ހއ. ދިއްދޫގައި އިމާރާތްކުރާ އިސްލާމިކް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިކަމަށްޓަކައި އެރަށަށުގައި ބޭއްވި ރަސްމިއްޔާތުގައި ޢަމަލީ މަަސައްކަތް ފައްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީ އާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދާއި، ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދުގެ އިތުރުން ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގެވެ،

އިސްލާމިކް މިނިސްޓްްރީން މައުލޫމާތު ދެއްވިގޮތުގައި، ދިއްދޫގައި އިމާރާތްކުރާ އިސްލާމިކް ސެންޓަރަކީ 1500 މީހުންގެ ޖާގައިގެ ބިނާއެކެވެ. ދެ ފަންގިފިލާގެ މި އިމާރާތުގައި 450 މީހުންގެ ޖާގައިގެ މަލްޓިޕަރޕަސް ހޯލަކާއި، ކޮންމެ ކްލާސްރޫމެއްގައި 30 ކުދިންނަށް ތިބެވޭނެ ޖާގައިގެ ހަތަރު ކްލާސްރޫމާއިި، ދެ ސެމިނަރ ރޫމް އަދި އިސްލާމިކް ލައިބްރަރީއަކާއި އޮފީސްބައެއް ހިމެނޭނެކަމަށްވެސް އެ މިިނިސްޓްރީން މައުލޫމާތުދެއްްވައެވެ.

މި މަޝްރޫއުގެ އަގަކީ 50 މިލިއަން ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޗޯރު

    ކެކެކެ

  2. ވޯޓުލާން ނުކުންނަމުންވެސް ބިންގަލެއް އަޅާލާތި...

    ލޮލް، މުއިއްޒު އަކީވެސް ރިބަން ކަނޑާމ*ހެކޭ ބުނުވަން ކޮންމެ މިނިޓެއްގަ ކަމެއްފަށާފަ ބަހައްޓާތި. އޭރުން އިބޫ ނުވާނެ ހަމައެކަނި ރިބަންކަނޑާ ރައީސްކަށް ދިވެހި ތާރީޚުގައި.ކެކެކެ.9 ދުވަހުގަ 2ަދި ކިތައްކަންތައް ފައްޓަންރާވާފަ އެބަހުރިބާ. މިހާރު vaguthu ފާއިތު ވެއްޖެ.މަރަށްތެޅޭގަޑީގަ ވިޔަސް ރަނގަޅުކަމެއްކޮއްލާފަ ދޯ ދާންވާނީ. ނަންވާހިތުން ގަޔަށް ހިނި މިއެރިއިރު މިއޮތީ vaguthu ފާއިތުވެފަ...އިސްލާމީ ރިވެތި އަދަބުތަކައް ލޯބިކުރާ މީހުން ތިހެން ނަންވާން ފަށާ ކަންތައްވެސް ވ.ފުރިހަމަޔަށް ނިންމާފަ ދައްކާނެ.ދަބަރަށްވެ ވިއްސި ވިހާލިވާން ދޫކޮއްލައިފުއްޔާ ގައުމުގެ ލާރި ވޭސްޓްވާނީ. ކާށިދޫގަ ޔާމީން ކުރި މަސައްކަތްވެސް މިސަރުކާރުން ވީރާނާވާން ދޫކޮއްލީ އެކަހަލަ އެހެން ތަންތަން ގޮތަށް...

  3. ސަލީމްބެ

    އަންނަނީ އަންނަނީ ވޯޓަށް ޖަހާ ކަށި