ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރު ފަތުރުގެ ނިޒާމް "އިންޓަގްރޭޓެޑް ނެޝެނަލް ޕަބްލިކް ފެރީ ނެޓްވޯކް" ގެ ދަށުން ފަށާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް)ގެ ދަތުރުތައް ރަސްމީކޮށް މާދަމާ ފަށަން ނިންމައިފިއެވެ.

ތިން ފޭސްއަކަށް ބަހާލައިގެން އިފްތިތާހު ކުރާ ފެރީ ނެޓްވޯކްގެ ދަށުން މާދަމާ ފެރީގެ ހިދުމަތް ދޭން ފަށަނީ ފޭސް އެކެއްގައި ހިމެނޭ ހދ. އަތޮޅުގެ ރަށްތަކަށެވެ. އެ ފެރީގެ ހިދުމަތް ފޯރުކޮށްދޭނީ އެމްޓީސީސީއިން އެވެ.

އާރުޓީއެލްގެ ފެރީ ދަތުތުތައް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާކުރުމުން ކައިރި ރަށްރަށަށާއި ދުރު ރަށްތަކުގެ އިތުރުން އެހެން ރީޖަންތަކަށް ވެސް އެ ފެރީތަކުގައި ދެވޭނެ އެވެ.

އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ 188 ރަށަށް ހައި ސްޕީޑް ފެރީގެ ނިޒާމުގެ ތެރެއިން ދަތުރުކުރެވޭނެ އެވެ.

މާދަމާއިން ފެށިގެން ހދ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރަން ފަށާއިރު "އާރުޓީއެލް" އެޕް މެދުވެރިކޮށް ދަތުރުތަކަށް ޓިކެޓް ނެގޭނެ އެވެ. އޭގެ އިތުރުން ވެބް ޕޯޓަލްކޮށް ވެސް އަދި ފެރީން ވެސް ޓިކެޓް ނެގޭނެ އެވެ.

ފެރީގެ ހިދުމަތް ދޭން ބޭނުންކުރަނީ 50 މީހުންގެ ލޯންޗުތަކެކެވެ. އަދި ވީލް ޗެއާ ބޭނުންކުރާ މީހުންނަށް ވެސް އެ ލޯންޗުގައި ފަސޭހައިން ދަތުރުކުރެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

ހދ. އަތޮޅުގެ އެކި ރަށްރަށަށް އާރުޓީއެލް މެދިވެރިކޮށް ކުރާ ދެކޮޅު ދަތުރުތަކުގެ އަގުތައް އުޅެނީ 65 ރުފިޔާއާއި 180 ރުފިޔާއާ ދެމެދު އެވެ. އަދި ތިން އަަހަރުން ދަށުގެ ކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާާ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ އެވެ.

ދަތުރު ފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދެެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަހުމަދުކަ1

    އެހަށް މިހާރުވެސް ރައްތަކުން ފުރާ ފެރީތަކާ އުޅަނދުތަށް އެއް ވެބްސައިޓަކުން އިނގޭނޭ ގޮތެއް ހަދާބަލަ.. ރަށަކަށް ދާން ޖެހިއްޖެއާ ހާދަ އުނދަގުލޭ އެކަކަށް ގުޅާފަ އަނެކަކަށް ގުޅާފަ

  2. ކޮއެ

    ވަގުތުން ބަލާލަދީބަލަ ތިޔަ ފެރީތަކުން މުއްދަތައް ނިންމާ ބާލާފަަވަނީ ކިތައް ފެރީތޯ؟

  3. ޅަހުއްތު

    ހުވަދު އަތޮޅަކީ ރާއްޖޭގެ އެންމެ ބޮޑު އަތޮޅު.މިހާރުވެސް ބައެއްމީހުން ފެރީމަތީގަ 10 ގަޑިއިރު ހޭދަވޭ.ނުކައި ނުބޮއެ ތިބެ ތެޅިގަނެގެން ފެރީއަށް އަރަންޖެހެނީ.މިކަން އިނގޭމީހަކު އެބަހުރިބާ.ފަތިހު 5:30 ގަ ކޮލަމާށިން ފުރައިގެން 10:40 ގަ ތިނަދުއަށް މިދެވެނީ.އަނެއްކޮޅުން 1:30 ގަ ފުރައިގެން 6:30 ގަ ކޮލަމާފުށްޓަށް މިދެވެނީ.މީތޯ ރައްޔިތުންނަށް ހައްގު މިންވަރަކީ.މީ ދަތުރުފަތުރު ނިޒާމެއްތޯ.ވެރިން މީގަ ދަތުރެއް ކޮށްލީމަ އިނގޭނީ ވޭން ހުރިވަރު.އިށީންނަ ގޮނޑި އެހާ އުނދަގޫ.އެންމެ ހާލުގަ އުޅޭމީހުން އިސްކަން ދޭންވާނެދޯ.ހެޔޮއެދޭ ބަޔެއްނަމަ.

  4. ހަސަން

    ތިޔައީ ތިގޮތައް ކުރެވޭނެ ކަމެއްނޫން! އަމުދުން ތިބުނާހާ ކުޑައަގެއްގައި!ލަފާކުރެވެނީ ފޮރުވިވާ ކަމެއްއޮތްކަމަށް!

    • ނަންނެއްސޮރު

      ފޮރުވިފައި ވާ ކަމެއްނެއް މިޔަކު. ލޯންޗުތަކުގެ ސީޓު ޑެންސިޓީ ބޮޑު ކޮއްލީ. މި ސައިޒުގެ އާދައިގެ ލޯންޗެއްގަ ހުންނަ ސީޓު ތަކުގެ ބަދަލުގަ ކައިރި ކައިރިން މަތިންދާބޯޓު ސީޓު ޖެހީ ބޯޓުގެ ކެޕޭސިޓީ ހައިވާނެ. މީ ލޯކޯސްޓު އެއާލައިނު ތަކުން ހަދާގޮތް ލެގްރޫމް ކުޑަ ކޮއްފަ ސީޓު އިތުރު ކުރީ. މީގެ އިތުރައް ސަރުކާރުން ބައެއް ސަބްސިޑައިޒް ވެސް ކޮއްފާނެ.

  5. ނަދީމު

    ރައީސް ޔާމީނުގެ ވެރިކަމުގައި ސްޕަސަލައިޒުވުމަށް ރާއްޖޭންބޭރަށް ފޮނުވި ޑޮކުޓަރުންގެ އަދަދަކީ 70!މިސަރުކާރުގެ 4 އަހަރުގެތެރޭގައި 5 ޑޮކުޓަރުން! ތަފާތުފެނޭ! ރާއްޖޭގެ ރައްޔިތުން ރަުބަންދުން ފިލުވާނީ މިސަރުކާރުން ކިހިނެއްބާއޭ ހިތައްއަރައި! ހައި ސުޕީޑު ފެރީ ނިޒާމު ވައްތަރީ (ކޮމެންޓެއްގައި ބުނާގޮތައް) ފޮޓޯއަކާ!