އިންޑިއާގެ ވެރިކަންކުރާ ޕާޓީ ބާރަތިޖާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އިސް ބަޔަކު އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް، ދެއްކި ވާހަކަތަައް ކުއްވެރިކޮށް ދިވެހި ސަރުކާރުން ބަޔާން ނެރުމުގައި ލަސްކަމެއް ނެތް ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ އިތުރުފުޅު ހައްދަވައިފިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ ބަޔަކު ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަދެއްކި ކަމުގެ މައުލޫމާތު ލިބުނީ އާދީއްތަ ދުވަހުގެ ރޭ ކަމަށެވެ. އެއީ ޖޫން މަހުގެ 05 ވަނަ ދުވަހުގެ ރެއެވެ. ރަސޫލާއަށް ފުރައްސާރަ ކޮށްފައި ވަނީ ހުކުރު ދުވަހު ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ. "ހުކުރު ދުވަހުގެ އެކަމެއް ހިނގީ. އަޅުގަނޑުމެން ބަޔާން ނެރުނީ ހޯމަ ދުވަހު ހެނދުނު. ދެދުވަސް އަޅުގަނޑުމެން ނެގީ. ޕަބްލިކަށް އެއައީ ޤަތަރުގައި ނެގި ސްޓޭޓްމަންޓަކާއި ގުޅިގެން. އޭގެ ކުރިން އެކަން ހިނގިކަމެއް އާއްމުކޮށް އެއްވެސް މީހަކަށް އެނގިފައެއް ނެތް." ރައީސް ވިދާޅުވިއެވެ.

ބީޖޭޕީގެ އިސް ދެމަސްއޫލުވެރިޔަކު ރަސޫލާއަށް ފުރައްސާރަ ކޮށްފައި ވަނީ ހުކުރު ދުވަހު ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެއީ އިތުރުފުޅެކެވެ. ބީޖޭޕީގެ އިސް ދެމަސްއޫލުވެރިޔަކު ރަސޫލާއަށް ފުރައްސާރަ ކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އެއީ އެކަން ހިނގި ކަމަށް ރައީސް ސޯލިހް ވިދާޅުވި ތާރީޚަށް ވުރެ ހަދުވަސް ކުރިއެވެ.

ރަސޫލާއަށް ފުރައްސާރަ ކުރުމުން ދިވެހި ސަރުކާރުން ބަޔާން ނެރުނީ އެކަން ހިނގިތާ ދިހަ ދުވަސް ފަހުން މިމަހުގެ 06 ވަނަ ދުވަހު އެވެ. އޭރު ދުނިޔޭގެ މީޑިއާތަކުގައި އެވާހަކަ ދައްކާތާ އެތައް ދުވަހެއް ވެއްޖެއެވެ. އޭރު އަރަބި އެތައް ގައުމެއްގައި އިންޑިއާ އާއި ދެކޮޅަށް އަޑުއުފުލަމުން އަންނަތާ ވެސް ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ރަސޫލާއަށް ފުރައްސާރަ ކުރުމުން ދިވެހި ސަރުކާރުން ބަޔާން ނެރުނީ އެއަމަލު ދިވެހި ސަރުކާރުން ކުއްވެރިނުކުރުމުން ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެ، ސަރުކާރަށް ޕްރެޝަރު ބޮޑުވުމުންނެވެ.

ސަރުކާރުން ބަޔާން ނެރުމުގެ ކުރިން އިދިކޮޅު ފަރާތްތަކުން ވަނީ އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައެވެ. ނަމަވެސް މަޖިލީހުގެ ސްޕަމެޖޯރިޓީ އޮތް ވެރިކަން ކުރާ އެމްޑީޕީން ވަނީ މައްސަލަ ބޭރުކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ފަހުމީ ދީދީ

    އާންމުކޮށް ދުނިޔެއިން ބޭރުގަ އުޅޭމީހުންނަށް އެކަން ނުއެނގި އޮވެދާނެ. މައްކާރު..

    80
    1
  2. މިލިއަން

    ކަނޑުކޮހެއް ވީމަ ގޮވާނީ އެކަހަލަ ކޮސް! ވާހަކަ ދައްކާ އަޑު އިވުނަސް އެ ހުންނަ ނިދޭ ޒާތުގެ ރާގުގަނޑަކުން ބޮލަށް ތުރާލެއްވޭ! ހަމަ ހުވާ!

    25
    2
    • ޕީޕީއެމް

      ކަލޭ ދުނިޔެއަށް އުފަންވިއިރު ހުރިހާ ހިއްސު ސަލާމަތުންހުރިނަމަ އެއީ ކަލޭގެ ނަސީބު. ގަބޫލު ކުރެވުނަސް އަދި ނުކުރެވުނަސް އެއީ މި ހަތަރު ލައްކަ އާބާދީގެ ވެރިމީހާ. ހަޖަމް ޕްލީޒް

  3. ރަން ރީނދޫ

    އޭނާ އަންހެނުން ފަޒުނާ އެއީ އެމްޑީއެން ގެ ރައީސް ކަން ކުރި މީހެއް. ދެން ރައްޔިތުން އުންމީދު ކޮއްގެން ނުވާނެ އޭނާ ރަސޫލާ އަށް ބަދުބަސްބުނެގެން ކަންބޮޑުވެދާނެކަމަށް.

    28
    3
    • ލޮލް

      ކަލެއަށް ހަލާކުހުރި. ތިމާއަށް ކިޔޭނުކިޔޭ ނޭނގޭއިރު އަނގަ މައިތިރި ކޮށްގެންހުރުން ބުއްދިވެރި.

  4. އހ

    ޔަހޫދީން ވާނީ ޔަހޫދީން އަށް

    33
    1
  5. ަައިބޫ

    މިދުނިޔޭގަ އުޅޭ ބޭފުޅެއް ނޫންވީމަ ވީގޮތް

    30
  6. އޮއްޓަރު

    ނޫސްވެރިންނަކަށް އޮއްޓަރުހުރި ސުވާލެއްކުރާކަށް
    ނޭނގެ މަނަމަ އެންމެ ފުރަތަމަ ކުރާނެސުވާލަކީ
    މަޖިލީހުން އެގަރާރުބޭރުކުރީ ކީއްވެގެންކަންތޯ؟
    ހޭކެނޑިފަ ބުރާންތިވެފަތޯ؟ކަލޭތީ އެއްވެސް އިޙްތިރާމެއް އެކަލޭގެފާނައް ކުރާމީހެއްނޫން

    29
  7. ހުސެން

    މައުސޫމްގެ ބަސް ބުނަންމިޖެހުނީ ! ހަމަދެއުޅި އެއްނުވަނީ މސަރުކާރުގެ މަތި!

    22
    1
  8. އިބްރާހިމް

    ދޮގު ހަދައިގެން މީހަކު ހަލާކުވަންޏާ މިހިރީ މިސާލެކެވެ.

    36
    1
  9. ޢަބްސި

    ޢަބަދު ވެސް ހިނދުކޮޅުގަ

  10. ރީތި މޫސަ

    ބާރާއި އިއްޒަތް ލިބުނީމަ އެންފުރަމަތަމަވެސް ޝުކުރު ކުރަންވީ ﷲ ތަޢާލާއަށް ނަމަވެސް މިފެންނަނީ ތިމާމެންގެ ހައިބަތު ބޮޑުކަމުން ހެއްދެވިފާރާތް ހަދާންނައްތާލާތަން ނަމަވެސް ނިޢުމަތް ދެއްވިފަރާތުން ނިޢުމަތް ގެންދެވުމުގާވެސް ލަސްނުވާނެކަން ކަށަވަރެވެ.

    1
    1
  11. ސުލޯ

    މަނިކުފާނު ކޮންހާ އިތުރު ފުޅެއްތޯ ތިހައްދަވަނީ.. މާތްﷲ ތިކަން މޮޅަށް ދެނެވޮޑިގެން ވާނެ.. އިންޑިއާގެ ވެރިކަންކުރާ ހައްދުފަހަނަޅާ ފައިވާ ބީޖޭޕީ ބައިގަނޑުގެ ދިފާއުގައި ތިޔަވާހަކަ ދައްކަވަނީ ފޮރުވިފައިވާ ކަންތައް ތަކެއް އޮތީމަކަން ޔަގީން ކަށަވަރު އެކަން މާތްﷲ މޮޅަށް ދެނެވޮޑިގެންވާނެ. އަދި ބުނަންތޯ އިންޑިއާގެ ތިޔަބައިގަނޑު އަތުން ފައިސާ ހޯދައިގެން ރައްޔަތުންނަށް ބަހައިގެން ބުހުތާން ދޮގުވައުދު ތަކެއް ވެގެން 2018 ކާމިޔާބު ކުރި ގޮތައް ތިއުޅުއްވަނީ 2023 ވެސް ކަމިޔާބު ކުރާނަމޭ ހިތާ ދެއްތޯ. ހަމަހިލާ ތިކަމެއް ވިޔަނުދޭނެ..

  12. ޑައެލޯގް

    އިބޫ ދޮގުހެދުމުގެ އިތުރުން އެބަޔާނުގައި އިންޑިޔާ ކުއްވެރިކުރުމުގެ ބަދަލުގައިވަނީ ތައުރީފުކޮށްފައެވެ. ބަޔާނުސަރަހައިގައިވަނީ " އެއްވެސް ބަޔަކު ރަސޫލާއަށް ފުރައްސާރަކުރުން ސަރުކާރުން ބަލައިނުގަންނަކަމާއި އިންޑިޔާއިން ފުރައްސާރަކުރިފަރާތަށް ފިޔަވަޅުއަޅާފައިވާކަމާއި އެކަމަށް އިންޑިޔާއަށް ތައުރީފުކުރާކަމެވެ."

  13. ލިލީ

    ދޮގުވެރި މަކަރު ވެރިއެއް