މިދިޔަ މަހުގެ ދެ ވަނަ ދުވަހު މާލޭގައި ހިންގި މާރާމާރީއާ ގުޅިގެން ހޯދަން އިއުލާންކޮށްފައިވާ މީހުންގެ ތެރެއިން އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ހިންގި މަރާމާރީއާ ގުޅިގެން މި ފަހުން ހޯދަމުން ދިޔަ ހަތަރު މީހުންގެ ތެރެއިން އެންމެ ފަހުން ހައްޔަރުކޮށްފައި ވަނީ ކ. މާލެ/ ދަފްތަރު ނަންބަރު ރސ. 2260، މައުސޫ،މް މުހައްމަދު ދީދީ (27އ) އާއި ސ. މަރަދޫ/ ކޮރަލް އަހްމަދު ސާތިޢު (21އ) އެވެ.

އަހްމަދު ސާތިއު ހައްޔަރުކޮށްފައިވަނީ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށާއި އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.

މައުސޫމް މުހައްމަދު ދީދީ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި މާލެއިން ކަމަށާއި އޭނާގެ ބަންދަށް ކޯޓުންވަނީ 15 ދުވަހުގެ މުއްދަތެއް ދީފައި ކަމަށް ފުލުހުން ބުންޏެވެ.

މިމައްސަލައާ ގުޅިގެން މިހާރު ފުލުހުން ހޯދަމުންދަނީ

  • ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަޙްމަދު ރަބީޢު (24އ)
  • ސ. ހުޅުދޫ/ ނާދީ، މުނާދު ޖަޢުފަރު (20އ)

މި މާރާމާރީއާ ގުޅިގެން މިހާތަނަށް ފަސް މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ކުރިން ހައްޔަރުކޮށްފައިވާ މީހުން

  • ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްހާޒު (22އ)
  • ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް (18އ)
  • ގދ. ވާދޫ/ އުނިމާގެ، ޙަސަން ޒިޔާން އިބްރާހިމް (18އ)
  • ގއ. ގެމަނަފުށި/ ކެނެރީގެ، އަޙްމަދު ނާޒިހު (27އ)
  • އަދި 15 އަހަރުގެ ކުޑަ ކުއްޖެއް

އެ މީހުންގެ ތެރެއިން ކުޑަކުއްޖާ ފިޔަވައި ދެން ތިބި ހަތަރު މީހުންވެސް ތަހުގީގު އަދި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށާއި ކުޑަކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު