12 މީހުނާއެކު ދަތުރު ކުރަމުން ދިޔަ "ޢާއިލާ" ނަމަކަށް ކިޔާ 70 ފޫޓްގެ ކަންނެލި ދޯންޏެއް މ.ރާބަނދި ހުރާ ކައިރީ އޮތް ގިރި އަރަކަށް އަރައިގެން އެދޯންޏަށް އެހީތެރިވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯން އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންްޑީއެފްއިން ބުނެފައިވަނީ މިކަމުގެ މަޢުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިރޭ 19:19 ގައި ކަމަށާއި މިދޯނި ދަތުރު ކުރީ ގދ އިން ފުރައިގެން ކަމަށެވެ. އަދި މިދޯނީގައި ތިބި 12 މީހުންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތު ދެއެވެ.

މިހާދިސާގައި ދޯނީގެ ބަނޑު ފިލާއަށް ގެއްލުން ވެފައިވާ ވާއިރު، މިދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފްގެ ސީޖީ ލޯޗް ހަރަކާތްތެރިވަމުން ދާކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

 

ކިޔުންތެރިންގެ ހިޔާލު