ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަ ކުރި ނަމަވެސް ވާދަކުރާނީ ކޯލިޝަނެއްގެ ތެރެއިން ކަމެއް އަދި ނުނިންމާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ވިދާޅުވެފައެވެ.

ޖޭޕީން ވެރިކަން ކުރާ އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އިރު، ރިޔާސީ އިންތިހާބުގައި ވާދަކުރުމާ ގުޅޭ ގޮތުން މީގެ ކުރިން އެ ޕާޓީން އެއްޗެއް ނުބުނެއެވެ.

ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު މިއަދު "ވަގުތަށް" ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ރައީސް އިބްރާހިން މުހައްމަދު ސޯލިހު ވިދާޅުވި ނަމަވެސް ޖޭޕީއާއެކު ކޯލިޝަނެއް ހަދަން ރައީސް ސޯލިހު އަދި އެމްޑީޕީގެ ފަރާތުން ވެސް ދައުވަތު ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ރައީސް ސޯލިހު އިއްޔެ ވިދާޅުވީ ކޯލިޝަނަކާ އެކު އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

އަލީ ސޯލިހު ވިދާޅުވީ އިންތިހާބުގައި ޖޭޕީން ވާދަކުރާނެ ގޮތް ދުރު ނޫން މުސްތަގުބަލެއްގައި ނިންމާނެ ކަމަށެވެ.

"ކޮންމެ ގޮތެއް ވިޔަސް ކޯލިޝަން ވެރިކަމެއް ހަމައެކަނި ދެމެހެއްޓުނީ ހަމަ އެކަނި ރައީސް ސޯލިހުއަށް. ދެން އިއްޔެވެސް ރައީސް ސޯލިހުގެ ވާހަކަފުޅުން އެނގުނު ކޯލިޝަނަށް އެމަނިކުފާނު ކުރައްވާ އިތުުބާރު" އަލީ ސޯލިހު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން ފެށި ފަހުން ނިމިގެން ދިޔަ ރިޔާސީ އިންތިހާބު ނޫން ކޮންމެ އިންތިހާބެއްގައި ވެސް ޖޭޕީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވާދަކުރެއްވި އެވެ. ނަމަވެސް އެއިން ކޮންމެ އިންތިހާބެއްގައި ވެސް ފުރަތަމަ ބުރުން ނާކާމިޔާބުވުމުން އެ ޕާޓީން އެހެން ޕާޓީއަކާ އެކު ކޯލިޝަން ހެދިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ައަބޫ

    އިލެކްޝަންކޮމިޝަނުގެ ފުރިންޓަރުތަކައްވެސްއެނގޭ ރާއްޖޭގަ ބާއްވާ ރިޔާސީ އިންތިހާބުގަ ބަލިވުމުގެރިކޯޑްހެދިމީހަކުކުރިމަތިލާނެކަން އިންތިހާބުތަކުގަވެސް ފައްކަނޑަގޮތައް އިސްލާހުކުރަންވެއްޖެ ދެއިންތިހާބުދޭތެރޭ ކޯލިޝަންހަދަން މިހާރުވެސް އިންޑިއާމީހަކުވަނީ ރިކޯޑްހަދާފަ

  2. ރަދީފް ހުސެން

    ސަރުކާރުން %25ޓާ، ރާއްޖެގެންނަ ތެލާ ގޭހުން ބައިއެޅުމާ، 6ކަ ފަޅުރަށާ، ދައުލަތް ޒިންމާވާގޮތައް 10 ވަރަކައް ލޯނާ، މުނިކާފަ ދައުރުންފެށިގެން ހަދަންދީފަ އެކަމުނުހެދި ހުރި އެއްވެސް ބިމެއް، ރަށެއް ފަޅެއްގެ އެއްބަސްވުން ކޮންމެފަދަ ސަބަބަކާހެދިވިޔަސް އަތުނުލާނެ ކަމުގެ ގެރެންޓީ ދޭނެ ބަޔަކުވީމަ، އެއޮތީ އިންތިހާބުގަ ވާދަކުރާނެ ގޮތްރައްޔިތުންނައް ތިލަވާނެ.