އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގައި ހިނގާފައިވާ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މިއަދު ބޭއްވުމަށް ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މި މައްސަލައިގައި މިއަދަށް ތާވަލުކޮށްފައިވަނީ ހެކި ބަސް ނެގުމެވެ.

މި މައްސަލައިގައި ހިމެނޭ ހެކިންގެ ހެކިބަސް ނަގަން ފަށާފައިވަނީ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައެވެ.އެގޮތުން އެ ދުވަހު ހެކިބަސް ދީފައިވަނީ ފޮރެންސިކް ސާވިސްގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި އެލަނިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ އަބްދުﷲ ޝިފާޒެވެ. އޭނާ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ މޯބައިލް ފޮރެންސިކް ރިޕޯޓާ ގުޅިގެންނެވެ.

އެދުވަހު އެ މައްސަލައިގާ ޝަރީއަތުން ތާވަލް ކުރީ ދެ ހެކިވެރިންގެ ހެކިބަސް ނެގުމަށެވެ. އެކަމަކު ހެކިބަސް ނެގުން ދިގުލައިގެން ދިއުމުގެ ސަބަބުން އެ ދުވަހަހަށް ތާވަލްކުރި ދެވަނަ ހެކިވެރިޔާ ހާޒިރުނުކޮށް ޝަރީއަތް ނިންމާލީއެވެ.

މި މައްސަލައަށް މައްސަލަ ރައްދުވާ ދެ ފަރާތްކަމަށްވާ ކުރީގެ ރައީސް ޔާމީން އަދި ފެލިދޫ ދާއިރާގެ ކުރިގެ މެމްބަރު ޔޫސުފް ނަޢީމްވެސް ވަނީ އިންކާރުކޮށްފައެވެ.

ޔާމީން މީގެ ކުރިން ވިދާޅުވެފައިވަނީ، މި ދައުވާއަކީ ޒާތީ ގޮތުން އުފުލާފައިވާ ދައުވާއެއް ކަމަށާއި މައްސަލަ ސާބިތު ނުވާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

އަޑުއެހުން ތާވަލުކޮށްފައިވަނީ ހެނދުނު 11:00 އަށެވެ.

ޝަރީއަތުޖް މި މައްސަލައިގައި މީގެ ކުރިން ވިދާޅުވެފައި ވަނީ މިމަހު 30ގެ ނިޔަލަށް ހެކިބަސް ނެގުން ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުކުމާ ހިސާބަށް އާދެވޭނެ ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިސްޢާފް ސަލީމް

    ޞާލިޙޫ<<<! ދައުލަތް ލޫޓުވަމުން ދީން ފަސާދަކުރަމުން ރައްޔިތުން އިންދަޖައްސަމުން ޤަވްމު ދަރުވަމުން ، މިނިވަންކަން ވިއްކަމުން އެކަންކަން މަތިއަޅާ ފޮރުވުމަށް ކަލޭމެން އެންމެންވެގެން ރައީސް ޔާމީން ފެނުކައްކައިގެން ކާލަންވީނު؟ މިދުވަސްނިމި އެހެންދުވަހެއް އަތުވެދާނޭކަމަށް ވިސްނައި ﷲ އަށް ބިރުވެތިވުމަށް ވަޞިއްޔަތްކުރަމެވެ.

  2. Anonymous

    ހާދަވަރަކަށް މިތެޅިއަރުވަނީ ޔާމީނު ޖަލަށް ނުލެވިގެން. ޔާމީން ޖަލަށް ލިޔަސް ސާލިހު އަކަށް ދެން ވެރިކަމަށް ނުލިބޭނެ. ވެރިކަން ބޭނުމިއްޔާ އިސްލާހްވޭ. އަނިޔާވެރިނުވެ އިންސާފުން ކަންކަން ކުރޭ.

  3. ހަމަހޭ

    ސޯލިހު ފިރުއައުނު ފަދަހިޔާލު ނުގެންގުޅުމަށް ގޮވާލަން ކަލެޔަށް ތާއަބަދު ވެރިކަމުގަ ހުރެވޭނެބާ؟ އިންސާނާ ކަލޭ ރައީސްޔާމީންގެ ކޮންމެ އިސްތަށްޓަކަށް ދައުވާކުރިޔަސް އެދައުވާއެއް ސާބިތެއް ނުވާނެ ކަލެއަށް ކުރެވޭނެކަމަކީ ފަނޑިޔާރުންނަށް ނުފޫޡު ފޯރުވާ ކިޔަމަން ނުވާމީހުން ވަކިކުރުން.