އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ދިވެހި އިގްތިސާދީ މައި ދޮރާށި ކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ދީފައިވަނިކޮށް އެއާޕޯޓު އަލުން އަނބުރާ ދިވެހިން ހޯދުމަކީ ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ދިވެހިންގެ އެއާޕޯޓު ދިގު މުއްދަތަކަށް ދިނުމަށް ނިންމީ އެމްޑީޕީގެ އެންމެ ފުރަތަމަ ވެރިކަމުގައި 2010 ވަނަ އަހުރެވެ. އެކަމާއި ގުޅިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާފައެވެ. އަދި ވެރިކަން ބަދަލުވެ، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ވެރިކަމާއި ހަވާލުވުމަށް ފަހުގައި ވަނީ އެ އެއާޕޯޓު ޖީއެމްއާރަށް ދިނުމަށް ވެފައިވާ އެއްބަސްވުން އުވާލައްވާފައެވެ.

ނޫސްވެރިންނާއި ބައްދަލުނުކުރައްވާތާ ނުވަ މަސް ދުވަހު އުޅުއްވުމަށް ފަހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ އެކަމާއި ގުޅިގެން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އޭރުގެ ސަރުކާރުން ޖީއެމްއާރާއި އެކުގައި ފައްޓަވާފައިވަނީ ވަރަށް ބޭނުންތެރި މަޝްރޫއެއް ކަމަށާއި އެއްބަސްވުން އުވާލުމުގެ ސަބަބުން ފޫނުބެއްދޭ ވަރުގެ ގެއްލުން ވީކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޖީއެމްއާރާއިއެކުވެފައިވާ އެއްބަސްވުން އުވާލުމާއިއެކު ބަދަލެއްގެ ގޮތުގައި ދައުލަތުން ޖީއެމްއާރަށް 271 މިލިއަން ޑޮލަރު ދައްކަން ވަނީ ޖެހިފައެވެ. ޖެހިގެން އައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވަނީ އެފައިސާ އެއްކޮށް ދައްކާ ހަލާސްކޮށްފައެވެ.

ޖީއެމްއާރާއެކު ކޮށްފައި އޮތް ތަރައްގީގެ މަޝްރޫއަކީ ވަރަށް ބޭނުންތެރި މަޝްރޫއެއް. އެކަން ހުއްޓާލި ހުއްޓާލުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ ބޮޑު އަސަރުތަކެއް ކޮށްފައިވޭ. 2015 ވަަނަ އަހަރު އެހެން ނޫންނަމަ އެތާ އޮންނާނީ ހަތް މިލިއަން ޓޫރިސްޓުންނަށް އާދެވޭނެ ވަރުގެ އެއާޕޯޓެއް ތަރައްގީ ކުރެވެން ފަށާފައި. ރާއްޖެއަށް މިއަދު އެހެން ނޫންނަމަ ތިން މިލިއަން ޓޫރިސްޓުން އަހަރަކު އަންނާނެ. މާނައަކީ ދައުލަތަށް ލިބޭ އާމްދަނީ އަހަރަކު 35 ބިލިއަނަށް އިތުރުވީސް." ރައީސް ވިދާޅުވިއެވެ.

ރައީސް އެފަދައިން ވިދާޅުވި ނަމަވެސް ޔާމީން ސަރުކާރުގައި ގެންގުޅުއްވާފައިވަނީ ދިވެހިންގެ އެއާޕޯޓު ދިވެހިން އަމިއްލައަށް ތަރައްގީ ކުރެއްވުމުގެ ވިސްނުންފުޅެކެވެ. އެގޮތުން އޭރުގެ ސަރުކާރުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް 800 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ވެސް ފައްޓަވާފައެވެ.

އަދި އެ މަޝްރޫއުގެ ދަށުން ދެވަނަ ރަންވޭއެއް ބިނާކުރެވި ދުވާލަކަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތް ވަނީ އެތައް ގުނައަކުން އިތުރުވެފައެވެ. ރައީސް އެފަދައިން ވިދާޅުވި ނަމަވެސް އެއާޕޯޓުގެ ހިންގުން ސަރުކާރުގެ ކުންފުންޏަކާއި ހަވާލުކުރުމާއެކު ދައުލަތަށް ވަނީ އެތައް މިލިއަން ރުފިޔާ ފައިދާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ޓީ

    ޖީއެމް އާރުން ބައި އެޅި ގްރޫޕް

    112
  2. Anonymous

    ލަދުހަޔާތް ކޮބާތޯ؟
    ރީތިކޮން މިއަހަލީ؟އަދިވެސް ވެރިކަން ދޭންވީ އެހެންވެތޯ؟ އިންޑިޔާ އަށް ދެވޭ ޑޮލަރު މަދުވެގެންތޯ ؟ މިހާރުވެސް މައިދޮރުއަށީގައި ބޮޑު މަޤާމުގައި އެމީހުން. އިންޑިޔާގެ މައިދޮރުއަށީގައި ދިވެއްސަކު ބަހައްޓަބަލަ މަހަކު ހަތްދިހަ ފަސްހާސް ޑޮލަރު ދީފައި. އިތުރު ދައުރެއް ކީއްކުރަން ފަޅި ސިކުންތެއްގެ މިންވަރު ވެސް ބޭނުން ނުވޭ ދޭން. މަތީގަޑިން ޖަހަންދެން ހުރެވޭނީ އަންނާނޭ ނިމުން. މައުމޫނާ ޔާމީނަށް ވެސް އައީތާ

    39
  3. ދިވެހިންގެވިންދު23

    ރައީސް ސޯލިހް ދިވެހިންގެ ލޮލުގަ އަނދުއަޅުވަން އުޅުއްވާނެކަމެއްނެތް. ދިވެހިރާއްޖޭގެ ވެލާނާ އެއަރޕޯޓް ނުއަގުގައި ކުއްޔަށްދިނުމުގެ ސަބަބުން ނުވަތަ ޖީއެމްއާރުގެ ސަބަބުން ދައުލަތަށް 25 އަހަރުގެ ތެރޭގައި 5500 ބިލިޔަން ދިވެހިރުފިޔާ ގެއްލުވާނެކަން މިއަދު ގްރޭޑް 5ގަ ކިޔަވާ ކުއްޖާއަށްވެސް އެބަ ފަހުމުވޭ. ރައިސް ޔާމީންގެ ހިކުމަތު އަމަލީގެ ސަބަބުން ކުރިޔަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި އެއަރޕޯޓަށް 75 މިލިޔަން ފަތުރުވެރިން އައިސް ރާއްޖޭގެ ދަރަނި އަރަންޏަށް ބަދުލުވާނެކަމީ ސުވާލުއުފެދޭނެ ކަމެއްނުން. އޭގެމާނައަކީ ރައީސް ސޯލިހްގެ ވެރިކަމުގައި ދަރިނިވެރިވި +65 ބިލިޔަން ރުފިޔާ ހިމެނިގެން އަދި 2023 ނިމޭއިރު ދައުލަތް ދަރިނިވެރިވާނެކަމަށް ލަފާކުރެވޭ +123 ބިލިޔަން ރުފިޔާގެ ދަރަނި މިހާރު ދިވެހިން ތަރައްގީކުރާ އެއަޕޯޓަށް ލިބޭ އާމްދަނީއާއެކު ކުރިޔަށް އޮތް 7 އަހަރުގެ ތެރޭގައި ދަރަނި އަދާކުރެވި ރާއްޖޭގެ އިގްތިޞާދު މުޅިން އެހެން ހަރުފަތަކަށް ބަދަލުވެ ދިވެހި ޒުވާންޖީލަށް ހަމަނޭވާލެވެނެ ދުވަސް ފަހިވުމެވެ. މިއީ ރައީސް ޔާމީންގެ ދުރުވިސްނޭ ސިޔާސަތަކީ އަދި ދިވެހިންގެ މިނިވަންކަން ނެގެހެއްޓޭނެ އެެއްމެޔަގީން ފޯމިއުލާއެކީ އަދި އަނދިރަކަމާއި އަލިކަމުގެ ތަފާތަކީ. ހިތާމަނުކޮށް އިސްތިއުފާދެއްވާ. ވަރަށްވެދުން.

    41
  4. ކެޔޮޅު

    މީނަޔާ ދެކޮޅަށް ދައުވާއުފުލުމަށް ގޮވާލަން ޖީއެމްއާރަށް ބައިއެޅި އެކަކު މިހާރު މިފަޅާއެރީ ..

    48
  5. ރާއްޖެތެރެ

    އެތައް ފައިސާއެއް އެމްޑީޕީ ބޮޓުންގެ ޖީބައް އެޅި. އިގިރޭސް ވިލާތުގަ ބޮޑެތި ގެދޮރު އެލާރީން ގަން.

    46
  6. ޝޮކްތެރަޕީ

    ޑރވަހީދު އެކުރެއްވީ ވަރައް މުހިމްމު ކަމެއް. މިހާރު ދިވެހި ރައްޖެއަ އެތައް މިލިޔަން ޑޮލަރުގެ ފައިދާއެއް ދިވެހިންނަ ކުރޭ.

    55
    1
  7. ފަލަސްތީން

    މިކަމުންވެސް އެގެނީ އެމްޑީޕީ ބޭނުންވަނީ ރައްޖެ ފުޑުފުޑު ކޮއްލަންކަން

    103
  8. ޝޮކްތެރަޕީ

    ދިވެހިން އުޅެމުން ދިޔައީ ޑޮލަރުގެ ތާޝިކަމެއްގަ ހުރިހާ ޑޮލަރުތަ ޖީއެމްއާރައް

    92
    1
  9. އައްޑޫ ހިތަދޫ

    ދިވެހިން ކުރި ވަރައް ބަރާބަރު ކަމެއް ޖީއެމްއާރު ބޭރުކޮއްލުން،. ދިވެހިންނަ ވަޒީފާ ނުދީ އިންޑިޔާ މީހުން ވެލާނާ އެޔާޕޯޓުގަ ގަދަކޮއްފަ އުޅުނީ. ހުރިހާ ގޮތަކުންވެސް ދިވެހިން ބާކީ ކޮއްފަ ހުރީ.

    48
  10. އެމްޑީޕީ މީހާ

    އެމްޑީޕީޔަ ވޯޓެއް ދެވޭކަން ނެއް.

    45
  11. ކޮއްޔާ

    އިންޑިޔާ މީހަކީތާ // ދިވެއްސެއް ނަމަ އެބެން ނުވާނެ //

    36
  12. Anonymous

    ފޫނުބެއްދޭ ވަރުގެ ގެއްލުމެކޭ ؟..ތިކަހަލަ ވާހަކަ ގަބޫލު ކުރާނީ އެއްގޯސްވެފަ ތިބި ބައެއް..ތިޔަ އެއަރޕޯޓަށް މިހާރު ގެނެސްފަ އެއޮތް ތަރައްގީ އަކީވެސް ޖީއެމްއާރުން ގެނައި ތަރައްގީއޭ ބުނޭ..ނޫނީ ތިމަންނާ ވެރިކަމާ ހަވާލުވެ ގެނައި ތަރައްގީއޭ ބުނޭ..އޭރުން މާތާހިރުވާނެ

    34
  13. ލީނޯ

    އަނެއްކާ އިންޑިއާއަށް އެއަރޕޯޓް ދިނުމުގެ ވިސްނުންހުރީބާ؟ އާޓާމިނަލް ނިމުނީމަ ދޭން އުޅެނީބާ؟

    43
  14. Anonymous

    އިންޑިޔާގެ ގޮޑި ކޮއްކޮ ރައީސެއްތޯ ؟

    42
  15. ވަގުތުން

    މީނަ މިދެއްކި ވާހަކަ ބަލާ ފިޔަވަޅު އަޅަނޖެހޭ މިތަބަ ގައްދާރު ގައުމު ފަނާކުރި ބައިގނޑު ވެރިކަމަށް އައިސް އޭގެ ބަދަލު އިންޑިޔާ މިލިޓަރީި މިތަނަށް އަރުވާ ގައުމު އިންޑިޔާއަށް މަދު ލާރިކޮޅަކަށް ނީލަންކިޔާގެން މިތިބެނީ ކީއްކުރާނީ ހަސަދަޔާ ލާދީނީ ފިކުރުގެ އަވާގަ އިމުރާނު މައުމޫނު ގާސިމު އެތިބީ ޖެހި ފިތި ބަރުވެފަ 2023 ގަ މިމީހުންވެރިކަމަށް އައިސް ފިއްޔާ ގައުމު އިންޑިޔާ އާ ހަވަލު ކުރުމުގެ ފުރަތަމަ ސިގުނަލް އެދިނީ ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެއް ގައްދަރުން މިތިބީ ވެރިކަމުގަ ި

    29
  16. ތުއްޓޭ

    އެއަރޕޯޓް ތަރައްޤީ ކުރުމަކީ ކުރަން ޖެހޭ ކަމެއް. އެކަމަކު އެކަން ކުރަން ޖެހެނީ ދިވެހިންގެ މިނިވަންކަމާއި އިސްތިޤްލާލް ބޭރުގެ ވިޔާފާރި ކުންފުންޏެއްގެ އަތްމަތީގައި ބާއްވައިގެނެއްނޫން އަދި ދިވެހިންގެ މިނިވަންކަމާއި، އިސްތިގުލާލް އަދި މުސްތަޤިއްލުކަން ބޭރުގެ ޤައުމެއްގެ މުށުތެރޭގައި ބާއްވައިގެނެއްވެސް ނޫން. އެހެނެއް ނޫން ދިވެހިން ކުރިއަށް އޮތް ސަތޭކަ އަހަރު ވަންދެން ދައްކާލަ ދައްކާލަ ތިބޭ ލޯނެއްގެ ދަށުން އެކަން ކުރި ނަމަވެސް އެކަމާއި އުއްފު ވެސް ބުނެލާނެ ދިވެހިންނެއް ނުތިބޭ. މިބުނީ ސިޔާސީ ވާދަވެރިންގެ ވާހަކައެއް ނޫން. މިބުނީ ފަޚުރުވެރި ދިވެހި ލޭހިންގާ ދިވެހި ރައްޔިތުންގެ ވާހަކަ.

    21
  17. ވަގުޖްތަށް

    ކީއްކުރާނީ ދީނާ ﷲ ރަސޫލާޔަށްވުރެ އމޑޕ ގެ ސިހުރު ބޮޑިބަތް ކާގެންތިބި މީހުނަށް ޕާޓީގެ ފިކުރު ލަދީނީ ފިކުރުގަ ޖެހި ކޮންމެ ފަދަ ނުބާ އަމަލެއް ހިންގިޔަސް ހިޔާނަތެއްވިޔަސް ޕާޓީގެ އަވާގަ ޖެހި ތާށިވެ ސިކުޑި އެފިކުރަކަށް ގޮސް ހުސްވެފަ އެތިބީ މިހަރަ ކުރޮޅި ސިކުޑި ފަހަތުން ވިއްޔާ މިދުވަނީ ބުރުމާ އިމުރާނު މައުމޫނު މިތިން ގައްދާރުން އަމިއްލަ ފައިދާޔާ ހަސަދަޔާ ބަދަލް ހިފުމުގެ ރޫހުގަ އިންޑިޔާ މިތަން މަކަރަ ހީލަތުން މިނިވަންކަން ފޭރިގަންނަ އިރުވެސް އެތިބީ ދެލޮލަސް ނުފެންނަ ބީރު ވެފަ

    32
  18. އަލީ

    ކަލޭ ހިތާމަ ކޮއްބަލަ!! އަހަރުމެން ދިވެހިން އުފާކުރާ ކަމެއް އެއީ!! ކަލޭމެންގެ އަމިއްލަ ތަރިކަ މުދާ ބޭނުންވާ ބަކަޔަކައް ދީބަލަ. އޭރުން ދިވެހިން ނޫޅޭނެ އެކަމަކާ...

    30
    1
  19. ރޯ ކާފަ

    އިބޫ ނުރޮއެތަ މިކަމާއެއް؟ 🥴
    އޭނަ ރޯން ޖެހޭ ވަރުގެ ކަމެއް މިއީ 😭😭

    29
  20. ނާޝިޒް

    ބަަލަ ބުރާންތިޔާ ކިތައްމެ މޮޅަށް އެއަރޕޯރޓް ހެދިޔަސް ހުރިހާ މޮޅެއް އިންޑިޔާ އަށް މިހާރު އެއަރޕޯރޓް ނުހިންގޭތަ ކަލޭ ކަހަލަ ކަނަކު ބީތާއަކަށް ނޭނގޭނެ އާމްދަނީ ލިބޭގިތަށް އެއްކަމެއް ކުރާކަށް ވެސް....

    32
  21. ތުހުފާ

    ލަދު ގަނެބަލަ

  22. ކަކުނިބޯ

    އެހެންވިއްޔާ ހިގާބަލާލަމާ އެއަރޕޯޓް ތަރައްޤީކުރުން އެއްފަރާތުގައި ބޭއްވުމަށްފަހު ފިޔުލްސަބްސިޑީއަށް އިންޑިޔާއަށް ދައްކަންޖެހޭފައިސާގެ އަދަދަށް ލަދުކޮބާ

  23. ޒާހިދު

    ކަލޭއަށްވެސް މިހާރު އަހަރުމެން ނަފްރަތުކުރަން ! އަހަރުމެންގެ ޤައުމަކީ އަހަރުމެން ދިވެހިންގެ ފަޚުރު !

  24. ޢިބުރާހިމް އިސްމާއީލް

    މިހާރުވެސް ގައުމު ތިހިންގަނީ އެއާޕޯޓުންލިބޭ ލާރިގަޑުންނޫތަ ވެރިކަމައް ކުރިމަތިލާނީ ގައުހިންގޭވަރުވެގެން އެކޮނޮމީކިޔަވައިގެން އިސްތިއުފާ އިސްތިއުފާ

  25. އިންތި

    ތިކަން ކުރިމީހާ މިހާރު އެހެރީ މިނިސްޓަރ އަކައް އަވަހައް ބޭރުކުރޭ އޭރުން ހިތާމަ ކުރާކަށް ނުޖެހޭނެ

  26. ؟؟؟

    ހޮއްޗާ. އިންޑިއާ އާއި ހެދި ދީވާނާ ވެފަތަ މިގޮލާ މިހުރީ

  27. އަނިޔާ

    އެހެންވާނީ އެއީ އިންޑިޔާ މީހެއް ދިެހިންދެކެ ލޯބި ނުވާކަން އެއިންވެސް އެގެނި