އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަލި ކުރައްވަން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ފަސޭހަވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް އުމަރު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރާއްޖެއަށް އެންމެ ފައިދާހުރި ގޮތަކީ އެމްޑީޕީ އަށް ދެވަނަ ދައުރެއް ލިބުން ކަމަށާއި މިހާރު ފަށާފައިވާ މަޝްރޫއުތައް ކުރިޔަށް ގެންދަން ދެވަނަ ދައުރެއް ބޭނުންވާ ކަމަށެވެ.

ނަމަވެސް އެއްވެސް ޕާޓީއަކަށް އެކަނި ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެކަން ކުރެވޭނީ ގިނަ ޕާޓީތަކާ އެކު ކޯލިޝަނެއް ހަދައިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ކުރިމަތިލެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓެއް ކަނޑައަޅާނީ އެ ޕާޓީގެ ކޮންގްރެސް އިންނެވެ.

ނަމަވެސް އެމްޑީޕީން 2023 ކާމިޔާބުކުރަން ބޭނުން ނަމަ ޗޮއިސްއެއް ގޮތުގައި އެމަނިކުފާނު ހުންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެމްޑީޕީ އަށް ވެރިކަން ބޭނުން ކަމަށް ވާންޏާ އަޅުގަނޑު މިހިރީ ޗޮއިސް އަކަށް،" ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ރައީސް ފާޅުގައި އިއުލާން ކުރެއްވި އިރު، އެމްޑީޕީގެ ރިޔާސީ ޓިކެޓުގެ ޝައުގުވެރިކަން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ފާޅު ކުރައްވައިފައެވެ.

އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަލިކުރަން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޔާމީނަށް ފަސޭހަ ވާނެ ކަމަށެވެ.

އެއީ މި ސަރުކާރު "ސްލޯ" ވުމާއި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ގިނަވުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި މި ސަރުކާރުގައި މަރުތަކަށް އިންސާފު ނުލިބުމާއި މިހާތަނަށް އުފެދުނު އެންމެ މަތިބަރު ސަރުކާރަށް ވެ ނަމަވެސް ހިދުމަތް ނުލިބިވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީނަކީ ތަރައްގީގެ ބްރޭންޑެއް،" ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ވެސް ކުރެއްވި އާދަމް ޝަރީފް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އިސްޢާފް ސަލީމް

    އިންޝާއަﷲ!!!

    27
    2
  2. ރަން ރީނދޫ

    އެމްޑީޕީގެ ބެސްޓް ހޯޕް ކަމަށް ފެންނަނީ އިބޫ. ދެން ނެތް ރަނގަޅު ފައިޓެއް ދެވޭނެ މީހަކު

    6
    10
  3. ދދ

    އާނދޮގޭ ލާހިކެއްނޫން. އިންޝާﷲ

    10
    14
  4. އަލީ

    ރަނގަޅުވާހަކައެއް މުޅިފުޅާކޯލިޝަން އެއްކުރީމަވަނީ 60 ހަސްވަރު އެއިންވެސް އެތައްވޯޓެއް ގެއްލިގެންދާނެ މިހާރުގެ ކޯލިޝަނައްވޯޓްދޭނެ ބަޔަކުނެއް ކޮވިޑްހާލަތުގަވަނީ ޓެސްޓްކޮއްނިމިފަ ތިކޯލިށަނުގެ ސޭޓުންތައް އެކަންއެފެނޭ ސޯޝަލްމީޑިއާގެ ގުޅުންހުއްނަ ހަބަރުތަކުން 2023 ވަނައަހަރު ދުނިއެއް ރާއްޖެއައް 4 ޗޮއިސް ފަހަރި އެއްބޭނުންނުވާނެ ރައްޔިތުން ގައުމުހަނާވާނީ

    9
    2
  5. ޫުުޔޔޔ

    ދެން ކީއްވެޔޯ ......ކުރީ އިންތިހާބުގަ ނުހޮވުނީ.....ވޯޓް ކަރުދާސް ގަ އިން ފާހަގަ ވެއްޓުނީމަތަ

    12
    9
    • Anonymous

      ވޯޓުން ވައްކަން ކުރީމަނު ވެރިކަމަށް އެރުނީ

  6. ކޫރޯ

    އެއީ ތެދެއް ރައީސްޔާމީން ކުރިމަތިލަށްވައިފި ނަމަ ހޮވޭނެ އެއީ މިގައުމުދުއް ތަރަށްގީގެ ބާނީ ވޯޓުން ވަށްކަން ނުކުރާނަމަ ހޮވޭނީ ރ ޔާމީން މިއީ ℅100 ގެރަންޓީއެއް.

    29
    6
    • Anonymous

      ވެރިކަމަކީ މަތިންދެއްވާ އެއްޗެކެވެ. ގަދަބަސް ނުބުނާށެވެ. ޔާމީނަށް ދޫއޮޅިގެން/ބޮޑާކަމުން ބުނެވޭ ބަހަކުން ރައްޔިތުންގެ ޚިޔާލު ބަދަލުވާން 1 ސިކުންތުވެސް ބޭނުންނުވެދާނެއެވެ.

      2
      3
    • ޢަހޫ

      ޢެއީ ވަގުންގެ ބާނީ

  7. ވާނުވާ

    މިކަހަލަ ކަނު މީހުނަށް މަޖުލިސް މެންބަރުކަން ދިނުމުގަ ވިސްނާލުން ވީ މުހިންމު. ތިދައަކާ ވާހަކައިގެ އަސްލަކީ މޑޕ ތެރޭގަ އަރާރުމެއް އުފެއްދުން އިރާދަކުރެއްވިޔާ އިބޫ ހޮވަން ކުރެވެން ހުރި ހުރިހާކަމެއް ކުރާނަން ސަބަބަކީ ނިކަމެތިކޮއްލި ހުރިހާރަށެއް ތަރަށްގީކޮއް ދީފި ލޯނުނަގައިގެން ލާރިގަނޑު ކައެއް ނުލަ

    2
    6
  8. ސާސާ

    ސޯލިހަކީ އެއްވެސް އިރަކު މޮޅުވެގެން ހޮވުނު މީހެއްނޫން. ލަކުޑިބުރިވެސް މޫދަށް އެއްލާލީމަ ފެންމަތީ އޮންނަބީދާއިން މަގާމުގައި ހުރީ...

    5
    1
  9. ދެރަވެއްޖެ!!

    މިހާރު ބިރުން ތެޅޭނެ. އަވަހަށް ޖަލެއްލެވޭތޯ ބަލާނެ އުދުޅި ކޮއްޕައިގެން

  10. ސައިމާ

    ޔާމީން އަތުގަ ހުރިހާ ބާރެއް އޮވެ ނޫންތޯ ސޯލިހާ ވާދަކޮށް ބަލިވީވެސް. ޔާމީނަށް ކުރިމަތި ލެވިދާނެ ކަމާމެދުވެސް ޔަޤީންކަމެއް ނެތް. ޔާމީން ނޫން ގޮތެއް ހޯދަން ޖެހޭ

    1
    6
  11. ޢަހޫ

    ޢެއީ ވަގުންގެ ބާނީ

    2
    5
  12. ޗާޕުހާނާ

    އެއްބަޔަކު އަނެބަޔަކަށް ވަގަގޮވާނެކަމެނެ 2023 މިހާތަނަ ނަތީޖާ ދަކާގޮތު ގިނަމީހުން ބުނަނީ ދެޕާޓީގެ ވެރިކަން ކުރުމުގަ ދިވެހިރާއްޖެޔަ އެއްމެ އަދި ދިވެހި ރަތްއިތުނަ އެންމެފައިދާހުރީ ވެރިކަންކުރަންރައީސް ޔާމިން