހިރާއްޖޭގެ އިޤުތިޞާދު އޮތް ގޮތުން ނުކުރެވޭވަރު ކަމެއް ނޫން. އޭރު އެއީ ވަރަށް އާދައިގެ ކަމެއް." ރައީސް ޔާމީން ވިދާޅުވިއެވެ.

ނަމަވެސް ތިލަމާލެ ބުރިޖު އަޅަން ފުރަތަމަ ވެސް 560 އެތައް މިލިއަން ޑޮލަރެއް ހަރަދުވާކަން އިއުލާން ކޮށްފައިވާ ކަމަށާއި އޭގެތެރެއިން 400 މިލިއަން ޑޮލަރަކީ ލޯނު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ކަނޑައަޅާފައިވާ ތާރީހަށް ނިންމަން އަދި އިތުރު 26 މިލިއަން ޑޮލަރު ބޭނުންވާކަން މިހަފްތާގައި އަންގާފައި އެބައޮތް ކަން ރައީސް ޔާމީން ފާހަގަ ކުރެއްވެވިއެވެ.

ރާއްޖެ ބަނގުރޫޓް ވެދާނެ ކަމުގެ އިންޒާރު އެކި ފަރާތްތަކުން ދެއްވަމުން ގެންދަވާއިރު ތިލަމާލެ ބުރިޖު އެޅުމަކީ ބޮޑު ލޯނެއް ނަގައިގެން މިހާރު ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ދިވެހި ސަރުކާރު ސްވޮރިން ޑިފޯލްޓަކަށް ދާވާހަކަ މިއޮތީ އިއުލާން ކޮށްފައި. އެމްއެމްއޭ ގަވަރުނަރު އެހެން ވިދާޅުވެއްޖެ. އެއީ މިބޭފުޅުންގެ މީހެއް. ޖޭޕީ މޯގަން އިން ވެސް ބުނެފި ރާއްޖެ ސޮވޮރިން ޑިފޯލްޓަކަށް ދާވާހަކަ. ދިވެހި ރުފިޔާ އަކީ ފާހާނާގައި ގެންގުޅޭ ޓިޝޫ އާއި އެއްވަރު އެއްޗަކަށް ހަދާނަމަ ވަރަށް ޣައިރު ޒިންމާދާރު ބައެއް ސަރުކާރުގައި މިތިބީ." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުން ކުރާ ހުރިހާ ކަމެއް ވެސް ކުރަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. ހީބިލޯންގް

    އަޅުގަނޑު ހޮވިނަމަ ތިލަމާލެ ބްރިޖު ޗައިނާ އިން ހިލޭ އަޅަން އޮތީ ނިންމާފައި ކަމަށް ރައީސް ޔާމީން ވިދާޅުވާނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ޗައިނާ އިން ހިލޭ ބްރިޖް އަޅާދޭނެއޭ ރައީސް ޔާމީން އަދިވެސް ހޮވައިފިނަމަ އެއިރުން ބްރިޖް އަޅާނީ މާލޭން ފެށިގެން ގޮސް ގާފަރާއި ޖެހެން ދެން ޔޫ ކޭން ސީ ހީއިޒް ދަ ވަން އޮންލީ ކޭން ޑޫ އިޓް ހީ ބިލޯންގްސް ޓު އަސް ހެއި އިޒްންޓް ހީ ދަ މޭން ހީ އިޒް ބެޓަރ ދެން ބިފޯރ އޯއް ހީ ބިލޯންގް ޓު އަސް ހީ ބިލޯންގް ޓު އަސް ހީ ބިލޯންގް ޓު އަސް ހީ ބިލޯންގް ޓު އަސް...

    88
    32
    • Anonymous

      ކޮންމެ އެއްޗެއް ލިޔުނަސް ދިވެހިބަހުގެ ޤަވާޢިދާއި ހަމަތަކާއި އެެއްގޮތަށް ލިޔުން އެދެން. މޮޑުނު ދިވެހިބަހުން ނުވަތަ ބާޒާރީ ބަހުން ނުލިޔުމަަށާއި އެފަދަ ކޮމެންޓުތައް މިބައިގައި ނުޖެހުމަށް މި ނޫހަށް ގޮވާލަން.
      އެއަށްފަހު ދަންނަވަން. ވެރިކަމުގެ ހުރިހާ ބާރުތަކެއް ހަމައެކަނި ވެރިކަން ކުރާ ސަރަހައްދަށް ނަފާވާގޮތަށް ވިސްނައިގެން އެމަގުން ކުރިޔަށްދާ ބަޔަކު، ބިލިއަން ޑޮލަރު ޚަރަދުކޮއްގެންވެސް ތިޔަކަން ކުރާނެ.

      22
      7
  2. މުހައްމަދު

    ނަސީބެއް ތިކަން ނުވިކަން ޗައިނާއިން ހިލޭ ތިވަރުގެ ކަމެއް ކުރަން ބުނާނީ ފޮރުވިފައިވާ ކަންތައްތަކެއް އޮތީމަ

    36
    50
  3. ޑޯންވޮނާސީ

    ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވުނު ނަމަ ޗައިނާގެ އެހީގައި މާލެ އާއި ވިލިގިލި އާއި ދެމެދު ބްރިޖް އެޅޭނެއޭ އަދި ފުށިދިއްގަރު ފަޅު ހިއްކާ އެތަނާއި މާލެ އާއި ދެމެދު ވެސް ބްރިޖް އެޅޭނެއޭ ޔޫ ނެވަރ ނޯ ހައު ގުޑް ރައީސް ޔާމީން ރާއްޖޭގެ ވެރިކަމުގައި އޮން ދަ ކޮންޓްރަރީ މިސަަރުކާރު އައުމުން އިންޑިއާ އަށް ރާއްޖޭގެ މިނިވަން ކަން ވިއްކާލާ އިންޑިއާގެ ވަގު ކުންފުނި ތަކާއި ގުޅިގެން އެމްޑީޕީ ކެމްޕެއިނަށް ފައިސާ ހޯދަން ވެގެން އެމެން ކުރަނީ ބޮޑެތި ވައްކަން ތަކޭ ވަގުންނޭ ކެނެރީގެ ނަޝީދު ވެސް އެއީ ބޮޑު ވަގެކޭ އެވަގު ކަލޭގެއޭ އިންޑިއާ އާއި ގުޅިގެން ވައްކަން ކުރަން އެންމެ އަޑީގައި ހުންނަނީ އައި ޑޯން ވޮނާ ސީ ދިސް ވަގުން ތައް އައި ޑޯން ވޮނާ ސީ އައި ޑޯން ވޮނާ ސީ...

    29
    14
  4. Anonymous

    ގޮތަކަށް ބުނެވިފަ ތިއޮތީ އަހަރެން މިހިރީ ޗައިނާ އަށް ވިކިފަޔޭ. ލަންކާ ނުފެނޭތަ. އެހާ ހެޔޮއެދޭ ބައެއްނަމަ ލަންކާގެ ލޯނުތައް ހިލޭކޮށްދޭން ދަންނަވަންވީނުންތޯ. އެކަމަކު ފައިސާގައި ޖެހިފައި ހުރި މީހަކަށް ކުރާނެ އިތުބާރެއް ނޯންނާނެ ޗައިނާ އަކަސް.

    27
    33
  5. Anonymous

    ޗައިނާ ހިލޭ އަޅާދޭނެ އެކަމަކު ބަނދަރެއް ނުލިބޭނެ ރާއްޖެއަކަށް ދެއްތޯ. ލަންކާ ވީގޮތް ނުފެނޭތަ. ބަނދަރުތަކުގެ ބޭނުމުގައި ލަންކާ ހަލާކުވެގެން އެދިޔައީ.

    25
    23
  6. އަލްޖިބްރާ

    ނަމަ ނަމަ އެއްގައި ކުރާނެ ފައިދާއެއް ނެތްކަން ކަލެއަށް އެގޭތަ ؟

    17
    20
  7. އެދުރުބޭ.

    އެހެންވެދޯ އެމަޅީގަ ޖެހުނު ގައުމު ބަގުރޫޓުވެގެން އެއުޅެނީ. އެހާލުގަ ޖެހުނު އިރުވެސް ލޯނަށް އެއްވެސް ލުޔެއްނުދީ ބަޑަށް އެޖެއްސީ.

    17
    24
  8. ޢގ time

    ނަސީބެއްނު ނުހޮވުނުކަން… ދައުލަތުން އިތުރު ލާރިގަނޑެއް ބަނޑު އަޅާ ވައްކަންކުރަން!!

    16
    29
  9. ރާއްޖެތެރެ

    އެމްޑިޕީ އޮތީ އިންޑިޔާއައް ރައްޖެ ވިއްކާލާފަ. އެމީހުންގެ އަމިލްލަ ބޭނުންފުއްދުމައް އިގިރޭސް ވިލާތުގަ ބޮޑެތި ގެތައް އެމްޑީޕީ އިސްމީހުންގެ އެބަހުރި.

    33
    14
  10. ޝޮކްތެރަޕީ

    ރާއްޖެ ތަރައްގީ ވަނިކޮއް އިންޑިޔާ ވަދެ ސިޔާސީ މީހުން ގަނެލީ. އިންޑިޔާ އައުޓް

    37
    12
  11. ކޯއްޗެއްތޭ

    ފަރުދީ ޒިންމާގެ ވާހަކަ ރައީސް އިބޫ ދައްކަން މާތާހިރެއް ނޫނޭ މާލެ ސަރަހައްދުން ގޯތި ބޭނުންވާ ކޮންމެ މީހަކަށް ހިލޭ 10 ހާސް އަކަފޫޓްގެ ގޯތި މާލެ ސަރަހައްދުން ދޭނެ ކަމަށް ވައުދުވެގެން ރައްޔިތުންނަށް އޮޅުވާލާ މަކަރާއި ހީލަތުން ވެރިކަމަށް އައިސް އެކަން ހަނދާން ނައްތާލާ މިހާރު ރައްޔިތުން ބޮލަށް ކުނި ކޮތަޅު ކަނޑާލަން އުޅެނީ އެ ކޮތަޅު ގަނެދެނީ އެއީ ރައީސް އިބޫތޭ ނުވަތަ ރައީސް އިބޫގެ މަންމަ ނުވަތަ ބައްޕަތޭ ނޫންދޯ ދެން ކޮން ވާހަކަ އެއް ދައްކަންތޭ ކޯއްޗެއް ހަދާނަމޭ ހިތާތޭ ކަނޑުކޮސް ހިންނަވަރޭ ތިޔާއުޅެނީ...

    24
    8
  12. ނަމަ..

    ގަބޫލު ކުރެވޭ!

    28
    8
  13. ފަލަސްތީން

    އަޅުގަނޑަ ކަމަކު ނުދޭ ޕީޕީއެމް ހިންގާގޮތެއް. މިއައްވުރެ ބޮޑައް ރައްޔިތުންނާ ބަސްބުނަން ޖެހޭ. އިންޑިޔާ އެދަނީ ރައްޔިތުންގެ ކަރައް ފައިން އަރަމުން.

    27
    7
  14. Anonymous

    އަދާލަތު ޕާޓީގެ މީހުން ނުރުހޭ އެމްޑީޕީޔާ އެކީގަ މަސައްކައްކުރާކައް އިންޑިޔާގެ ކަޅުފައިސާގަ ޖެހި ސިޔާސީ މީހުން ހަތަރެސް ފައި ބަދެވެނީ. ބްރިޖު އެމްޑީޕީ އަޅަނީ ދިވެހިން ފުނޑާލާ ދަންތޫރަ ލޯނުގެ ޖެހިގެން

    24
    4
  15. ނަޝީދު

    ސާބަހޭ ރައީސް ޔާމިން މަނިކްފާނު ގުޅުންބާއްވާ ފައި އޮތީ މިރާއްޖެ އަކީ ފަގީރު ޤައުމެއްކަން ދަންނަ އިޚްލާސްތެރި ބަޔަކާ ކަން މާކުރިންސުރެ އިނގޭ ...

    27
    9
  16. ޔަގޯމާނި

    ނާހަމަ ތެދެއް. އަޅެފަހެ ކުރިން ތިޔަވާހަކަ ވިދާޅުނުވީ ކީއްވެތޯ؟
    އިންތިޚާބަށް ކެންޕޭންކުރި ދުވަސްވަރު، ޤައުމުން އެއްވެސް ފައިސާއެއް ޚަރަދު ނުކޮށް ތިޔަ ބުރިޖު އަޅާނެ ވާހަކަ ވިދާޅުވިނަމަ ރަނގަޅުވީސް.
    އެވާހަކަ އޭރު ވިދާޅުނުވީ، ވީދާޅުވިނަމަ އެކަމާގުޅުވައި ފައިސާކޮޅެއް ނުނެގޭނެތީތޯ.
    އެކަމު މަނަމަވެސް މިހާރު ބުނާނީ ޗަހެން.

    10
    16
  17. ޙުސޭނު

    ޢެހެން ތިކަން އޮތްނަމަ ރިޔާސީ ކެންޕެއިން ތެރޭގައި ތިވާހަކަ ނުދައްކާ ހުރިސްބާ. ގައުމު ދަރުވާލި އެކަކު ތީ. ޙުސް ތިކަހަލަ ނުލަފާވެރިން. މިހާރުވެސް ތީގެ ނުލަފާ .....

    9
    14
  18. ޢެވާހަކަ ނުބުނޭ ކުރިން

    ޢެވާހަކަ ކުރިން ބުނިނަމަ ދޯ … އޯ ….

    6
    9
  19. ނަންނު

    ޗައިނާ އައުޓް

    7
    20
  20. ލޮލް

    ކަލޭ ނުހޮވިއަސް ބަޔަކު ކޮށްދޭން ބުނެފައޮތްކަމެއް ކޮށްދޭންވީނު. ކޮންމެހެން ކަލޭހޮވަންޖެހޭތަ. ފުރަތަމަވެސް ތިހުރީ ކުށްވެރިވެފަ. މިފަސްގަނޑޭ މިވަތަނޭކިޔާއިރު ކަލޭ ވެރިކަމުންފައިބާފަވެސް މިގައުމާއި ރައްޔަތުންގެ ހައްގުގަ ފައިދާހުރި މަސައްކަތްކުރަން ދައުލަތުން ޚަރަދުކުރާއިރު ތިޔަފަދަ ނިންމުމެއް ނިންމާފައޮތްނަމަ ތިކަން ނުކުރަންވީ ސަބަބެއްނެތް. ތިކަންކުރުވިނަމަ ވެރިކަމަށްއަންނަން ތަންކޮޅެއް ތާހިރުވީސް. ކޮންމެމީހަކު ވެރިކަމުގަ ހުއްޓަސް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރަންޖެހޭ ދަރަނިވެރި ވިއަސް ނުވިޔަސް. ޒިންމާދާރު ވެރިންނަކީ ވެރިކަންގެއްލި ބީވެގެންދިޔައިމަވެސް ދެންތިބި ބަޔަކާއެކުވެސް ގުޅިގެން މަސައްކަތްކުރަން އުޅެންއިނގޭ މީހުން. ތިޔަކަހަލަ މީހުންނަށް ދިވެހިބަހުގަ ކިޔަނީ ކަނޑުކޮހުންނޭ. ވަގުތުކުދިންނަށް މިކޮމެންޓް ޖަހާކަށްނުކެރޭނެ ހަޖަމުނުކުރެވޭނެތީވެ

    12
    20
    • Anonymous

      އެކަމެއްނޭނގެ، ވަރަށް ނުލަފާ ދެވެރިން މިގައުމާ ހަވާލުވެގެން ރައްޔިތުންނަށް ބަލާވެރިކަން ޖައްސަމުން އެދަނީ،

      13
      8
  21. އޭއެމް

    ކަޑައެޅިގެން ބޮދުދޮގެއް
    2018 ވަނައަހަރު ޗައިނާ އެމްބަސީއިން ހެދިސާވޭތަކުން ÷ޕީޕީއެމް ބަލިވާނެކަމައް އެތަކެއްފަހަރު ޔާމިން އައް ދެންނެވުމުންވެސް ގަބޫލުނުކުރި
    އޭގެނަތީޖާއަކީ ބުރިޖްހުޅުވަން ޗައިނާގެ ރައީސް ރާއްޖެ ނުދުރުވުން
    ތިލަމާލެބުރިޖް އެލުމައް ޥާހަކަދެކެވުނު ޗައިނާއައްވެސް ގޮންޖެހީ

    7
    16
    • ނަޝީދު ކީ ކީކޭ

      މާރިތި ރާގަކަށް ބު ރި ޖެ އް ނޭޅޭނެ އޭ ވިދާޅުވެ އަޅުގަނޑެއް ނުބުނަން ބުރިޖެއް ނޭޅޭނެއެކޭ ކީ ކޮން ގޮލައެއްބާ

  22. ޢަލީ ޢަލީ

    ޢަޅުގަނޑު ހޮވިނަމަވެސް!!!
    އަދި އިތުރު 15 ބުރިޖް ހިލޭ އަޅަން އޮތީ ނިންމާފަ!!!

    8
    11
  23. އަހްމަދު

    އަހަރެން ހޮވިނަމަ ޗަިނާއިން މުޅިރާއްޖޭގެ ހުރިހާ ރަށެއް ބުރިޖުން ގުޅާލާނެހެން ހީވަނީ.

    8
    11
  24. ތައްހާނު

    ނާހަމަ ތެދެއް!!!!! ވެރިކަމުގައި ހުރި އިރު އެޅި ބްރިޖް ހިލޭ ނާޅައިދިނީ ކީއްވެތަ؟ މިހާރު ދެން އަންނި ލެވެލަށް ވާހަކަ ތިދަނީ.

    7
    14
  25. Anonymous

    ދެން ރޯނެކަމެއް ނެތް، އަވަހައް ހުއްޓާލަ މޮޔަ ނުގޮވަ، އަނގައިން ކިޔިދާނެ ކޮންމެ އެއްޗެއްވެސް. އަހަރެންވެސް ބުނަންވީ މީ ނަބިއްޔެކޭ. ޕޮލިޓީށަނުން ހެއްކާ ނުލާ ދައްކާ ވާހަކަތައް އަޑެއްނީވޭ ނުވެސް އަހާނަން.

    3
    11
  26. ރައްދު

    ތިލަމާލެ ބުރިޖުގެ މަސައްކަތް ދަރަނީގައި ކުރިއަށް ގެންދިއުން މިވަގުތައް ރަނގަޅެއްނޫނެވެ ރާއްޖޭ ބަނގުރޫޓް ވާން ތައްޔާރުވެފައިވާ ދަނވަޅެއްގައި ބޭނުންތެރި ނޫން
    ގޮތެއްގައި ބިޔަ ޚަރަދުތަކެއް ކުރުމަށް ރޭވުމަކީ ނުރައްކާތެރި
    ކަމެކެވެ.
    ގައުމަށް މިވަގުތައް ފައިދާބޮޑު އަދި ރައްކާތެރި ގޮތަކީ
    ތެޅިފޮޅިގަނެގެން ބުރިޖުނިންމަން ކުރާ އިތުރު ހޭދކާއި
    ޚަރަދުތައް ހުއްޓާލައި ބުރިޖު އެޅުން މަޑުޖައްސާލުމެވެ.

    16
    1
  27. މިރައީސް

    އަޅުގަނޑުގެ ވެރިކަމުގަ ކީއްވެ ހުޅުމާލެ ބުރިޖް ފްރީކޮށްނާޅާ އެތައް މިލިއަން ޑޮލަރެއްގެ ކަޓް ކާލީ

  28. މިކަން ބަލަންޖެހޭ

    ޗައިނާއިން ރާއްޖެއާ އޮންނަ ގުޅުމަކީ ރަނގަޅު ނިޔަތުގައި އޮންނަ ރަނގަޅު ގުޅުމެއްކަމުގަވާނަމަ ރާއްޖެއަށް އެމީހުން ކޮށްދޭ ކަމެއް ކޮއްދޭނީކީ ވެރިކަމުގަ ހުރީ ކާކުތޯ ބަލާފައެއްނޫން

  29. ހ މ ޒ

    ސަޅި،،. ރައީސް ޔާމީން

  30. ޔމނ ވ

    އެހެންވެ ނުހޮވީ😂

  31. ބޮޑުވަގެކޭ

    ވިލިމާލެ ބްރިޖް ޗައިނާގެ ހިލޭ އެހީގައި ހެދޭނެ ކަން ކެނެރީގެ ނަޝީދަށް ޔަގީން ވުމުން އެމްޑީޕީގެ ކައްޕަޅި ވެރިކަން ފެށުނު އިރު އާންމު ރައްޔިތުންނަށް އޮޅުވާލާ މަކަރާއި ހީލަތުގެ ދަށުން ޗައިނާ އަށް ލޯން ދައްކަން ޖެހެއޭ ކިޔާ އޭނާ މަކަރާއި ހީލަތުން ރައްޔިތުންނަށް އޮޅުވާލާ ޗައިނާގެ ހިލޭ އެހީގައި އެޅެން އޮތް ބްރިޖް ނޭޅޭ ގޮތްހަދާ އިންޑިއާގެ ވަގު ކުންފުންނަކާއި ގުޅިގެން އިންޑިއާގެ ވަގުބޭންކަކުން ލޯން ނަގައިގެން އެފައިސާ އިން އެމްޑީޕީ އަށޭ ޚަރަދު ކުރަނީ ބޮޑތި ވަގުންނޭ ކެނެރީގެ ނަޝީދާއި އޭނާ ގާތު އުޅެނީ އޭނާ އިންޑިއާ އާއި ގުޅިގެން ކުރަނީ ބޮޑެތި ވައްކަމޭ އެއީ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ ބޮޑުވަގެކޭ

  32. އަހުމަދު ނީޒް

    ރައްޔިތުން ގިނބޯ ހައްދަން ނޫޅި ކޮންމެސް އެހެން ކަމަކާ އުޅޭ. ޗައިނާ ކަންކަން ކޮށްދެނީ ވަކި މީހަކު ހުރެގެން ނޫން.

  33. ޙައްޕު

    ކީއްވެބާ ތިވާހަކަ އޭރު ނުބުނީ. ދައްކާ ވާހަކަ. ފަޔަށް ހިނި އަރައިގެން މިއުޅެނީ ތިމާގެ ބުރިޖަށްވުރެ ބޮޑު ބުރިޖަކުން ޗައިނާ ދަންތުރަ ބުރިޖުގެ ނަންވެސް ދިވެހިން ހަނދާން ނައްތާލާނެކަން އެނގޭތީ. ޢިންޑިއާ އ. މިކިޔަނީ ، މިކަން ވިޔަ ނުދިނުމަށްޓަކާ. އިބޫ މިއެއްމެނަށްވުރެ ބޯބޮޑޭ. ހެއްހެއް.