ސައްހަ ނޫން ފޯމް ހުށަހަޅައިގެން ޕާޓީއަށް އެންމެ ގިނަ މީހުން ވެއްދީ ޕީޕީއެމް އަށް ކަމަށް އިލްކެޝަން ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަނުން ކޮމިޝަނުން ވަނީ 2018 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ސިޔާސީ ޕާޓީތަކަށް ވައްދައިގެމް އީސީ އަށް ލިބިފައިވާ ޝަކުވާތަކުގެ ތަފާސް ހިސާބުތައް އާންމު ކޮށްފައެވެ.

ސައްހަ ނޫން ފޯމް ހުށަހަޅައިގެން އީސީ އަށް ޖުމުލަ 1،208 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެންމެ ގިނަ ޝަކުވާ ހުށަހަޅާފައި ވަނީ 2019 ވަނަ އަހަރާއި މި އަހަރު އެވެ.

އެގޮތުން އެންމެ ގިނަ ޝަކުވާ ހުށަހަޅާފައިވަނީ އިދިކޮޅު މައި ޕާޓީ ޕީޕީއެމްއާ ދެކޮޅަށެވެ. އެ ޕާޓީގައި ރަޖިސްޓަރީ އޮވެގެން 391 މީހަކު ވަނީ ޝަކުވާ ހުށަހަޅައިފައެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގައި ރަޖިސްޓާ އޮވެގެން 213 މީހުން ޝަކުވާ ހުށަހަޅާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގައި ރަޖިސްޓްރީ ކޮށްފައިވުމުން 145 މީހަކު ވަނީ އީސީއަށް ޝަކުވާ ހުށަހަޅާފައެވެ.

އޭގެ އިތުރުން ޖުމްހޫރީ ޕާޓީ ގައި ރަޖިސްޓްރީ އޮވެގެން 144 މީހަކު، އެމްޑީއޭ ގައި ރަޖިސްޓްރީ އޮވެގެން 74 މީހަކު، އަދާލަތު ޕާޓީގައި ރަޖިސްޓްރީ އޮވެގެން 66 މީހަކު، އެމްޓީޑީގައި ރަޖިސްޓްރީ އޮވެގެން 63 މީހަކު، އެމްއެންޕީގައި ރަޖިސްޓްރީ އޮވެގެން 57 މީހަކު، އެމްއާރްއެމް ރަޖިސްޓްރީ އޮވެގެން 30 މީހަކު، ޑީއާރްޕީގައި ރަޖިސްޓްރީ އޮވެގެން 13 މީހަކު އަދި ޕީއެންސީ ރަޖިސްޓްރީ އޮވެގެން 12 މީހަކު ޝަކުވާ ހުށަހަޅާފައި ވެއެވެ.

މި އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޕާޓީ އަކުން ހުށަހަޅާފައިވާ ސައްހަ ނޫން ކޮންމެ ޕޯމަކަށް 10،000 ރުފިޔާއިން އެ ޕާޓީއެއް ޖޫރިމަނާ ކުރަން އީސީއިން ވަނީ ނިންމާފައެވެ.

އަދި ޕާޓީގެ ރަޖިސްޓްރާ ފުރަތަމަ ފަހަރު 5،000ރ. ، ދެވަނަ ފަހަރުން ފެށިގެން 10،000ރ. ޖޫރިމާނާ ކުރަން ފަށަށް ވަނީ ނިންމައިފައެވެ.

ސައްހަ ނޫން ފޯމު ހުށަހެޅުން ހުއްޓުވުމަށްޓަކައި، އޭސީއިން ގެނައި ބަދަލުން އެކަށީގެންވާ ހައްލު ނުލިބޭނަމަ، ފޯމުގައި ސޮއިކުރާ ކޮންމެ ހެކިވެރިޔަކުވެސް އޮކްޓޯބަރު މަހުން ފެށިގެން 5،000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

މީހުންނަށް ނޭނގި އެ މީހުންގެ އައިޑީކާޑުގެ މައުލޫމާތު ބޭނުންކޮށްގެން އެކި ޕާޓީތަކަށް ރަޖިސްޓަރީ ކުރާ މައްސަލަތައް ފަހަކަށް އައިސް ދަނީ ގިނަ އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަހަރެން

    ތީގެ އަސްލު އިގޭނީ މިވެރިކަން ނިމުނީމަ

    30
    1
    • ޢަހޫ

      ޥަގުންވާނީ ވަގުންނަށް.

      3
      6
  2. ނަޒީ

    އީސީ ން ނަތީޖާ ނެރޭނީ ތޔިގޮތަށްކަން މާކުރިންވެސް އެނގޭ! ޕީއެންސީ އުފައްދަންވެގެން ހުށައެޅިފޯތކުގެ މީހުންނަށް ވަކިވަކިންގުޅާފައިވާކަންވެސް އެގެއެވެ. އެހެން ޕާޓީތަކަށް މީހުންވައްދަނީ އީސީ ން ވިއްޔާއެވެ.

    31
  3. ސަޢީދު

    ހިނި އާދޭ.. ހަމަ ތިޔަ ބޭފުޅުން ތި ކޮމިޝަން ގައި ތިއްބަވާފައި ދެން އަންނަ ދައުރެއްގައި ޕީޕީއެމްގެ ވެރިކަމެއްގައި ނަމަ ހަމަ ތި ބޭފުޅުން ވިދާޅުވާނީ އެންމެ ގިނަ ޞައްޙަ ނޫން ފޯމް ހުށައަޅާފައިވަނީ އެމްޑީޕީން ނޭ.. އަނެއްކޮޅުން ސީދާ އެމްޑީޕީން އެއޮށް އަންގަނީ ޞައްޙަ ނޫން 30 ހާސް މީހުންނަށްވުރެ ގިނަ މީހުންގެ ފޯމް ތިމަންނަމެންގެ ޕާޓީގައި އެބަ އޮތޭ.. މި މީހުންގެ ކިބައިގައިވާ ޢަދުލު އިންސާފުގެ ނިކަމެތި ކަމާއޭ...

    10
    1
  4. Anonymous

    އަހަރެމެން ޚައިރާން ނުވޭ.
    އަތަށް ގޮވާ ކޮންމެ ކަމެއްގެ ބަލަދުވެރި ފަރާތަކީ ކުރީގެ ސަރުކާރު ނޫނީ ރައީސް ޔާމީން

    11
  5. ހަސަން

    އެއީ އެަސްލު ޕީޕީއެމްގެ މެމްބަރުން އެމްޑީޕީ ޕްރައިމަރިއަށް ރައްޓެހިން ބުނެގެން ޕާޓީ ބަދަލުކުރަނީ. އެކަން ނިމުމުން އޭނާ ފޯމު ފުރިޔަސް އަނެއް ޕާޓިއަށް ނޭނގޭނެތާ. ފުވާދު އުޅޭނީ މުޅިން ވެސް ޒާތީ ހަސަދަ ފިލުވަން. މައްސަލަ ނުޖައްސާ ޕީޕީއެމްގެ ކިތައް މެމްބަރުން އެމްޑީޕިގެ ލިސްޓުގައި އެބަތިބިތޯ މިކަލޭގެ ހޯދާ ބަލާބަލަ

    11
  6. ކޮވިޑް

    ތީ ގެ ހަޤީގަތް ބެލީމަ އެނގޭނީ މަމީ 2013 ގެ ރިޔާސީ އިންތިހާބަށް ޕާޓީތަކުގެ ފޯރމް ތަކުގައި ހުރި ފިންގަރ ޕްރިންޓް ކޮމްޕެއަރ ކުރި ޕޮލިހެއް. ކަށަވަރުކޮށް ބުނަން އެންމެ ސައްޙަނޫން ފޯރމް ހުރީ ޖޭޕީ އާއި އެމްޑީޕީ އިން ފޮނުވާފަ. މިކަން އީސީ އަދި ޕޮލިޮހަށް ވެސް ދޮގެއް ނުކުރެވޭނެ.

    9
    1
  7. 2023ޔާން

    ޕީ ޕީ އެމް ޕީ އެން ސީ(ރ.ޔާމީން) އިންޝާ ﷲ އާމީން

    12
  8. ކާކާކާކާއީއީއީއާއާއާއާއާއައާއައާއާއައާ

    2008 ގަ އެމްޑީޕީ ވެރިކަމަށް ގެނައީވެސް ވަގުވޯޓުން. އޭރު ހުރި މީހާ މިހާރު ތިތާގަ ތިހުރީ.

    11
  9. ޟުމަން

    ތިޔާ އީސީ އަކީ ބޮޑެތި އޮލުވާލުމާއި ދޮގު ހެދުމުގަ ހައްދުން ނެއްޓިފަ އޮތް ތަނެއް. ޜައްޔިތުން މިހާރަކު ތިވާހަކަ ތަށް ބަލައި ނުގަން ނާނެ!

    11
    1
  10. ައޮފްބެ

    ޕޕމ ހުސް ވަގުން!!!

    1
    10
  11. ޑައެލޯގް

    މަށަށްއެގޭ އެއިރުވެސް އިލެކްޝަނުންބުނާނީ ތިހެންކަމެވެ. އެއީ އިލެކްޝަންއޮތީ ވިކިފައެވެ. ކޮމަންޑޫދާއިރާގެ ކެންޕެއިން އެމްޑީޕީން ކުރީ ކޮރަޕްޝަނާއެކުގައެވެ. ކުރިއިރުވެސް އެކަންވެސް އެލެކްޝަނަށް އޮތީ އޯކޭވެފައެވެ.

  12. ޅަހުއްތު

    ޝަކުވާ ހުށަނޭޅުމަކީ ޝަކުވާ ނެތުމެއްނުން.މަވެސް އޮތީ އެމްޑީޕީ ގަ.އެކަމަކު މަ ހޭހުރެގެން އެމްޑީޕީއަކަށް ނުވަންނާނަން.