މުޅި ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން އަޅުގަނޑުމެން ސަމާލުވާންޖެހޭ ކަމަށާއި ހަރަދުތައް ކުޑަކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އޮފީހަށް ދިގު މުއްދަތެއްގައި ޚިދުމަތްކޮށްދެއްވި މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ބޭއްވެވި ޙަފްލާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ މުޅި ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން އަޅުގަނޑުމެން ސަމާލުވާންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ސްޓްރެޓީޖިކް ގޮތުންނާއި ސިޔާސީ ގޮތުން ދުނިޔެ ވަންނަމުން މިދަނީ ވަރަށް ބޮޑު ބަދަލެއްގެ ތެރެއަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބައިނަލްއަޤްވާމީ ސިޔާސީ އޮއިވަރަށް ވަރަށް ބޮޑެތި ބަދަލުތަކެއް އެބަ އަންނަ ކަމަށާއި އޭގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞާދަށް ވަރަށް ނުރަނގަޅު އަސަރުތަކެއް އެބަ ފޯރާ ކަމަށެވެ.

މި ކަންކަމާ ކުރިމަތިލުމުގައިވެސް، އެދެވޭ ނަތީޖާއެއް ނެރެވޭނީ ފަރުދީ ޒިންމާ އަދާކުރާ މިންވަރަކުންކަން ފާހަގަ ކުރައްވާ އެމަނިކުފާނު ވިދާޅުވީ އެންމެ މުހިންމު ކަމަކީ ޚަރަދުތައް ކުޑަކުރުން ކަމަށެވެ. ކޮންމެ ކަމެއްގައިވެސް އިޤްތިޞާދުކުރުމާއި ފަހަށް ރައްކާކުރުމަށް ސަމާލުކަން ދޭންޖެހޭ ކަމަށާއި ކަރަންޓު ޚަރަދު ކުޑަކުރުން، ހަކަތައިގެ ބާވަތްތައް ބޭނުންކުރާ މިންވަރު ދަށްކުރުން ވެސް އެއީ ކުރެވިދާނެ ކަންކަން ކަމަށެވެ.

"މި ކަންކަމަކީ ފަރުދީ ގޮތުން ކުރަންޖެހޭ ކަންކަން. މިކަންކަމުން ކުޑަ ކުރެވޭ ޚަރަދުތަކުގެ ޖުމްލަ ނަތީޖާ މިފެންނަނީ ޤައުމީ ފެންވަރުގައި. އެއީ އިޤްތިޞާދީ ގޮތުން ޤައުމީ ފެންވަރުގައި އުފުލަންޖެހޭ ބުރަ ކުޑަވެގެން ދިއުން. އިޤްތިޞާދީ ހީނަރުކަމެއް މެދުވެރި ނުވެ، އިމްޕޯޓް އެކްސްޕޯޓް ނުހުއްޓި ކުރިއަށް ދިއުން. މިއީ އަޅުގަނޑުމެން ހަމަ ކޮންމެ ފަރުދަކު އެދޭނެ ކަންކަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު އުއްމީދު ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ކޮންމެ މުވައްޒަފަކުވެސް، އެ މުވައްޒަފެއްގެ އަމިއްލަ ނަފްސާ ހަމައިން، އަދި ދިރިއުޅޭ ގޭބިސީގެ ތެރެއިން މިކަންކަން ތަންފީޒު ކުރައްވަން ފަށްޓަވާނެ ކަމަށް ކަމަށެވެ. "އަދި ޤައުމުގެ ކޮންމެ ފަރުދަކުވެސް މި ކަންކަން ޢަމަލީ ގޮތުން ތަންފީޒުކުރެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެއް." ރައީސް ވިދާޅުވިއެވެ.

ހަރަދުތައް ކުޑަކުރަން ރައީސް އިލްތިމާސް ކުރައްވާފައި ވާއިރު ރައީސް ސޯލިހް މިދިޔަ ހަފްތާގައި ވަނީ ރާއްޖޭގެ އިގުތިސޯދީ ހާލަތު ރަނގަޅު ކަމަށާއި ގައުމު ބަނގުރޫޓްވާ ހިސާބަށް ނުދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. ބުނެލީ

    ފައްސަތޭކަ އަށްޑިހަ ހަ މިލިއަން ޑޮލަރުގެ ބްރިޖަކީވެސް ބޮޑު ޚަރަދެއް ދާނެ ކަމެއް.

    "ނަމަވެސް ތިލަމާލެ ބުރިޖު އަޅަން ފުރަތަމަ ވެސް 560 އެތައް މިލިއަން ޑޮލަރެއް ހަރަދުވާކަން އިއުލާން ކޮށްފައިވާ ކަމަށާއި އޭގެތެރެއިން 400 މިލިއަން ޑޮލަރަކީ ލޯނު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ކަނޑައަޅާފައިވާ ތާރީހަށް ނިންމަން އަދި އިތުރު 26 މިލިއަން ޑޮލަރު ބޭނުންވާކަން މިހަފްތާގައި އަންގާފައި އެބައޮތް ކަން ރައީސް ޔާމީން ފާހަގަ ކުރެއްވެވިއެވެ.

    ރާއްޖެ ބަނގުރޫޓް ވެދާނެ ކަމުގެ އިންޒާރު އެކި ފަރާތްތަކުން ދެއްވަމުން ގެންދަވާއިރު ތިލަމާލެ ބުރިޖު އެޅުމަކީ ބޮޑު ލޯނެއް ނަގައިގެން މިހާރު ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

    "ދިވެހި ސަރުކާރު ސްވޮރިން ޑިފޯލްޓަކަށް ދާވާހަކަ މިއޮތީ އިއުލާން ކޮށްފައި. އެމްއެމްއޭ ގަވަރުނަރު އެހެން ވިދާޅުވެއްޖެ. އެއީ މިބޭފުޅުންގެ މީހެއް. ޖޭޕީ މޯގަން އިން ވެސް ބުނެފި ރާއްޖެ ސޮވޮރިން ޑިފޯލްޓަކަށް ދާވާހަކަ. ދިވެހި ރުފިޔާ އަކީ ފާހާނާގައި ގެންގުޅޭ ޓިޝޫ އާއި އެއްވަރު އެއްޗަކަށް ހަދާނަމަ ވަރަށް ޣައިރު ޒިންމާދާރު ބައެއް ސަރުކާރުގައި މިތިބީ." ރައީސް ޔާމީން ވިދާޅުވިއެވެ."

    56
    1
  2. ގައުމީ

    ތަން އަވަދިއަރުވާލާފަ ތާހިރެއްނު ވާހަކަ،

    53
    9
  3. ހަމަ އައުޓް.

    03.06.2022 - ހަރަދުތައް ކުޑަކުރަން ރައީސް އިލްތިމާސް ކުރައްވައިފި.
    ހަފްތާއެއް - 1 މަސްތެރޭ: ސިޔާސީމަޤާމުތައް އުފެއްދުން، ތާކުންތާކު ނުޖެހޭ ބެކާރު ދަތުރުފުޅުތައްކުރުން، އެއްވެސް ލަނޑުދަނޑިއެއް ހާސިލްނުވާނެ މަޝްވާރާތަކާއި ހަފްލާތައްބޭއްވުން، ކުޅިވަރަށާއި ނާޗަރަންގީކުޅުމަށް ބޭކާރުހަދަދުކުރުން(ބޮޑުޢީދަށް ނާޗަރަނގީ). މިހާރުވެސް އިންތިހާ ދަރަޖައަށް ފެންވަރުދަށް ހިދުމަތްތަކުގެއަގު އަދި ތަކެތީގެ އަގު އިންތިހާއަށް ބޮޑުކުރުން.
    ރައްޔިތުންގެ ހަޒާނާއިން ހައްްުގުނޫން މީސްމީހުންނަށް ބަދަލު ދިނުން.
    މިހެންގޮސް ދެންކިޔާނެކަމެއްނެތް..

    50
    1
  4. ޣޮ

    ޢިންޑިޔާ ކުންފުނިތަކަށް ބޭނުންވަރަކަށް އަދި އެމީހުނަށް ވަޒީފާތަށްވެސް މިނަހުވެސް 1 ބިލިޔަން ރުފިޔާ

    49
  5. ޙަދިސައިބު

    ޙަރަދު ކޔޑަކުރަން ވެގެންތާ އެހަކަށްދުވަހުވަހުވެސް އެޑިޔުކޭޝަނަށް ސިޔާސީ މީހަކު ހަމަޖެއްސީ ބޮޑު މުސާރައިގަ އެފަކީރު ކުރާނެ މަސައްކަތެއްނެތިގެން 24 ދަޑިއިރު ސައިކޮޓަރީގައި

    41
  6. ބޯދިގުޒައީމް

    މިބައިގަނޑު ވެރިކަންކުރާކޮއްމެފަހަރަކު ރައްޔިތުން މިހާލުގަޖެހެނީ ކޮރަޕްޝަންއިންތިހާއައްބޮޑުވެ އިންފުލޭ ޝަންމަތިވަނީ ސަރުކާރުކުންފުނިތަކުން އެކިނަންނަމުގަ ވިޔަފާރިއާ ރާނާސިމެތިޖެހުމުގަ މީގެތެރެން ސިފައިންގެ ކުންފުނިން ފުލުހުންގެކުންފުނިންވެސް ނުކުމެ އާއްމު ރައްޔިތުންއާމްދަނީހޯދަންކުރާ މަސަތްކަތާވިޔަފާރިތެރޭ އެކިނަންނަމުގަ އާއްމު ރައްޔިތުމީހާކުރާމަސައްކަތުން ބޮޑުޓެކްސްނަގާ ދައުލަތުން ކާންބޯންދީ ހަދާތަންތަނުން ނުކުމެހަބޭސްއަރުވާލަނީ ރައްޔިތުންގެ މަޖިލީސްއިން ނުކުމެހެދިކާ ހޮޓާހިންގާހިސާބައްދެންދާނީ ނޫންނަމަ އެތަނުންގާނޫނުހަދާ ހުއްޓުވާނެ މިހިންގާކަންތައް އަދިވެސްމެންބަރުންވެސްއުޅެނީ މަދުވެދެން ޕާކިން ޒޯނުތަކާ އެލެވެންސްތައް ރައްޔިތުންހަނާވާއިރުވެސް

    29
  7. Anonymous

    ހާދަ ލަދުފުޅުވެސް ކުޑައޭދެން
    ބުނަން ވާހަކައެއް. ނޭނގެންނާ އަޑުއަހާ. ދިވެހިންނަށް މަސް ނުކައި ނޫޅެވޭނެ. ދިވެހިން ގެ ކެއުމާއި ތިޔަކުޅެލީ.
    މިގޭ ހުރިހާ ކުދިންނަކީ ކޮންމެ އިރަކުވެސް މަސްދަޅު ލައިގެން ކާ ބައެއް. ޚަރަދު ކުޑަކުރަންޏާ ޅަދަރިން ކޮޅަށް ކާން ނުދީތަ ތިބެންވީ. ކޯކް ނުބޮއިވެސް މިގޭ ކުދިން އުޅެފާނެ އެކަމަކު ސިނގިރެޓް އަގުބޮޑު ކުރާހެން މަސްދަޅު އަގުބޮޑު ކުރަންޖެހޭ ތޭ. ލަދުކުޑަކަން މިފެންނަނީ. ބަހާއި ޢަމަލު ދިމާ ނުވާކަން . ކޮބާ ވެރިކަން ހޯދުމަށް އުޅުނު އިރު ވީ ވަޢްދުފުނި. ރައްޔިތުން ނަށް މިސާފުވީ ވޯޓް ލާންވީ މީހާ އަމްދުން މިހެދިގޮތުން

    34
    2
  8. މަރުމޯލުހިންނަވަރު

    މީނަ ރައްޔެތުންނައް ފަގީރުކޮއް އުޅެން އަންގާފަ މުއްޖަހާފަ ދައުލަތުގެބފައިސާނަގައިގެން ދުނިޔޭގަ އުދުހެނީ.

    44
    1
  9. ޙަދިސައިބު

    ޟީނުންތޯ ޚަރަދު ކުޑަކުރާގޮތަކީ: އެޑިޔުކޭޝަނަށް ބަލާމާ: ބުރެކުފަސްޓު ހިންގަން ސުޔާސީ މަރުމޯލެއް، އެތަނުގެ ޕޮލިސީ ޑިވިޝަން ހިންގަން ސިޔާސީ ޅެންވެރިޔެއް ޕޮލިސީއަކީ ކޯންޗެއްކަންވެސްނޭގެ، ހިއުމަން ރިސޯސް ގެ ވެރިޔަކަށް މަފެނިފައި ހުރި ސިޔާސީ މަރުމޯލެއް، އެގުޒަމިޏެސަން ހިންގަން ސިޔާސީ ފޮނިގަންޑެ ރިހާކު އައިލެންޑު، ސްކޫލުތަށް ބަލަހައްޓަން ވާނުވާނޭގޭ މީހެއް ތިމާދައްކާ ވާހަކަވެސް ގެޓުނުވާ ކަންބަލެއް! ޙަރދުކުޑަކުރެވޭނީ މިގޮތަށް

    11
  10. އައްދެ

    މި މީހުން އަބަދުވެސް ވާހަކަ ދައްކާއިރު "ރައްޔިތުން" މި ބޭނުންކުރަނީ ވަކި ބަޔަކައް. އެއީ ގައުމު އިނދަޖެހޭއިރު އެ ރައްޔިތުން ބަނޑައް ޖެހޭނެ. ބޭފުޅުން ވަނީ މިކަމައް ތައްޔާރު ވެފަ. ގައުމު ގަންބާލާފަ މިބައިގަނޑު ބަޗާނީ ޔޫރަޕައް. އެ ތަަންތަނުގައި ބޮޑެތި ގެތައް ގަނެ ހުރީ ތައްޔާރު ކޮއްފައި.
    ތައްޔާރުވޭ!!

  11. އަމީހާ

    އަވަހައް ސަތޭކަވަރަކައް ސިޔާސީަޤާމުއުފައްދާ މުސާރައަކީ އެއްލައްކަރުފިޔާކަމައްހަމަޖައްސާ މަހަކު އެމެރިކާއައް ތިރީހަކައް މީހުންގެ ވަފުދަކާއިއެކު އެމެރިކާއައްޖައްސާލާ ބައިތުލްމާލު ހުސްކޮށްފައި ރަށްޔިތުން ބަޑަށްކުޅުޖަހައިގެން ތިބެންއަންގާ. ވެރިންތިބޭނީ ފައިވުސްޓާރ ހޮޓެލްގައި ބިރިޔާނީކާން. އޭރުންވަރަށްހަރަދު ކުޑަވާނެ. މީއަޅެލަދުހަޔާތް ހާދަކުޑަބައެކޭ.

  12. ކެޔޮޅު

    ހަރަދު ކުޑަކުރަންއެދޭނަމަ ސިޔާސީމަޤާމުތައް އަދި ދެގުނައައް އިތުރުކުރައްވާ؟

  13. 8787

    މިއީ ވަރަށް ފައްކާ ވާހަކައެއް. މީނަގެ ދަތުރުތަކަށް ކުރި ޚަރަދު ހައްދުން ނައްޓާފަ.

  14. ާދަލޭކް

    އެހެންޙެން ވެއްޖިއްޔާ ސަރުކާރުން ކުރާ ބޭކާރު ދަތުރުރުތައް ވަގުތުން ހުއްޓާލަން ޖެހެނީ ރާއްޖެއިން ބޭރަށް ވިޔަސް ލޯކްލް ވިޔަސް މުޅި އައުވާނުން ގެ ގުރޫޕް ގޮވައިގެން ދާ އިރު ކޮބާ ޚަރަދުގެ ބައި؟

  15. އިސްތިއުފާ

    އެންމެ ހަތަރު އަހަރު ތެރޭގައި 37 ބިލިއަން ޑޮލަރުގެ ލޯން މިސަރުކާރުން ނަގައިގެން ކުރީ ކޮން ކަމެއްތޭ މިސަރުކާރުން ދައުލަތަށް އާމްދަނީ ލިބޭނެ އެއްވެސް އިންވެސްޓެއް ނުކުރެއޭ ބަލާބަލަ ވެލާނާ އެއާރޕޯރޓް ޓާރމިނަލް ސްޓްރަކްޗަރ ދަބަރަށްވެ ހަލާކު ވަނީއޭ ރައީސް އިބޫގެ ލަދުހަޔާތުގެ ކަންފުޅެއް ވެސް ނެތީމާ އޭނާ ވެލާނާ އެއާރޕޯރޓުން ފުރަ ފުރައިގެން ދައުލަތުގެ ޚަރަދުގައި ރާއްޖޭން ބޭރަށް ދާނީ މިސަރުކާރު މިވަނީ އިންޑިއާ އާއި ގުޅިގެން ލޯން ނަގައިގެން ބޮޑެތި ވައްކަމޭ ކުރަނީ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސްރައީސް އިބޫ އިސްތިއުފާ އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ

  16. ގޯނިބެ

    ކޮންބައެއްގެ ހަރަދުތަކެއްތޯ ކުޑަކުރަންވީ

  17. ޒާ

    ކޮން ފަރުދީ ޒިންމާއެކޭ ކިޔާކަށް. ކޮވިޑްތެރޭވެސް ރައްޔިތުން މާސްކުއަޅުވާ އަތްދޮއްވަން ގޭތެރޭ ބޭތިއްބީ. ހޭވެރިކަންވެ ބޭރަށް ނިކުތްއިރު މުޅިގައުމު ދަވާލައިފި. އަބްދިﷲ ޝާހިދު ހޯދިހާ ބޭރުގެ އެހީވެސް ވީތަނެއް އެނގޭ މީހަކުނެތް. ރައްޔިތުންގެ ވިޔަފާރިތައް ހަލާކުވެ ބަނގުރޫޓްވީ.

  18. ކޮބަޑި

    ކަލޭގެ ލަދުކޮބާ ޖޭޕީ މޯގަންއިން ރާއްޖެ ބަނޑަށް ޖެހޭނެވާހަކަޖެހުމުން ބުނީ އެއީ ކަނޑައެޅިގެންދޮގެކޭ މިހާރު މިވީ ކޯއްޗަކަށް ބަނޑަށްޖެހޭނެކަން ޔަގީންވީމަ ސަރުކާރު މުއަށްޒަފުން ކައިރީގަ މިކިޔަނީ ހަރަދުކުޑަކުރާށޭ މީނަޔަކަށް ވާއެއްނުވާއެއް އެނގެނީކީ ނޫން ވެރިކަމަށް ކުފޫހަމަނުވާ މީހަކު ވެރިކަންކުރަންޖެހުނީމަ ވާނެގޮތް އެއޮތީފެނިފަ ދެން ދުނިޔެއޭ ކަރަންޓޭ ކާއްޓޭ ކިޔާނެކަމެއްނެތް އިސްތިއުފާދީފަގެޔަށް ނޫނީ ރަށަށްދޭ.

    11
  19. އެއްލާލާ

    މިސަރުކާރުން ލޯން ނަގައިގެން އެފައިސާ އިން ޚަރަދު ކުރީ އެއީ މަޖްލީހަށް ވޯޓްގައި މަކަރާއި ހީލަތުން ވޯޓް ހޯދައިގެން އައިސް ތިބި ބަޓް ގްރޫޕަށް ޚަރަދު ކުރުމަށާއި އަދި އެމްޑީޕީގެ ބޮޑުންނަށް އެފައިސާ ބަހަންއޭ ތިޔާ ކެނެރީގެ ނަޝީދަށް ދުވާލަކު 30 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އޭނާ ޖެހޭތޭ ފުރަމާލޭގައި ބަހައްޓަން ނުޖެހޭނެއޭ ބަހައްޓަން އެ ޚަރަދު ކުރަން ރައްޔިތުން ނުރުހެއޭ އޭނާ މިހާރުން މިހާރަށް މަޖްލީހުގެ ރައީސް ކަމުން ވަކިކޮށް އެގާނޫނު ވެސް އުވާލާ މުރައިދޫ ގެ ހުސްކުރާށޭ އެވަގު ކަލޭގެ އެތަނުންނެރޭށޭ އެވަގު އެވަގު ކަލޭގެ އެތަނުންނެރޭށޭ އެވަގު ކަލޭގެ އެތަނުންނެރޭށޭ އެވަގު ކަލޭގެ އެތަނުންނެރޭށޭ އެވަގު ކަލޭގެ އެތަނުންނެރޭށޭ އެވަގު ކަލޭގެ އެތަނުންނެރޭށޭ އެވަގު ކަލޭގެ އެތަނުންނެރޭށޭ އެވަގު ކަލޭގެ އެތަނުންނެރޭށޭ އެވަގު ކަލޭގެ އެތަނުންނެރޭށޭ ކަލޭގެ އެތަނުންނެރޭށޭ އެވަގު ކަލޭގެ އެތަނުންނެރޭށޭ

  20. އައްޔު

    އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައި ޤައުމުގެ ދަރަނި 200 ޕަސެންޓަށް މަތިކޮށްލާ މިކީއްވެގެން ވާކަމެއްތޯ؟ މީ ގަސްތުގައި ކުރާކަމެއްތޯ؟ ދެން ތަންދޮރުބަލާނުލާ ޔާމީނަށް އެއްޗިހިކިޔާނީކީ ނޫން ބަލާހޯދަންވީ ތަފާސްހިސާބު އެހުރީ ފެންނަން
    ކުޑަކޮށް ބުނަންޏާ މައުމޫނު ފޭބިއިރު ޤައުމުގެ ދަރަނިހުރީ 9 ބިލިއަންގައި، ރިޒާވްގައިހުރީ 250 މިލިއަން ނަޝީދު އިސްތިއުފާދިންއިރު ޤައުމުގެ ދަރަނިހުރީ 23.5 ބިލިއަންގައި، ރިޒާވްގައިހުރީ 180 މިލިއަން
    ދެން ބަލަމާ ޔާމީނު ފޭބިއިރު ޤައުމުގެ ދަރަނިހުރީ 33.5 ބިލިއަން ރިޒާވްގައިހުރީ 780 މިލިއަން ސޯލިހުގެ ވެރިކަން އަދި ނުނިމޭ ޤައުމުގެ ދަރަނިހުރީ 80 ބިލިއަންގައި ރިޒާވްގައިހުރީ 380 މިލިއަން އިއްތިފާގެއްބާ؟
    ބަލާހޯދާ ސިޔާސީ ވާދަވެރިންނަށް ސަޕޯޓުކުރުމުގައި އަމިއްލަ ސިކުނޑިވިއްކާނުލާ އަމިއްލައަށް ބަލާހޯދާ މައުލޫމާތަކީ އެންމެންގެ ހައްގެއް

  21. ޑޯންވޮނާސީ

    ކުނި ވަކިކުރަން ނުޖެހޭނެއޭ އެއީ ދުނިޔޭގެ އެއްވެސް ގައުމެއް ގައި އެކަން ކުރާ ގޮތެއް ނޫނޭ ކުނި ނައްތާލަން ތިމާވެށި މިނިސްޓަރަށް ހަމަނޭގެނީއޭ އޭނާ އަކީ އެއީ އިންޖިނިއަރިންގްގައި ހިމެނޭ މެކޭނިކްސް މިސަބްޖެކްޓް ނުކިޔަވާ ޔުނިވަރސިޓީ ގައި އެފަދަ ޕްރޮޖެކްޓްސް ތައް އަމިއްލަ ސިކުނޑި ބޭނުން ކޮށްގެން ހަދާފައި ނުވާ މީހަކަށް ވާތީވެ އޭނާ އަށް އަޑުއިވޭނީ އޭޑީބީން ރާއްޖެ އަށް އައިސް ތިބި ކަނޑުކޮހުން ބުނާ ގޮތަށް އެކަނި ހަދަންއޭ އޭނާ އަމިއްލަ ސިކުނޑިން ނުވިސްނޭނެއޭ އޭނާ އަށް ވިސްނޭނީ އުނގުންނޭ އައި ޑޯން ވޮނާ ލިސްން ވަޓް ޔޫ ސޭ އައި ޑޯން ވޮނާ ޑޫ އިޓް އައި ޑޯން ވޮނާ ޑޫ އިޓް ލިޓިލް ބިޓް ލިޓިލް ބިޓް އޮފް އިޓް އައި ޑޯން ވޮނާ ލިސްން ޔޫ ޑޯން ވޮނާ ޑޫ އިޓް ޑޯން ވޮނާ ޑޫ އިޓް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް...

    3
    1
  22. ޑޯންވޮނާސީ

    މިސަރުކާރުން ޖީވަނޭ މެންނަށް ފޮރިނޭ ކަން ދީގެން އިންޑިއާގެ ވަގުންނަށް ބިލިއަނުން ކަޓް ދީގެން އދ. ގެ ކައްޕަޅި މަގާމަކަށް ހޮވުނޭ ކިޔާ ވޯޓް އިން ވައްކަން ކޮށްގެން އެކަން ކޮށްގެން އެމެރިކާގައޭ ޖީވަނޭ އާއި އޭނާ ގައި މޮޑޭ ބަގަ ތައް އެބައިތިއްބަނީ މަމެން ގުދާރު ބިންދައިގެން ހޯދާފައިސާ އިން ޔޫ ނެވަރ ނޯ ހައު ހަރާމްކޯރު ދިސް ސަރުކާރު މީ ސީދާ ހަރާމްކޯރު ބަތާހަރާމީ އުސޫލުން ވެރިކަން ކުރާ ސަރުކާރެކޭ އިޓްސް ހާރޑް ފޯރމީ ޓު ބިލީވް ދެމް އައި ޑޯން ވޮނާ ސީ ދެމް އައި ޑޯން ވޮނާ ސީ ދީސް ބަގާރސް...

  23. ރަން ރީނދޫ

    މި ލާދީނީ ލުއްޗާ ގައުމު އިންޑިއާ އަށް ނުއަގުގަ ވިއްކާފަ،ދިވެހިން ދަރަނިން ދަންޖައްސާފަ ފައިބައިގެން ބަޗާނެ.

    10
  24. ޑޯންވޮނާސީ

    ސަރުކާރުގެ ޒިންމާ އިން ސަރުކާރުން ރެކިތިބެ ރައްޔިތުން ބޮލަށް ކަންކަން ނުވީމާ ކަނޑާލަން ވެގެން މަކަރާއި ހީލަތާއި ހަރާމްކޯރު ބަތާހަރާމީ ފޮތުން ކިޔަވައިގެން ތިބޭ ހަރާމްކޯރުން ކިޔާ އެއްޗެކޭ އެއީ ފަރުދީ ޒިންމާ އަކީ ސަރުކާރުގެ ޒިންމާ އަކީ ކޮބައިތޭ ހެޔޮ ވެރިކަން ކޮށްދޭން އައި މީހުން އެމެންގެ މެނިފެސްޓޯގައި ހިމެނޭ އެންމެ ބަރުދަން ބޮޑު ވައުދު ކަމުގައިވާ މާލެ ސަރަހައްދުން ގޯތި ދިނުން އޮޅާލާ ރައީސް އޮފީސް ފާރު ބުޑަށް ޖަހާލާ ރައީސް އޮފީސް މޭޒު ކައިރީރަނޑު ސެލްފީ ނެގުމޭ ކަމަކީ ކައްކާއިން ނާއި ރާއްޖޭގެ ވެރިކަން ހަވާލު ކުރުމުން ވާނެ ހަތަރެތި މިއޮށްގެން ވަނީއޭ އައި ޑޯން ވޮނާ ސީ ދަ ފޭސް އޮފް ދިސް ބަގާ...

  25. Anonymous

    ރައްޔަތުންމިކިޔަނީ ދައުލަތުގެ ބައިތުލް މާލުކަލޭ ހުސްކޮއްފޔޭ ކަލޭ ތިބުނަނީ އިސްރާފުނުކުރާށޭ ދެން މި މިމާކުރާނީ ކިހިނެއް

  26. ހަނީފު

    ހަފްލާއަށް ހަރަދުވީ ކިހާވަރެއް؟ ޙަފްލާ ނުބޭއްވިނަމަ މާކުދަވީސް.
    ފެންބިލް ދައްކަަންވީމަ ފައިސާ ނެތްބަޔަކު، ބޭކާރު ކަންކަމުގަ ލައްކައިން ހަރަދުކޮށް ގައުމުން ބޭރުގަ.

  27. ކަމުނުދާސޯލިހް

    މީނަގެ ވެރިކަމެކޭ މައުމޫނުގެ ވެރިކަމެކޭ އެއްވަރު. މައުމޫނުވެސް ރައްޔެތުން ދެރަވަރެއްގަ ބައިތިއްބާފަ އާއިލާ އާއެކު އުދުހުނީ. މީނަވެސް ހަމައެހެން. މައމޫނުގެ ވެރިކަންކަމުނުގޮސްގެން ގެނައި މޑޕ ވެރިކަމޯމިއީ. ދެމީހުންވެސް ދައުލަތުގެ ހަޒާނާ އަމިއްލަ މަންފާއައްބޭނުންކުރަނީ.

  28. ޞޯލިޝަވަލް

    ފުރަތަމަ ކުޑަ ކޮއްބަލަ ކަލޭގެ ޚަރަދު. ނަމޫނާއަކައްވެބަލަ.

  29. ޖަވާދު

    ސިޔާސީ މަޤާމުތައް މަދު ކުރަންވީނު! އޭރުން ޓަސް؛ލާފަ ޚަރަދު ކުޑަވީ

    10
    • ތޯހާ

      ސިޔާސީ މަގާމު ތަކުގެ މުސާރަ ކުޑަކުރޭ

  30. ވަގުންނޭ

    މިސަރުކާރަށް 4 އަހަރު ވީއިރު 37 ބިލިއަން ރުފިޔާ ދަރަނި ނަގައިގެން ކުރި ކަމަކީ އަދި ކުރަމުންދާ ކަމަކީ ވެސް އެ ފައިސާ އަނބުރާ ނުލިބޭނެ އަދި އޭގެ ސަބަބުން ރިކަރަންޓް ޚަރަދު ބޮޑުވާނެ ކަންކަމޭ ކުރަނީ ހަނިމާދޫގައި އެއާރޕޯރޓް ތަރައްގީ ކުރުން އެއީ ދުވަހަކުވެސް އެ އިންވެސްޓްމެންޓް ކަވަރުވާނެ ކަމެއް ނޫނޭ ދެން އައްޑޫ ގަން އެއާރޕޯރޓް އިން އަހަރަކު 80 މިލިއަން ޑޮލަރު ގެއްލުންވާއިރު އަނެއްކާ ކިއެއްކުރަންތޭ އައްޑޫ ގަމުގެ އެއާރޕޯރޓް އިންޑިއާއިން 200މިލިއަން ޑޮލަރު ލޯން ނަގައިގެން އެކަން ކުރަނީ އެއީ ސީދާ އިންޑިއާގެ ވަގުންނާއި ގުޅިގެން ކެނެރީގެ ނަޝީދު ބޮޑުވަގު ކުރާ ވައްކަމެކޭ އެވަގުކަލޭގެ އޭ އިންޑިއާގެ ވަގުންނާްއި ގުޅިގެން ކުރާ ހުރިހާ ވައްކަމެއްގެ އަޑީގައި ހުރީ އޭނާގެ އަންހެން ދެ ދަރިން ވެސް ވަނީ އިންޑިއާގެ ޖީއެމްއާރުގެ ދަރިންނާއި ދެވަން ވެސް އެވަގުކަލޭގެ ވަނީ ނިންމާފައޭ...

  31. ނާޅި

    އިއުތިރާފު ނުރަނގަޅު ވަނީ ގައުމުތަކުން ނަގާ ރިބާ ލޯނުގެ ސަބަބުން، ރިބާ ކަމާއި ރިބާ ލޯން ނެގުން ހުއްޓާލައިގެން މުޅިދުނިޔެއިން އިޤުތިސޯދު ރަނގަޅުވާނީ ، ރިބާގެ ގޮތުގައި ދައްކަން ޖެހޭ ދަރަނި ބައި ވަރަށް ބޮޑު، ވީމާ ރިބާ ނުހިމެނޭ ގޮތަށް އަންނަ އަހަރުގެ ބަޖެޓް އެކުލަވާލަން ޖެހޭ !

  32. ސސ

    ރިބާ ކެއުމާއި ރިބާ ލޯނު ނެގުން ހުއްޓާލަންވީ، އަންނަ އަހަރުގެ ބަޖެޓުވެސް ރިބާ ނުހިމެނޭ ގޮތަށް ހަދަންވީ، ރިބާގެ ގޮތުގައި ދޭންޖެހޭ ދަރަނި މިހާރުވެސް ބޮޑީ ! ރިބާ ގެ މުޢާމަލާ އެއްކޮށް ހުއްޓާލަން ޖެހޭ !

    5
    1
  33. ކުޅިރިހާކުރު

    އަދިވެސް ދެއިނގިލިދޭތެރއަށް ސިޔާސީ މީހަކުކޮއްޕާލާ..އޭރުނ ޚަރަދު ކުޑަވާނީ

  34. ވަހުތާން

    އަހަރެމެންގެ ޚަރަދު ބޮޑުވެގެންތޯ ސަރުކާރުންދަރަނި ތިޔަނަގަނީ. ތީމުގެއާވީފަޅީގައި މުރާދުގަނޑުވަރުގެ ބޭރުގައި 24ގަޑިއިރު ބައްތިތައް ދިއްލާފާ އެހުންނަނީ ޚަރަދު ކުޑަވީމާނޫންތަ؟

  35. ނަމުން ސޯލިހު

    ރައްޔިތުންނައް އެއްޗެއް ނުގަނެވޭހާ ތަކެތީގެ އަގުބޮޑުކޮށްފަ. ކީކޭ ގޮވަން ތިއުޅެނީ. ލެއްގި ވެރިޔާ

  36. ޖާބެ

    ވަގުން ދައުލަތުގެ ޙަޒާނާ ލޫޓުވާލާފި ރައްޔިތުުންގެ ލޭބޮއެ ހުސްކުރާނެ މިފަހަރު