އައްޑޫސިޓީ ހިތަދޫގައި ހަދާފައި އޮތް ބަނދަރު ބޭނުން ކުރާ ފަރާތްތަކުގެ އަތުން މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ފީއެއް ނަގަން ފަށާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.

ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، ބަނދަރު ބޭނުން ކުރާ ފަރާތްތަކުގެ އަތުން ފީއެއް ނަގަނީ ކަނޑު ތޮށީގައްޔާއި އެއްގަމު ތޮށީގައި އުޅަނދު ފަހަރު އެއްސުމާއި، ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީނެގުމާބެހޭ ގަވައިދުގެ ދަށުން ކަމަށެވެ.

ބަނދަރުތަކުން ފީ ނަގާނެ އުސޫލު ކައުންސިލުން އާންމުކުރީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައެވެ. އުސޫލުގައިވާ ގޮތުންނަމަ ބަނދަރު ބޭނުން ކުރެވޭނީ އަވަށްތަކުގެ އަވަށު އޮފީސްތަކަށް ހުށަހަޅައި ހުއްދަ ވެސް ހޯދައިގެންނެވެ. އަދި ފައްތިޔާލުމަށް ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 500ރ. ދައްކަން ޖެހޭއިރު، އެ ހުއްދައިގެ ދިގުމިނަކީ ދެ އަހަރު ދުވަހެވެ.

ފައްތިޔާގެ ގޮތުގައި 29 ފޫޓުން ދަށުގެ އުޅަނދުތަކުން އަހަރަކު 250 ރުފިޔާ ދައްކަން ޖެހޭއިރު، 39-59 ފޫޓާ ދެމެދުގެ އުޅަނދުތައް 500 ރުފިޔާ، 60-99 ފޫޓާ ދެމެދުގެ އުޅަނދުތައް 750 ރުފިޔާ އަދި 100 ފޫޓަށްވުރެ ބޮޑު އުޅަނދުތައް އަހަރަކު 1000 ރުފިޔާ ދައްކަން ޖެހެއެވެ.

ކައުންސިލްގެ އުސޫލުގެ ދަށުން އެއްގަމު ތޮއްޓަށް ދިގަށްވާ ގޮތަށް އުޅަނދުތައް އައްސާ ނަމަ އެކަމަށް ވެސް 50 ރުފިޔާގެ ދެއްކުމަށްފަހު ހުއްދައެއް ނަގަން ޖެހޭނެއެވެ. އަދި އެގޮތަށް ބާއްވާ އުޅަނދުތަކުން ގަޑިއަކަށް ވަކި ވަރެއް ނަގަން ނިންމާފައިވެއެވެ.

އެގޮތުން 69 ފޫޓުން ދަށުގެ އުޅަނދުތަކުން 250 ރުފިޔާ، 70-99 ފޫޓާ ދެމެދުގެ އުޅަނދުތަކުން 400 ރުފިޔާ އަދި 100 ފޫޓަށްވުރެ ދިގު އުޅަނދުތަކުން 1000 ރުފިޔާ ނެގުމަށް ވަނީ ނިންމާފައެވެ. މިއީ ކޮންމެ ގަޑިއިރަކަށް ދައްކަން ޖެހޭ އަދަދެވެ.

މީގެ އިތުރުން ބަނދަރަށް ކައިރި ކުރާ އުޅަނދުތައް މުދާ ބޭލުމާއި ބަރުކުރުމުގައި އެއްގަމު ތޮށި ބޭނުން ކުރާނަމަ އާއި 48 ގަޑިއިރަށް ވުރެ ގިނަ ވަގުތު އެއްގަމުތޮއްޓާއި ކަނޑުތޮށީގައި ހުރަހަށްވާ ގޮތަށް އުޅަނދުތައް އެޅޭނީ ވެސް 50 ރުފިޔާގެ ފީއެއްގެ ހުއްދައަކާ އެކީގައި ކަމަށާއި އެފަދަ ހާލަތްތަކުގައި ވެސް އިސްވެ ދެންނެވި އަދަދަށް ފައިސާ ނަގާނެ ކަމަށް އުސޫލުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރަން ރީނދޫ

    ދެ ލޯ ފުޅާ ،ބަނދަރެއް ހަދާފައި ފީނަގަން އުޅެބަލަ. މަޝަކު ނުދެނެހުރިން ސަރުކާރުން ހިތަދޫގައި ބަނދަރެއް ހެދިކަމެއް. އެއްގަމު ތޮއްޓެއް ލީވެސް މީގެ10 12 އަހަރު ކުރިން ވަހީދުގެ ވެރިކަމުގައި. އަދިވެސް އެއޮތީ ހަމަ އެގޮތަށް.

  2. ސަނީ

    އިސްތަށި ނަގާބަލަ

  3. ަސދ

    އޮޑިވެރިން ތިފައިސާ ނަގާނީ ރައްޔިތުންގެ އަތުން.
    ދެން މުދަުގެ އަގު އިތުރަށް ބޮޑުވާނީ.
    ރައްޔިތުންނަށް ބަދަރު ހެދުމުން ކުރި ފައިދާއެއް ކޮބާ ؟

  4. އަބުދު

    ނިޒާރު އިދިކޮޅަށް ހިލަ ކާއްތަންވީނު

  5. ޖާބެ

    މިއީ ޝަންގހާއީ ބަދަރުތަ… ކައުންސިލުން މިކަންކުރިއިރުގަ ކޮބާބާ މީގެ ވިޔަފާރި ސްޓެޓިސްޓިކްސް އަދި ކައުންސިލުން ވިޔާފާރިތައް ފުޅަކުރުމައް ވިޔަފާރިވެރިންނައް ވާއެހީއަކީ ކޮބާތޯ؟
    އިމްޕޯޓުން ޑިއުޓޫ ، ކޮންމެ ތަނަކުން ފީ ، ޖީއެސްޓީ ޑަބަލް ޓެކްސް ގެ ނިޒާމެއް ޤާއިމްވެ ނިމިއްޖެ ޑައިރެކްޓް އިންޑައިރެކްޓް ޓެކްސް ގެ ގޮތުގާ މިހާރު ރާއްޖޭން %35 %40 ނަގާނެ އެކި މަރުހަލާތަކުގަ އިންފްލޭޝާން ތަކެތީގެ އަގު ޑަބަލްވެގެންދާނެ