މިދިޔަ ހަފްތާއެއްހާ ދުވަސް ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 142 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭ އިން މިއަދު ވަނީ، ޖޫން ފަސް ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ފައްސިވި އަދަދުތައް އާއްމުކޮށްފައެވެ. އޭގެ ތެރެއިން މާލެ އިން ފައްސިވެފައި ވަނީ 50 މީހެކެވެ. އަދި އަތޮޅު ތެރެއިން 40 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، ރިސޯޓްތަކާއި، އިންޑަސްޓްރިއަލް ރަށްތަކުން ފައްސިވެފައި ވަނީ 52 މީހެކެވެ.

މިއާއެކު މުޅި ރާއްޖެއިން ކޮވިޑަށް ފައްސިވި އަދަދު ވަނީ 179،979 އަށް އަރާފައެވެ.

އެޗްޕީއޭ އިން ވިދާޅުވީ، ރާއްޖޭގައި ކޮވިޑަށް ފައްސިވާ ސުންކުތަކުގެ އަދަދުތަކާއި، ހޮސްޕިޓަލްގައި އެނދުމަތިކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން ފާއިތުވި މެއި މަހު ކޮވިޑް ޖެހިގެން ރާއްޖޭގައި އެޑްމިޓްކޮށްފައި ވަނީ މުޅިއަކު 15 މީހުން ނަމަވެސް، އިއްޔެ އާ ހަަމައަށް 11 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހިފައިވާ ކަމަށް ބުނެފައި ވެއެވެ.

މިދިޔަ ހަފްތާ ތެރޭގައި ރާއްޖެއިން ކޮވިޑްގައި މީހަކު ނިޔާވެފައެއް ނުވެއެވެ. ކޮވިޑް ފެށުނު ފަހުން މިހާތަނަށް ރާއްޖެއިން ކޮވިޑަށް ފައްސިވެފައި ވަނީ 299 މީހެކެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް ދަށްވެފައި ވާތީ އެޗްޕީއޭއިން ވަނީ އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނާހަމަ ތެދެއް

    ފޭކް އެއުޅެނީ ބިރުން ސަރުކާރު ވެއްޓިދާނެތީ

  2. ޙާލަތު

    ބޮޑުޢީދު ކައިރިވަނީ.... ޕީސީއާރު މަޖުބޫރުވަނީ

  3. ސޮނިބެ

    މީގެ ކުރިން ވެސް ކޮވިޑް އޭ ހިންގި ބޮޑެތި ޖަރީމާތައް ނުރައްކާތެރި ބައްޔެއް ކުއްލިއަކަށް ނިމާލް ވެގެންދިޔައީ ކޮވިޑް އޭ ކިޔައިގެން ލިޔާ ނޫސްވެރިންނަށް މެޑިކަލް މާފިޔާ އިން ކިހާވަރެއް ދޭތީވެތޯ ރައްޔިތުންނަށް ބިރު ތި ދައްކަނީ ކޮވިޑް އޭ ކިޔައިގެން ؟ ކޮވިޑް އާ ދެކޮޅު ޑޮކްޓަރުންގެ ވާހަކަ މިލިޔަނީ ކީއްވެބާ؟

  4. އަލީމަނިކު

    އެއުޅެނީ ޖަލްސާއެއް ބާއްވާ ވާހަކަބުނީމާ ބިރުން