ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓަރު ކަން ކުރެއްވި އަބްދުﷲ ނާޒިމް އިބްރާހިމާއި އެންވާރްމަންޓް މިނިސްޓަރުކަން ކުރެއްވި ޠާރިގު އިބްރާހިމް އަދި ޔޫތު މިނިސްޓަރ ކަން ކުރެއްވި މުހައްމަދު މަލީހް ޖަމާލް އާއިއެކު 12 ބޭފުޅުން ޕީޕީއެމްގެ ކައުންސިލަށް ރޭ އިންތިހާބު ކޮށްފިއެވެ. އޭގެ އިތުރުން އަންހެނުންނަށް ހާއްސަ ކައުންސިލްގެ ފަސް ގޮނޑިއަށް ވެސް ރޭ ވަނީ ފަސް ބޭކަނބަލަކު އިންތިހާބު ކޮށްފައެވެ.

ޕީޕީއެމް ކައުންސިލަށް އިންތިހާބު ކުރި 12 ބޭފުޅުންގެ ތެރޭގައި ހިމެނެނީ ނާޒިމާއި ޠާރިގާއި މަލީހްގެ އިތުރުން މުހައްމަދު އަމީން (ކެޕްޓަން އަމީން)، ޑރ.ޖިހާދު، މުހައްމަދު އަބްދުލްކަރީމް (ރުކުމާ)، ހަމްދާން ޝަކީލް، އަހްމަދު އައިފާން، ޑރ.މުހައްމަދު ޝާފިއީ އަބްދުލްމުންއިމް، އަހްމަދު މުހައްމަދު ވަހީދު، މުހައްމަދު ވަޖީހް އިބްރާހިމް، އިބްރާހިމް ރައްޒާން (ޓަކީ) އެވެ.

ރޭ ޕީޕީއެމްގެ ކައުންސިލަށް ހޮވިވަޑައިގެންނެވި އަންހެން ބޭކަނބަލުންނަކީ ޝެރީނާ އަބްދުއްސަމަދު އާއި ޖަމީލާ އަލީ ހާލިދު އާއި ޖީނާޒު އަދުނާން އާއި އައިމިނަތު ނާސިހާ އަދި އާއިމިނަތު ޝިޔާނާއެވެ.

ޕީޕީއެމްގެ ކައުންސިލަށް އާމެންބަރުން އައްޔަން ކުރެއްވުމަށް ވޯޓް ދިނުމުގެ ހައްގު ލިބުނީ މިހާރު ކައުންސިލްގައި ތިއްބެވި ބޭފުޅުންނަށެވެ.

ރޭ ބޭއްވި އިންތިޚާބު ޕީޕީއެމްގެ ހަރަކާތްތަކުން އާއްމުކޮށް ފެންނަ ބައެއް ބޭފުޅުންނަށް ވަނީ ނާކާމިޔާބު ވެފައެވެ.

ޕީޕީއެމްގެ ކައުންސިލަކީ އެޕާޓީގެ އެންމެ ބާރުގަދަ ގުނަވަނެވެ. ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ ޕާޓީގެ ލީޑަޝިޕާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ކައުންސިލްތަކުގެ މެމްބަރުންނާއި ބައެއް މަގާމުތައް ފުރުއްވާ ބޭފުޅުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝިއުނާ މޮރިޝަސް

    ރައީސް ޔާމިން ފޮނުވި ލިސްޓަށް ހޮވިބައެއްތީ

    7
    3