ކެރީބިއަންގެ ގައުމެއް ކަމަށްވާ ޑޮނިމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ޝަރަފް ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުއަށް އަރުވައިފި އެވެ.

ޑޮމިނިކަން ރިޕަބްލިކްގެ ވެރިރަށް ސަންޓޮޑޮމިންގޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެންމެ މަތީ ޝަރަފް ޝާހިދުއަށް އެރުއްވީ ޑޮމިނިކަން ރިޕަބްލިކްގެ ފޮރިން މިނިސްޓަރު ރޮބާޓޯ އަލްވާރޭޒް އެވެ.

ޝާހިދު އަށް އަރުއްވައިފައި ވަނީ ޑުއާޓޭ ސަންޗޭޒް އެންޑް މެލާގެ ގްރޭންޑް ކްރޮސް އެންޑް ސިލްވާ ޕްލޭޓްގެ ޝަރަފެވެ.

އެ ޝަރަފަކީ 1931 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ޝަރަފެކެވެ. ނަމަވެސް ކުރިން އެ ޝަރަފް އަރުއްވަމުން ދިޔައީ ހުއާން ޕަބްލޯ ޑުއާޓޭ އޯޑާ އޮފް މެރިޓްގެ ނަމުގަ އެވެ.

ޝާހިދުއަށް އެންމެ މަތީ ޝަރަފް ޑޮމިނިކަން ރިޕަބްލިކްއިން އެރުއްވި ކޮވިޑްގެ ހާލަތާ ގުޅިގެން އެ ވަބާއިން އަރައިގަތުމަށާއި ތިމާވެއްޓާއި އަދި ދެމެހެއްޓެނިވި ގޮތަށް މަސައްކަތްތައް ކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙަަަހަ

    ތަންކޮޅެއް ބޮޑުކޮށް ސަންދޯއް ހަދަންޖެހޭނީ ، ތިހުރިހާ އެއްޗެއް ގެންދަންވާނެ

  2. މެން

    ދުނިމަތީގަ ތިފަދަ ސަރަފްތައް ހޯދިދާނެ އެހޯދޭނީ ސައިތާނާ ބަހައް ހެލިގެން

  3. ކާލިގަނޑުޝަރަފް

    ކްރޮސްގެ ޝަރަފެކޯ

  4. Anonymous

    ކާފަރުން އަތުގަހުރިއްޔާ ހުރިހުރިހާ އެއްޗެއް ކާޕެޓުބޭ އަށްދޭނެ!!!

  5. ހުސޭނުބޭ

    ތި ޤައުމުގެ ކޮންމެވެސް ވަޒީރަކަށް ހަދާފައި ބަހައްޓާ. ތިއީ ނަހައްޤުން ދެ މުސާރަ ނަގާ މިހާ

  6. ނުރަބޯ

    އަސްތަ އަސްތާ ތިޔަ ލިބުނީ ހަމަ ހުކުރު ޙައްޖެއް. ކަލޯ ބާރަށް ހިފަހައްޓާތި ނަމަނަމަ ވެއްޓުނަ ނުދޭތި.

  7. Anonymous

    ޗިޕަކަށްލައިގެން ސަންދޮކުންގެންދެވިދާނެ ތޯއްޗެއް.! މި ނޫނަސް ބައިވަރު އެއްޗެހި ހުންނާނެތާ.