ނޫސްވެރިންނާއި ބައްދަލުނުކުރައްވާ ނުވަ މަސް ދުވަސް ހޭދަ ކުރެއްވުމަށް ފަހު މިއަދު ރައީސް އިބްރާހިމް މުހައްމަދު ސްލޯލިހް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގެ "ތެދުދޮގު" ގެނެސްދިނުމަށް ހާއްސަ ޕްރޮގްެރާމެއް މިރޭ ސަންގު ޓީވީން ދައްކަން ހަމަޖައްސައިފިއެވެ.

ރައީސް ދެއްކެވި ވާހަކަފުޅާއި ގުޅިގެން ފާހަގަ ކުރެވޭ ކަންކަން ގެނެސްދިނުމަށް ހާއްސަ ކޮށްގެން ސަންގު ޓީވީން ގެނެސްދޭ ޕްރޮގްެރާމް މިރޭ 21:30 ގައި ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ސަންގު ޓީވީން ގެނެސްދޭ މިރޭގެ ޕްރޮގްރާމްގައި "ވަގުތު" ނޫހުގެ ސީއީއޯ އާދަމް ނަވާޒާއި، "ދިޔަރެސް" ނޫހުގެ އެއް މުއައްސިސް ކަމުގައިވާ ޝިފްޒާން އަހުމަދު ރަޝީދާއި އަދި ސަންގު ޓީވީގެ ޑިރެކްޓަރ އިބްރާހިމް ވަހީދު (އަސްވާޑު) ވެސް ބައިވެރިވެވާނެއެވެ.

ރައީސް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެމަނިކުފާނު މިއަދު ދެއްކެވި ބައެއް ވާހަކަފުޅުތަކަކީ ވެސް ހަގީގަތާއި ހިލާފު ވާހަކަތަކެއްކަން މިހާރު ވެސް ވަނީ ފާހަގަ ކުރެވިފައެވެ. މިރޭގެ ޕްރޮގްރާމުގައި އެކަމުގެ ތަފްސީލްތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހުގައި ނޫސްވެރިންނާއެކު ރަނގަޅު ގުޅުމެއް ގާއިމްކުރައްވާނެ ކަމަށް ވަނީ ވައުދުވެލައްވާފައެވެ. އެހެންނަމަވެސް ވައުދާއި އެއްގޮތަށް ނޫސްވެރިންގެ ބައްދަލުވުންތައް ނުބާއްވާތީ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާމި

    2 ވަނަ ދައުރެއް ދީފިނަމަ މީހުންކޮޅުވެސް ވިއްކާލާނެ

    16
    1
  2. ނާބަ

    ވެއްޓެނީ ވެއްޓެނީ ވެއްޓެނީ ހުރިހާދޮގެއް ހެދުމަށްފަހު އިންޑިއާއަށް ގައުމު ވިއްކާލިގޮތް ހިތުން ރުހުމުން ކިޔައިދޭން މަޖުބޫރުވާނެ ކެތްކޮށްލަށްވާ ދުވަސް ކައިރިވެއްޖެ .

    18
    2
  3. ކަޒަކިސްތާނު

    މީނަޔަށް ދެވަނަދައުރެއް ދޭންބޭނުން އެކަމަކު ޖަލުން އެގޮތަށް ހުރިހާކުދިން އެއްބަސްވާނެކަން ގެރަންޓީ.

    8
    1