ސްކޫލް ދަރިވަރުން ނަމާދު ކުރުމަކީ ހަރުކަށި ފިކުރަށް ދިއުމުގެ އަލާމާތެއް ކަމަށް ޔޫތް މިނިސްޓްރީން ކުރި ޓްވީޓް ޑިލިޓް ކޮށްފިއެވެ.
ވެހި ސަރުކާރުން އެކި އަތޮޅުތަކުގައި ހިންގަމުން އަންނަ "ހަފްތާ ރެސް" ޕްރޮގްރާމްގައި ކުރިއަށް ގެންދިޔަ ސެޝަނެއްގައި ބުނެފައި ވަނީ ސްކޫލް ދަރިވަރުން ސްކޫލް ގަޑީގައި ނަމާދު ކުރާނަމަ އެއީ ހަރުކަށި ފިކުރަށް ކުއްޖާ ތަބާވަމުން އަންނަ ކަމުގެ އަލާމާތެއް ކަމަށެވެ.
ރ.އުނގޫފާރުގައި ކުރިއަށް ގެންދިޔަ މިޝެޝަންގައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ހޯފް ފޯ ވްމެން ޖަމިއްޔާ އާއި ރާއްޖޭގައި ހުންނަ ޔޫއެންޑީޕީ އޮފީހާއި ޓްރާންސްޕޭރެންސީ އާއި އަދި އިސްލާމިކް ޔުނިވަސިޓީން ބައިވެރިވިއެވެ.
ޔޫތު މިނިސްޓްރީ އަކީ މިޕްރޮގްރާމް ހިންގައި އިންތިޒާމްތައް ކުރިއަށް ގެންދާ މިނިސްޓްރީ އެވެ. "އަމާން ވިލުނުވެރި މުޖުތަމައެއް ބިނާކުރުމަށް ތައުލީމީ ދާއިރާ އާއިއެކު" ނަމުގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕްގައި ވަނީ ފުރާވަރު އުމުރު ކުދިން ތުނބުޅި ބެހެއްޓުމަކީ ވެސް ހަރުކަށި ފިކުރުގެ އަލާމާތެއް ކަމަށް ބުނެފައެވެ.
https://twitter.com/MoYSCEmv/status/1535862846294138881?ref_src=twsrc%5Etfw
އެ ފޮޓޯތައް ސަރުކާރުން އާންމުކުރުމާއެކު ސަރުކާރު ވަނީ ހޫނުފެނަށް ވެއްޓިފައެވެ. ސިޔާސީ ފަރާތްތަކާއި އަދި އާންމުންވެސް ވަގުތުން ވަނީ އެކަމާއި ގުޅިގެން ނުރުހުން ފާޅުކޮށް، ސަރުކާރަށް ފާޑު ކިޔާފައެވެ. އާންމުންގެ ފާޑުކިޔުންތަކުގެ އަމާޒުފަތްގަނޑަކަށް ސަރުކާރު ވުމާއެކު ޔޫތް މިނިސްޓްރީން މިވަނީ ޓްވީޓު ޑިލީޓްކޮށްލާފައެވެ.
އެސެމްބްލީގެ ލަވާގައި މިއުޒިކު ހިމެނޭތީ ލަވަ ނުކިޔުމަކީ ވެސް ކުއްޖަކު ހަރުކަށި ފިކުރަށް ބަދަލު ވަމުން އަންނަ ކަމުގެ އަލާމާތެއް ކަމަށް ވޯކްޝޮޕްގައި ކިޔައި ދީފައިވެއެވެ. އިސްލާމްދީނަށް ފުރައްސާރަ ކުރި ޖަމިއްޔާ އެމްޑީއެންގެ ރިޕޯޓްގައި ވެސް މިކަންކަމަކީ ހަރުކަށި ފިކުރަށް ކުއްޖަކު ދާކަމުގެ އަލާމާތްތައް ކަމަށް ބަޔާންކޮށްފައި ވެއެވެ. އެ ރިޕޯޓާއި ގުޅިގެންވެސް ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.
އެމީހުން އެތިބީ މުރުތައްދު ވެފައި. އަވަހަށް އިސްތިއުފާ ދީފަ ގޭގަ މަޑުކުރުވާ. މަޤާމުގެ ޝަރުތު ހަމަނުވާނެ މިހާރު.
ދީނުގައި އަންގަވާފައިވާ ކަންކަމުން އެކަނި މުޖުތަމައުއަށް އަމާންކަން ލިބޭނީ. އެވަރު ނުވިސްނޭ ބަޔަކު ޖަމިއްޔާ ހަދައިގެން މިގައުމުގަ ފިތުނަ އުފައްދަން ޖާގަ ދޭނެކަމެއްނެތް.
އޮޅުވާލުމާއި މަކަރާއި ހީލަތް މިލާދީނީ ސަރުކާރުން ކުރަނީ