އަދާލަތު ޕާޓީއަށް ވުރެ ޖައްބާރު، ޖާހިލު އަދި ރައްޔިތުންނަށް އޮޅުވާލާ އެހެން ޕާޓީއެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ރޭ ޕީޕީއެމްގެ އޮފީހުގައި އޮތް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޕީޕީއެމް އަށް ޒުވާނުންތަކެއް ސޮއި ކުރެއްވުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަދާލަތު ޕާޓީއަކީ ކުދިޕާޓީތަކުގެ ތެރޭގައި އޮތް "އެންމެ ފައްކާ ޕާޓީ" ކަމަށެވެ.

"އަދާލަތު ޕާޓީ އެއީ މީގެތެރޭގައި އޮތް އެންމެ ފައްކާ ޕާޓީ. އެއީ ދީނީ ޝުހުރަތު ނަގައި ކޮނޑަށް ލައިގެން މިކަން ރައްޔިތުންނަށް ވިއްކައިގެން އެންމެ ހަރާންކޯރުކޮށް ކަންތައް ކުރާ މީހުން. އެންމެ ލާދީނީ މީހުން. އެންމެ ލާދީނީކޮށް ވިސްނާ މީހުން ވެރިކަމަށް ގެންނަން އެންމެ ކުރީސަފުގައި ތިބީ އަދާލަތު. މިއަށްވުރެ ޖައްބާރު، މިއަށްވުރެ ޖާހިލު މިއަށްވުރެ ރައްޔިތުންނަށް އެމީހުންގެ ނަން ކިޔާފައި ރައްޔިތުންނަށް ކަންކަން އޮޅުވާލާ މިއަށްވުރެ ފައްކާ ބަޔަކު ނެތް." ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އަދާލަތު ޕާޓީގެ މަޤުޞަދަކީ ދީނީ ދަރުސްތައްދީ ދީނީ ކަންކަން އޮޅުންފިލުވައި ދިނުމެއް ނޫން ކަމަށާއި އެޕާޓީގެ މަޤުޞަދަކީ އޮޅުވާލައިގެން ސިޔާސީ ކުރިބޯއްޓާއި ހަމައަށް ވާސިލްވުން ކަމަށެވެ.

އިންޑިއާ އައުޓް ހަރަކާތް ފެށުމުގެ ގޮތުން އެހަރަކާތުގައި ބައިވެރިވާން އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އަދި އެމްއާރްއެމް އަށް ދައުވަތު ފޮނުވުމުން އެއިން އެއްވެސް ޕާޓީއަކުން އެދައުވަތު ގަބޫލު ނުކުރެއްވިކަން ފާހަގަ ކުރައްވާ އެކަމަށް ވެސް ރައީސް ޔާމީން ފާޑުވިދާޅުވިއެވެ.

"އަދާލަތު ޕާޓީން ބުނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަން އެނގިއްޖެނަމަ އެންމެ ފުރަތަމަ (ޕީޕީއެމްއަށް ވުރެ ކުރިން) އިންޑިއާ ސިފައިންނާއި ދެކޮޅަށް ޖިހާދު ކުރަން ނިކުންނާނީ ތިމަންނަމެންނޭ. ދެން އޮތީ ގާސިމް އިބްރާހިމް ޕާޓީ. ގާސިމް އިބްރާހިމް ޕާޓީން ބުނީ މިތަނުގައި އިންޑިއާ ސިފައިންނެއް ނޫޅެއޭ. ތިމަންނަ މިހެން ނިކުމެ އުޅޭއިރު އިންޑިއާ ސިފައިންނެއް ނުފެނެއޭ. އެހެންވީމަ މިތާންގައި އިންޑިއާ ސިފައިންނެއް ނޫޅެއޭ. ދެން އަނެއް ޕާޓީއަކުން މިބުނަނީ ދުނިޔޭގެ ހުރިހާތަނެއްގައި ވެސް އެކަން އޮންނަނީ އެގޮތަށޭ. ހުރިހާ ގައުމެއްގައި ވެސް އުޅޭނެއޭ އެހެން ގައުމުތަކުގެ ސިފައިން ބަނޑަހަ ޖަހައިގެން. މިހައި ޣައިރު ޒިންމާދާރުކޮށް ގައުމުގެ ބޮޑެތި ކަންކަން ނެގީމަ ކަމަކުނުދާނެ." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މިހާރު އަނެއްކާވެސް ކުދިކުދި ޕާޓީތަކުން 3000 މެންބަރުން ހަމަކުރުމުގެ މަސައްކަތް ކުރަމުން އެބައަންނަ ކަމަށެވެ. އެއީ ކެބިނެޓްގެ މަގާމެއް ހޯދަން ނުވަތަ ރައްޔިތުން މަޖިލިސް އިންތިހާބުގައި ކޮންމެވެސް ދާއިރާއެއް ބޮޑު ޕާޓީއަކުން ދޫކޮށްލާތޯ ކުރަމުން އަންނަ މަސައްކަތެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. މާހިރާ

    ބައެއްމީހުންގެ ބަސްމަގު ހާދަ ހުތުރުކޮށޭ ހުންނަނީ. ހަމަ ހައިރާންވޭ.

    15
    53
    • ނަފްތާ

      ދަނގަޑު ކެނޑޭނީ ދަނގަޑުންނޭ މުސްކުޅިން ބުނޭ. ބަރާބަރު ޔާމީންގެ ވާހަކަ.

      23
      4
    • އަހަންމަދު

      އެބަހެއް ބުނަންޖެހޭ ތަނެއްގަ އެބަހެއް ބުނަން އެގެންޖެހޭނެ އަދި ބުނަން ކެރެންޖެހޭނެ!

      19
      2
  2. ޒަމީރު

    ސަޅި،،. ރައީސް ޔާމީން

    72
    11
  3. އަދާލަތު

    ރައިސްއެވިފާޅުވީ ތެދުފުޅެއް އަދާލަތުޕާޓީންމމީހުންވަގައް ނެގުމުގެ ސިލްސިލާގެތެރެއެން އަހަރެންވެސްވަނީ ވަގައް ނަގައިގެން ގެންގޮސް އިލެކުސަން ކޮމިސަނައްވިއްކާފާ!

    16
    2
  4. ޖަމާލުވާދުވީ

    ވަކި ބަޔަކަށްތަ ބަހުރުވަ ހުތުރުކޮށް ވާހަކަ ދެއްކުމުން ތައުރީފު ހައްގުވަނީ؟ ޔަގީނުންވެސް މިހާޔަނަކަށް އައުގުރާނަ ގޮވި ރައީސއްނޫން ރައީސް ޔާމީނަކީ. ތައީސް ޔާމީން އިނގިރޭސިބަހުން ޓުވީޓެއް ކުރައްވައިފިއްޔާ ބަޔަކުމީހުންނަކަށް އޭގެ މާނައެއް ނޜނގޭ ދެން މިޖެހެނީ ޑިކްޝަނަރީ ބަލަން އެވަރުން ވެސް ދޭހައެއްނުވޭ ދެން ހޯދަނީ ތަރުޖަމާނެއް އޭނައަށް ވެސް ނޭނގޭ އެހިސާބުން ގޯސްވީ

    13
    2
  5. ފަހަރި

    ދައަގަނޑު ކެނޑޭނީ ހައިޕުރެޝަރުން ހަމައެވަރައް އަލިފާން ފެންދީގެން މިޒަމާނުގަ ކަނަޑާއުއުޅެނީވެސް މޭޑޭ އެއްވުމަގަ އޭނަހީވި ސިންގާކާންނުލިބި އުޅޭހެން މިހާރުހީވަނީ ބަނޑު މާކުންބެއައްވީހެން ހަބަރެއްނުވަނީ ނޫންނަމަ ހުޅުލެ މިހާރުތިލަފުއްޓައް ދަމާގެންގޮސްދާނެ މިހެންގެއްނަ ހަބަރު ތަކުގަ ދެފާރާތުގެ އެކަމެއްހިނގިވަގުތު ނޫނީބުނެދޭ މަންޒަރުގެ ފޮޓޯވެސްޖަހާލާނަމަ ސާފުވެގެން ދާނެހަބަރުވެސް ކުރިންއެހަބަރު ނޫނީމަންޒަރުނުފެއްނަފަރާއްތަކައްވެސް

    9
    2
  6. ޟަޜެ

    އަބަދުވެސް މީހުންނަށް އެއްޗެހި ގޮވުން ނޫންކަމެއް މަނިކުފާނު ނުކުރޭ.

    4
    14
  7. ވިސްނަވާ

    ހަޤީގަތަށް ވިދާޅުވީމަތޯ ބަސްމަގު ހުތުރުވީ؟

    16
    3
    • ވާނުވާ

      މިވަރުގެ ނުބައި ނުލަފާ ގައްދާރު ވެރިއެއް ދުވަހަކުވެސް ނުދެކެން ކިޔާނެ ނުކިޔާނެ އެއް ނޭގިގެން ގޮވީ އިންޑިއާ އައުޓޭ މިހާރު އަނެއްކަ އަދާލަތު ގޯހޭ އިއްޔެ ބުނީ ޗައިނާއިން ވިލިމާލެ ބުރިޖު ހިލޭ އޭ މާދަން ބުނާނެ ދިވެހިން ގަމާރޭ

      1
      2
  8. އިސްޢާފް ސަލީމް

    މިޔަށްވުރެވެސް ހަރުކަށިކޮށް ބުނަންވީ! އެތިބީ ޙައްޖަށް ފޯމުފުރިހައިބަޔަކު ޕާޓީއަށް ވައްދައިގެން 10000 ހާމަކޮށްގެން.

    16
    1
    • ނާސް

      އަދާލަތު ވަރެއް ނެތް.. އެއީ ހަމަ ބެސްޓް ޕާޓީ.. ލަލަލާ..

      1
      3
  9. ފުނަމާ

    ލަދުހަޔާތުގެ ކަންފުޅެއްވެސް މީނަގެނެތޭ.

    3
    16
  10. ބޮކި

    ތިއަށްވުރެ ޖައްބާރު ވެރިއެއް އަދިނުދެން ؟

    7
    19
  11. ތައްހާނުބޭ

    ތިހެން ނުބުނަން މިތިބެނީ ތިޕާޓީގެ ފަރާތުން ވަޒީފާލިބިފަ ހުރީމަ ޫ

    8
    1
  12. 23ޔަގީން

    ކުރިން ނައްޓާލި ތިޖޫރީގެ ފޫ އަލުން އެޅުމަށް 23 ގަ މަނިކުފާނު އެބަ ގެންނަން.

  13. ހަސަން

    ރައިސް ޔާމީން އެވިދާޅުވީހަމަ ތެދެއް ހަމ އިންތިހާބު ކައިރިވާ އިރަށް އިލްޔާސްމެން ރޮއި ހޭރި އުޅޭނެ. ދެރަކަމަކީ ބައެއްމީހުން އަދިވެސް މިމީހުންގެ ވާ ހަކަ ގަބޫލުކުރާކަން

    12
    1
  14. ޖައްބާރު ވައްކަން

    މަގޭ އަންހެނުން ،މަގޭ މަންމަ މިއީ އަދާލަތަށް ވަގަށް ވައްދާފައިވާ މީހުން.ކަލޯ މިވަރަށް ވައްކަން ކުރަން ފެށީމަ ބުނަން ޖެހޭނީ ދުނިޔެއަށްޓަކައި އާޚިރަތް ހަދާންނެތި ޖާހަށް ޓަކައި ވައްކަންކުރާ ޖައްބާރު ބައެކޭ.ފިސްތޯލަ ޕާޓީ ގައި އަހަރެންގެ ނަންވެސް.މަމީ ޕާޓީއަކަށް ދުވަހު ސޮއިނުކުރާ ނަމަވެސް ޔާމީނުގެ ސިޔާސަތަށް ތާއީދުކުރާ މީހެއް.

  15. ވާނުވާ

    މިވަރުގެ ނުބައި ނުލަފާ ގައްދާރު ވެރިއެއް ދުވަހަކުވެސް ނުދެކެން ކިޔާނެ ނުކިޔާނެ އެއް ނޭގިގެން ގޮވީ އިންޑިއާ އައުޓޭ މިހާރު އަނެއްކަ އަދާލަތު ގޯހޭ އިއްޔެ ބުނީ ޗައިނާއިން ވިލިމާލެ ބުރިޖު ހިލޭ އޭ މާދަން ބުނާނެ ދިވެހިން ގަމާރޭ

    1
    2
  16. ޤައުމީފިކުރު

    މިހާރު ތިޔަ ވިދާޅުވާ ޕާޓީތަކުގައި ޤައުމީ ފިކުރެއް ނޯވޭ. އޮންނަނީ ޕާޓީ ފިކުރު. ތިމާގެ ޕާޓީ ދައްކާ މަގު ނޫން މަގަކުން ބަޔަކު ހިނގާ ނަމަ އެއީ ދިވެހީނެއްް އަދި ކިއެއް އިސްލާމުންނެއްްވެސް ނޫން. އެމީހުންގެ އަބުރަށް އަރައިގަންނަންވީ.
    އަޅުގަނޑަކީ ވެސް ޕާޓީ އަކަށް އީމާންވާ މީހެއް ނޫން. ސިޔާސީ ފިކުރަކަށް އޮންނަނީ ޤައުމީ ފިކުރު.
    އަދާލަތުޕާޓީގައި ޖައްބާރު ޖާހިލު ޢިލްމުވެރިން ތިބިކަމަށް އިޝާރާތް ކުރުމުން އެ އިނގިލި ދިމާކުރެވެނީ އެޕާޓީގެ ހުރިހާ ދީނީ ޢިލްމުވެރިންނަށް. ދީނީ ޢިލްމުވެރިންގެ އަގުވައްޓާލައި ރައްޔިތުންނާއި ޢިލްމުވެރިންނާއި ނަފުރަތު އުފެއްދުމަކީ އެންމެ ޖާހިލު އެންމެ ޖައްބާރު އެންމެ ލާދިނީ މީހުންގެ ސިފަ.
    ތިޔަގޮތަށް ބާޒާރީބަހުރުވައިން ވާހަކަފުޅު ދައްކަވާއިރު މަނިކުފާނަކީ ޤައުމުގައި ވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅެއްކަން ހަނދާނަށް ގެންނަން.

  17. ސަންތި

    ބަރާބަރު ވާހަކައެއް މިތަނުގައި ދީނީ ، ޤައުމީބާރު ކަނޑުވަން އުޅޭމީހުންނަށް އެޕާޓީއިން ....ބައިވެރިވެއި

  18. ތޯހާ

    ބައެއްމީހުން އެބަގޮވާ މީހުންއެކޮގެން މާދަން ވައްޓާލަން ވެރިކަން އަދާލަތު