ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ރަނިންގ މޭޓްގެ ގޮތުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް، ރައީސް ސޯލިހް ހުށައަޅުއްވާފައިވާ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.

ޓޮމް މިގޮތަށް ވިދާޅުވެފައި ވަނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބާއި ގާސިމާއި މަޝްވަރާ ކުރެއްވުމަށް އދ. މާމިގިއްޔަށް ރައީސް ވަޑައިގެންނެވުމާއި ގުޅިގެންނެވެ.

މިއަދު ހެނދުނު ރައީސް ސާލިހް މާމިގިއްޔަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މާމިގިލި އެއަރޕޯޓުން މަރުހަބާ ދެންނެވީ ގާސިމެވެ. ރަތް ދޫލައިގެ މަރުހަބާއެއް ގާސިމްގެ ރަށުން ރައީސް ސާލިހަށް ދެންނެވިއިރު، އެމަނިކުފާނަށް މަރުހަބާ ދަންނަވަން ގިނަ ބަޔަކު ވެސް އެއާޕޯޓަށް ޖަމާވިއެވެ.

ރައީސް ސާލިހް ކުއްލި ގޮތަކަށް ގާސިމާއި މިބައްދަލު ކުރައްވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވިތާ ދެެދުވަސް ފަހުންނެވެ. ރައީސް ސާލިހް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރެއްވުމާއިއެކު ގާސިމް ވެސް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަފާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. ނަމަވެސް އެކަން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.

ރައީސްގެ މި ދަތުރުފުޅާއި ގުޅިގެން ޓޮމް ވިދާޅުވީ، ގާސިމްގެ އުއްމީދު ނިމުމަކަށް ގެނެސް، ރައީސް ސާލިހްގެ ރަނިންގމޭޓްކަން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދަށް، ރައީސް ސޯލިހްގެ ތަނިންގމޭޓްގެ މަގާމުވެސް ހައްގު ނުވަނީތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

އިތުރަށް ޓޮމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ގާސިމްގެ ނަން، އޭނާ ހުށަހެޅި ކަމަށެވެ. އަދި ރައީސް ސޯލިހްގެ މެޖޯރިޓީ އޮވެ، އެ ފުރުސަތު ގާސިމްއަށް ނުދެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

"ތިބުނާ ކޯލިޝަން ވަނީ އޭރުވެސް ރޫޅިފައި". ޓޮމް ވިދާޅުވިއެވެ.

ރައީސް ސާލިހް ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ ކޯލިޝަނަކުންނެވެ.

އެހެންކަމުން ގާސިމް ވެގެންދާނީ ކޯލިޝަންގެ މުހިއްމު ބައިވެރިޔަކަށް ކަމަށް ބެލެވެއެވެ. ގާސިމް އަކީ މިހާރު ވެސް ސަރުކާރު ކޯލިޝަންގެ އެންމެ މުހިއްމު އެއްބައިވެރިޔާ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ޔަގީނުންވެސް ފައިލް ކޮއްލާނަން އިންޝާﷲ

    14
  2. Anonymous

    ޤާބިލުކަން ހުރި މީހުން މަޤާމު ތަކަށް ލާބަލަ
    މިހާރުގެ ނައިބު ރައީސް ކިހިނެއްތޯ ީީ
    ކަމުނުދަނީ ތޯ. ފައިސާއާއި ގިނައަނބިންނާއި ގިނަދަރިން ތިބިމީހުން ނެގިމަތާ ފައިދާކުރާނީ
    ެ

    13
  3. އދ

    ގާސިމް ކަފުޖަހައިގެން އިބޫ ސޯލިހް ރިޔާސީ ވާދަޔަށް
    ނުކުމެއްޖެނަމަ ފޭލް ވުން ގާތެވެ!

  4. ކޮރަލް

    ބައިތުލްމާލް ބަހާލަނީ އެވެ.

  5. Anonymous

    ގާސިމަށް ނާއިބުރައީސްކަން ލިބުނީމާ، އިބޫ ބާކީވެ، ގާސިމަށް ރައީސްކަން ލިބި، ގައުމުގައިވާ ހުރިހައި ބިމަކާއި ފަޅަކާއި ކަނޑެއް ގާސިމަށް މިލްކުވެގެންދާނެއެވެ. ތިޔައީ އިބޫގެ ރަނގަޅު ނިންމުމެކެވެ.

    7
    1