އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އުންމީދީ ވެރިއަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2023 ގައި އުންމީދީ ވެރިއަކީ ގާސިމް ކަމަށާއި ގާސިމަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ރާއްޖެ ވެއްޓިފައިވާ އަނދަވަޅުން އަރައިގަނެވޭނީ ގާސިމް ކަހަލަ ބޭފުޅެއް ވެރިކަމަށް ވަޑައިގެން ކަމަށް ވެސް މުސްތަފާގެ ޓުވީޓުގައި ފާހަގަ ކުރެއްވިއެވެ.

މުސްތަފާ އެގޮތަށް ވިދާޅުވި އިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރި ނަމަވެސް ވާދަކުރާނީ ކޯލިޝަނެއްގެ ތެރެއިން ކަމެއް އަދި ނުނިންމާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު މިއަދު "ވަގުތަށް" ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ރައީސް އިބްރާހިން މުހައްމަދު ސޯލިހު ވިދާޅުވި ނަމަވެސް ޖޭޕީއާއެކު ކޯލިޝަނެއް ހަދަން ރައީސް ސޯލިހު އަދި އެމްޑީޕީގެ ފަރާތުން ވެސް ދައުވަތު ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ރައީސް ސޯލިހު އިއްޔެ ވިދާޅުވީ ކޯލިޝަނަކާ އެކު އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

އަލީ ސޯލިހު ވިދާޅުވީ އިންތިހާބުގައި ޖޭޕީން ވާދަކުރާނެ ގޮތް ދުރު ނޫން މުސްތަގުބަލެއްގައި ނިންމާނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން ފެށި ފަހުން ނިމިގެން ދިޔަ ރިޔާސީ އިންތިހާބު ނޫން ކޮންމެ އިންތިހާބެއްގައި ވެސް ޖޭޕީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވާދަކުރެއްވި އެވެ. ނަމަވެސް އެއިން ކޮންމެ އިންތިހާބެއްގައި ވެސް ފުރަތަމަ ބުރުން ނާކާމިޔާބުވުމުން އެ ޕާޓީން އެހެން ޕާޓީއަކާ އެކު ކޯލިޝަން ހެދިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ދެރަވެއްޖެ!!

    އަތުގަ ހުރި ލާރިކޮޅު ހުސްކޮއްލާ. ވސަލާމް

    19
  2. ގާސިމް

    މަސް!

    10
  3. އަޙްމަދު

    އާނ! މިހާރު ޤާސިމަށް ހީވާނީ އޭނާއަށް އެއްލައްކަ ވޯޓް ލިބިއްޖެހެން! ބަލާ މޮޔަނުވޭ! ހީއެއްނުވޭ 5000 ވޯޓްވެސް ލިބޭނެހެން! ޤާސީމް ރަނގަޅުވާމީ ވިޔަފާރީޔާއިގެން ކުރިޔަށް ދިޔައިއްޔާ!

    23
    1
    • ސަންފަ

      ޥިޔަފާރިއައިގެން ވެސް ކުރިއަށްދާކަށް ރަގަޅެއް ނޫންތާ . ރިސޯޓްތަކުން ސަރވިސްޗާޖަށް ލިބޭ ފައިސާ ވެސް މުވައްޒަފުންނަށް ނުދީ ޖީބަށްލާ މީހެއް.

  4. ސެންޗޯ

    އަތް ޗީޑި

    12
  5. ވ. ރާއްޖެ

    ގާސިމަކީ ރައްޔިތުންނަށް ހިޔޮފޯރުވާ އުޅުއްވާ ބޭފުޅެކެވެ ދެންފަހެ އެމަނިފާނު އިންތިޚާބަށް ކުރިމަތި ލައްވައިހިނދަކު ރައްޔިތުންގެ އާނބަސް އެމަނިކިފާނަށް ލިބޭނެއެވެ.

    7
    16
  6. ޖ

    ޢަނެއްކާ ގާސިމައްވައިޖަހަން ފެށީތަ

    24
  7. ބުމަރު މުސްތޮފާ

    23 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގަ ޗޮކުންދާނެ މީހަކީ ގާސިމު.

    24
    1
  8. Anonymous

    މުސްތަފާބެގެ އަތްމަތި ވަރަށް ދަތިވެއްޖެހެން ހީވަނީ. އެހެންވެ ފަސޭހައިން ލާރިކޮޅެއް ލިބޭ މަސައްކަތެއްކުރަންފެށީތާ

    • ރަނާ

      ޕާޓީގެ ގިނަމީހުންވެސް ގާސިމަށް ވޯޓު ނުދޭނެ.

  9. ތިއުޅެނީ ފަނިހަދަން އިނގޭ

    އަނެއްކާވެސް ކޯލީޝަނަކުން ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ކާމިޔާބުވިޔަ ނުދެއްވަން މުސްޠަފާބެ ތިއުޅެނީ ފަނިހަދަންށެވެ. ތިއީ މީހަކު ނުވަތަ ބަޔަކު ބުނެގެން ބުނި ވާހަކައެއްކަމާއި މެދު ޝައްކެވެ.

  10. ޖަނާބެ

    މިފަހަރު ކާސިމްބެ ދަވާލާނެ

  11. ޯޮިުގފ

    ކޮންމެ ފަހަރަކުވެސް ދަނީޗޮކުން އަދިވެސް ހޭއަރާކައް ނުވޭދޯ

  12. އަލީ

    2023 ހުގެ ރިޔާސީއިންތިހާބު މުކައްބަސޭޓް ވާނީ ހަނދާން ނައްތާލަން. ސޭޓްމޮޔަނުވާތި ސޭޓަކީ މިގައުމުގެހަލާކު.

  13. Anonymous

    ލާރި ކޮޅެއް ދިނީމަ ތިޔަހެން ބުނެވިދާނެ.

  14. Anonymous

    ޔަގީނުންވެސް ތިއުޅޭ ކުރިސްޓިއަނުންގެ ގޮނޑިކޮއްކޮ އަށްވުރެ ގާސިމް ރަނގަޅުވާނެ!
    ގާސިމް އިސްލާމްދީނާ މުސްލިމުންނަށް ހަޖޫ ނުޖަހާނެ

  15. ވީޥާ

    މި އިބުރާހިމުގެ ވެރިކަމައް ވުރެ ރަނގަޅު

  16. Anonymous

    ގާސިމަކީ މީގެކުރިން މީހުންނަށް ހެޔޮފޯރުކޮށްނުދޭ މީހަކީތަ؟؟ އެމަނިކުފާނު މީގެކުރިން ކުރިމަތިލެއްވި އިންތިޚާބު ތަކުންވެސް ޗޮކުން ގޮސްފައިވަނީ،!! އަދި މިގައުމުގެ ރައްޔިތުން ބޮލަށް އޮއްސަމުންދިޔަ މިލިޔަން ފަސާތަކެއްވެސް ކަނޑަށާއި ވަޔަށް ދިއުންފަދަ؛ ނޫންތޯ؟؟؟

  17. ޖުލައި

    ތިޔަށްވުރެ ރަނގަޅުވާނެ ގޮނޑު ދޮށުން ބަރަވެއްޔެއްވެސް

  18. ރާއްޖެތެރެ

    ޖޭޕީ ކަންތައް ކުރިގޮތުން ރައްޔިތުން ފޫހިވެއްޖެ. ޕާޓީ ހަދައިގެން ވިޔަފާރި ކުރިއަރުވަން އުޅޭ މީހުން ހުސް

  19. ސޮނިބެ

    ވަންސް އަގެއިން ތެންކިޔޫ ފޯދަ ލައުރާ

  20. Anonymous

    އެއީވެސް ހަމަ ފިސަހަރި ތެދެއް ދެން އޮންނަންވީ މިތާގައި މާމިގިލީ ދަރިކޮޅުގެ ވެރި ރަސްކަން އޭރުން ސިޔާސީ ވަފާތެރި ކެހިވެރިން ކޯޅޭކަށްވެސް ނުޖެހޭނެތާ !