ބިދޭސީންތަކެއް ނިދަން ތިބި މަންޒަރު ފެންނަ ވީޑިއޯއިން ފެނިގެންދަނީ މިހާރު މިސްކިތެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އިމާރާތެއް ނޫން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިގޮތަށް ބުނެފައިވަނީ ގިނަ އަދަދެއްގެ ބިދޭސީންތަކެއް މިސްކިތެއްގައި ދިރިއުޅެމުން އަންނަ ކަމަށް ބުނެ މީސްމީޑިއާގައި ބަޔަކު މީހުން ވީޑިއޯއެއް އާންމު ކުރުމާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެގޮތުން މިނިސްޓްރީން ބުނީ، ފ. ދަރަނބުދޫގައި އަލަށް އިމާރާތް ކުރި މިސްކިތް 2017 ވަނަ އަހަރު ބޭނުންކުރަން ފެށުމާއެކު، ކުރިން އެ ރަށުގައި ބޭނުންކުރަމުން އައި މިސްކިތް ބަންދުކުރެވިފައިވާ ކަމަށެވެ.

ބަންދު ކުރި މިސްކިތުގައި ނަމާދު ނުކުރާތީ މިސްކިތުގައި ގުރުއާން ކްލާހެއް ހިންގަން އެރަށު ކައުންސިލުން މިނިސްޓްރީގައި އެދުމުން މިސްކިތް ކައުންސިލުން ގުރުއާން ކްލާހެއް ހިންގުމަށް ވެސް ހަވާލު ކުރި ކަމަށާއި ކައުންސިލުން މިސްކިތުގައި ގުރުއާން ކްލާހެއް ހިންގިކަން މިނިސްޓްރީއަށް އެނގިފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނީ، 2017 ވަނަ އަހަރު މިސްކިތް ބަންދު ކުރުމާއި އެކީ، އެއިމާރާތް ކައުންސިލާއި ހަވާލު ކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މިސްކިތް ބަންދު ކޮށްފައިވަނީ ގަބުރުތަކެއް ފެނިގެންނެވެ. އަދި އޭގެ ފަހުން އެތަނުގައި އިންޑިއާގެ ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުން އަންނަ ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ދަރަނބޫދޫގެ އާސާރީ މިސްކިތުގައި އިންޑިއާގެ މަސައްކަތްތެރިން ގެންގުޅޭތީ ރާއްޖޭގެ ދީނީ ބައެއް ބޭފުޅުން ވެސް ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ދވހ ސރކރ

    ތިހެން ބުނީމަ ވަގުތުން އެބަދަލުވީ އެކޮމޮޑޭޝަން ބުލޮކަކަށް

    24
  2. ރަން ރީނދޫ

    ސަރުކާރުގެ ދީނީ ސިޔާސަތުގެ ފެންވަރު.

    24
    1
  3. ދަރަނި ދަންތުރަ

    ދެން އެއީ ކޮންތަނެއް ؟ އިސްލާމިކު މިނިސްޓަރ ގެ ފާހާނާތަ އެއީ ؟ ނަމާދު ކުރިޔަސް ނުކުރިޔަސް މިސްކިއްވާނީ މިސްކިތަށް

    22
    2
  4. ސަމީ

    މިހާރުވެސް އެއީ މިސްކިތެއް ތަފާތަކީ ހަމަ އެކަނި ނަމާދު ނުކުރާކަން. ކަޅުވަރު މިސްކިތަކީ ވެސް ހަމަ މިސްކިތެއް އެވެސް މިހާރު މީހުން ނަމާދު ކުރަން ވަންނަ މިސްކިތެއް ނޫން.

    17
    1
    • ހުސޭނުބޭ

      100 ގެ ވާހަކައެއް. ވީމާ ކަޅުވަކަރު ިސްކިތުގައި މާލެއަރާ ދަތުރުވެރިންނަށް ނިދާ ކައިބޮއި ހެދޭނެދޯ

  5. މުހައްމަދު

    ބަންދުކޮއްފް ހުއްޓަސް އެފަދަމާއިތަނެއްގަ މީހުން އެފަދަގޮތަކައް ދިރިއުޅުމަށް ގެއްގުޅުމަކީ މިގައުމުގެ ވެރިންނަކީ 100% މުސްލިމުން ނޫން ކަމުގެ ހެއްކެށް ، ދަރަބޫދޫ ރައްޔަތުންވެސް ފެއިންވެފަ ތިތިބީ

    18
    3
  6. ޙަަަހަ

    މިތިބެ ނުލަފާ މިނިސްޓްރީއެއްދޯ ، ބަލަ މިސްކިތްތަކުގައި ޤުރުއާން ކުލާސްތައް ހިންގިއޭ ކިޔާފަ ، ކާފަރުން ނިދާ ތަނަކަށް އެތަން ހަދަންޖެހޭތަ ، ދެން މީޑިއާގައި މިކަން ހާމަވީމަ މިބުނަނީ މިސްކިތް ހުރީ ބަންދުކޮށްފައޭ ، ހަމަ ސޯލިހް ގާތުން ދޮގުހަދަން ދަސްކޮށްފައި ތިވަނި ، ޝޭހް އަނިލްގެ ބަހެއް ބޭނުން ، ބަޔަކު ވަކަރު މިސްކިތް ރޫޅާފަ ނެގީމަ މި ސަރުކާރާއި އެމްޑީޕީއިން ވަރުއަރުވާލި ، މިއަދު ކީކޭކިޔަން އޮތީ

    22
    1
  7. އަޖައިބު

    ތިޔޮތީ ނިމިފައެއްނު. ލާދީނީ ޕަޕެޓް އިސްލާމިކް މިނިސްޓްރީން އެބުނީ އެއީ މިސްކިތެއް ނޫނޭ. މީސްތަކުންނޭ އެއީ މިސްކިތެއްނޫން. މިސްކިތެއް ނޫން.

    5
    1
  8. ދަރަނބޫދޫ ރައްޔިތެއް

    އޭ އިސްލާމިކު މިނިސްޓަރ ކަލޭގެ ހަޔާތްކުޑަކަމާ، ނުލަފާކަން ޢާއްމު ރައްޔިތުންނަށް ވަރަށް ސާފުވެއްޖެ! މި އިސްލާމީ ގައުމުގައި އިސްލާމީ ކަންކަން ކުރިއަރުވައި ދެމެހެއްޓުމަކީ ތިޔަމިނިސްޓްރީގެ ވާޖިބެއްކަން ހަދާންނެތުނީތޯ!މިސްކިތެއްގެ ނަނަްދީފައިވާ ތަނަކަށް އަދި އެތަނެއްގައި އަހަރުތަކެއްވަންދެން މާތް ﷲ ފަރުޟު ކުރެއްވި އިސްލާމު ދީނުގެ އެންމެ މުހިއްމު ފަރަުޟު ފަސްނަމާދުކުރި އިމާރާތެއްގައި މިހާރު ނަމާދު ނުރެއޭ ބުނެ ބަހަނާ ދައްކަން އުޅުމަކީ ނާގާބިލްކަން! މިކަން ފޮރުވަން އުޅުނަސް އެކަމެއްވެސް ނުވާނެ!ކޮންތާރީޚެއްގައިތޯ އެމިސްކިތަކީ މިސްކިތެއްނޫންކަމަށް ނިންމެވީ! ތާރީޚު ނޫހުސްވެރިންނާ ހިއްސާ ކުރައްވާ ! ބުނަންތަ ދެންހަމަވާނީ ފަޟީހަތް! އެޅޭނީ ހުސްޅައެއްޗެތި! މުއްދަތު ހަމަވަނީ އިންޝާﷲ

  9. ޑެޑު

    މިސްކިތް ބަންދު ކުރިޔަސް ކާފަރުން ނިދާ ތަނަކަށް ނުހެދޭނެ. މި ގޮތައް އަމަލު ކުރުމަކީ އިސްލާމްދީނަށް ފުރައްސާރަ ކުރުން. ޤުރުޢާން މުސްޙަފެއް ނުބައިކަން އާޔަތްތަކެއް ޕުރިންޓު ކުރެވުނީމަ އެ ކަރުދާހުން ބާލީހާ ގޮދަޑި ހެދުމަކީ އިސްލާމް ދީނަށް ފުރައްސާރަކުރުން.

    13
    1
  10. Anonymous

    މާލޭގެ މަގުތައްމަތީ މާރުކޭޓް ސަރަޙައްދުގައި ނިދާހަދާ ދިވެހި ރައްޔިތުން ނިދަން ކަޅުވަކަރު މިސްކިތް ހަދަންފެނޭ. އެތަންވެސް ނަމާދުކުރާކަށް ބޭނުމެއްނުކުރެ. ކޮވިޑާއި ގުޅިގެން ރާއްޖޭގެ އެތައް މިސްކިތްތެއް ނަމާދުނުކޮށްހުރި. އެހެނޭކިޔާ އެތަންތަން ކުއްޔަށްދޭންވީތޯ.
    ް

  11. Anonymous

    ބޭކާރު ވާހަކަނުދައްކާ މިނިސްޓަރު އިސްތިއުފާދީ

    12
    1
  12. ހުސްބޮލެއް

    ޢިސްލާމިކް މިނިސްޓަރު ކެރެންޏާ އެމިސްކިތުގެ ނަން ބުނެބަލަ އެއައްފަހު ދެންތިޔަކިޔާއެއްޗެއް ކިޔާބަލަ އޭރުން ކުރިންނޭންގޭ މީހުންނައްވެސް އެނގޭނެ ތިޔަކިޔާ އެއްޗާ ވަމުންދާގޮތާ ކެރޭނެބާ

  13. ކަކުނިބޯ

    މިސްކިތް އެހެންގޮތަކަށް ބަދަލުކުރުމަށްފަހުނޫނީ ތިފަދަކަމަކަށް ބޭނުންކުރެވިގެންނުވާނެ. މީގެކުރިންވެސް މިސްކިތްތަށް އުވާލެވިފައިވާނެ ހާއްސަކޮށް އަންހެނުންގެ މިސްކިތްތަށް. ޢެތަންތަންވެސް ބޭނުންކުރަން މިނިސްޓްރީއިން ކައުންސިލްތކަށް އަންގާފައިވާނީ ކިޔަވާދިނުމަށާ ރަށުގެ އިޖްތިމާއީ އޮފީހެއްހިންގަން އެއްވެސްހާލެއްގައި ޕޭޓޮއިލެޓްއެއް ނޫނީ ޕަބްލިކް ޓޮއިލެޓްހިންގާކަށް ނުދޭ. މިސްކިތް ތަޅާލުމަށފު ޓެންޓުޖަހައިގެން އުޅުނަސް އޯކޭ. ގޮތެއްހުންނަންޖެހޭ

  14. ކީސް

    ކީއްވެބާ މިތަނަށް އާސާރީ މިސްކިތޭކިޔަނީ އެހެންކަމަށްވާނަމަ އެއީ ހަމަބމިސްކިތެއް

  15. ސިޑް

    މިސްކިތެއްގަ ދިވެއްސަކުތޭގަނޑު ދަމުނަމާދައްގޮސް އިށީދެގެން ހުއްޓާވެސް ފުލުހުންގޮސް އެމީހުން މިސްކިތުން ބާލާފަ އެބަތިބި އެއީ ދިވެހިންކުރިކމެއްނަމަ މިހާރު ތބޭނީބަންދުގަ