މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ރައީސަކު ހޮވުމަށާއި ޖަމިއްޔާގެ އަސާސީ ގަވާއިދު އިސްލާހު ކުރަން މި މަހު 18 ވަނަ ދުވަހު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ސްޓެލްކޯގެ ސެމިނާ ހޯލްގައެވެ.

އެމްޖޭއޭ އިން ވަނީ އާންމު ޖަލްސާއަށް ދިއުމުގެ ދައުވަތު މެމްބަރުންނަށް ދީފައެވެ.

އެމްޖޭއޭގެ ރައީސްކަން ހުސްވީ، އެ މަގާމުގައި ހުންނެވި މުހައްމަދު ހަމްދޫން މިދިޔަ އަހަރުގެ އޮކްޓޯބަރުގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެ ޖަމިއްޔާގެ ރައީސް ކަމަށް އަންނާނީ މެމްބަރުންގެ މެދުގައި ނަގާ ވޯޓުގައި އެންމެ ގިނަ ވޯޓު ހޯދާ މީހަކެވެ.