ރަށްރަށުގައި ހިންގާ މަޝްރޫއުތަކުން އުފެދޭ ވަޒީފާތަކަށް އެރަށްރަށުން ތައުލީމީ ޒުވާނުން ހަމަޖެހިގެން ދިއުމަކީ ހަގީގީ ތަރައްގީ ރަށްރަށަށް ހަމަޖެހިގެން ދާނެ ގޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ނ. ހޮޅުދޫ މޭނާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ރޭ އެ ސުކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއް ޝަރަފްވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

"އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމަށް މިހާރު ހިންގާ މަޝްރޫޢުތައް ނިމެމުން ދާވަރަކަށް، ރަށްރަށުގައި ފަންނީ އެތައް ވަޒީފާއެއް އުފެދިގެންދާނެ. އަޅުގަނޑުގެ ވިސްނުމަކީ، އެފަދަ ކޮންމެ ވަޒީފާއަކަށް، އެރަށެއްގެ ތަޢުލީމީ ދިވެހި ޒުވާނެއް ހަމަޖެހިގެން ދިއުން. އަޅުގަނޑުމެން މިއެދޭ ޙަޤީޤީ ތަރައްޤީ ރަށްރަށަށް ލިބެން ފަށާނީ އޭރުން." ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް ތަރައްގީގެ، ވަކިން ހާއްސަކޮށް ތައުލީމީ ދާއިރާއަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ގިނަ މަޝްރޫއުތަކެއް ސަރުކާރުން ހިންގަމުންދާކަށް ހާމަކުރައްވާ އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ތައުލީމީ ދާއިރާގެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ބަހައްޓަވާ ކަމަށެވެ.

"ދަރިފުޅު އިނގިލިކުރީގައި ލައިގެން، ސްކޫލް ދޮށަށް ދާ ފުރަތަމަ ދުވަހުން ފެށިގެން، ކޮންމެ ބެލެނިވެރިއެއްގެ ހިތުގައި، ހާމަނުކޮށް އޮންނަ ޢަޒުމަކީވެސް، ތިމާގެ ދަރިފުޅަކީ ޤާބިލު ހުނަރުވެރި ކުއްޖަކަށް ހެދުމުގެ ޢަޒުމް. ކިޔެވުމުގެ ފުރުޞަތުތައް ފަހިކޮށްދީގެން، ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ ބެލެނިވެރިންގެ އެ ޢަޒުމް ޙަޤީޤަތަކަށް ހަދައިދިނުމަށް." އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މޭނާ ސުކޫލުގެ ކާމިޔާބީއަށް ވެސް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

"ސްކޫލެއްގެ ޙަޔާތުން 75 އަހަރަކީ ކުރު މުއްދަތެއް ނޫން. އެހެން ނަމަވެސް އެ ސްކޫލެއްގެ ކާމިޔާބީ ވަޒަންކުރާ ތިލަފަތަކީ، ހާސިލްކުރެވޭ ނަތީޖާ. އެ މިންގަނޑުން ކިރާއިރު، މޭނާ ސްކޫލަކީ ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ވަރަށް މަތީ މަޤާމެއް ހާސިލްކޮށްފައިވާ ސްކޫލެއް."

އަދި އެ ސުކޫލުން ތައުލީމް ހާސިލްކުރި އެތައް ބަޔަކު މިހާރު ސަރުކާރުގެ އިސް މަގާމުތަކުގައި ގައުމަށް ހިދުމަތް ކުރުމަށް އެބަތިބިކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ހުޅުދޫ އަކީ ގިނަ ފަންނުވެރިންތަކެއް އުފަންވި ރަށެއް ކަމަށެވެ. އެގޮތުން އެ ފަންނުވެރިކަން އާލާކުރުމަށް ސުކޫލުން މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހަވާސާ ހާދިސާ

    މަނިކުފާނު ތިޔަ ވިސްނަނީ ކަނފަތުގެ ފޫޅާއި ހަމަޔަށް ވެރިޔަކު ވެއްޖީއްޔާ ތަންކޮޅެއް ދުރަށް ވިސްނަންޖެހޭދޯ؟ އެހެންތާވާނީ 25 އަހަރު އެއްގޮންޑިޔެއްގައި ބަސްނުބުނެ އިނީމާ ވާގޮތްމީ!

    33
  2. Anonymous

    ތީ ރަގަޅުވާހަކައެއް. އެކަމް ތިވަޒީފާތަށް ދެވޭނީ ޕާރޓީކުދިންނަށްކަމަށް ވިދާޅުވިނަމަ ވަރަށް ރަގަޅުވީސް. ވާނީވެސް އެހެން.

    25
  3. 2026

    ތަރައްޤީ އަކީ 2026 ގައި ލޯނު ދެއްކުމެއް ނޫން

    21
  4. ޝޮކްތެރަޕީ

    ފިކުރީހަގުރާމަ ކޮއްގެން ދިވެހިން ހެއްދިޔަސް ހަގީގަތަކީ އިންޑިޔާމީހުން ރާއްޖޭގަ ވަޒީފާތަކުގަ އިތުރުވަނީ އިސްމަގާމުތަކުގަ.

    31
    1
  5. ހަގީގަތް

    ކޮންމެ ކަމެއް ކުރިޔަސް އިބޫ އާއި ގާސިމް އަދި އިމްރާނަށް ދޭނެ ވޯޓެއް ނެތް ކަމަށް ހިތާމަޔާއަކު ދަންނަވަން.

    31
  6. އހ

    ލާދީނީ ސަރުކާރު ނޯވޯޓް

    27
  7. ގެރި

    ދެން މިފާއިތުވި 4 އަހަރު ކިތައްވަޒީފާ ރަށްރަށުގެ މީހުންނަށްދޭން އުފެއްދުނީ!!؟

  8. މުހައްމަދު އަހްމަދު

    މީގެ ކުރިން ވެސް އެރަށެއްގެ ވަޒީފާ ދެނީ އެ ރަށެއްގެ މީހުންނަށް. ކަލޭ ތިބުނާ ތަރައްޤީއަކީ، މިސްކިތު މަސައްމަތު ވަޒީފާ ވެސް ޕާޓީ މީހާއަށް ދިނުން.

  9. ބަގާބެ

    ދައުރުނިމެނީ އަދިވެސް ތަރައްގީއޭ ކިޔާފަ މޮޅު އަނގަ ތެޅުމުގަ، ވީ ކަމެއް ހަރާން

  10. ރާއްޖެތެރެ

    ސަނީލިޔޯން އާއެކީ ޗުއްޓީއައް ދޭބަލަ ފޮނި ނުކަޑާ

  11. ސަމަދު

    ތަރައްގީއަކީ ރައްރަށުގައި ބިން ހިއްކާފަ ވިހި ފަންސަވީސް އަހަރަށް ގޯތި ނުދީ އެބިންތަށް ފަޅުކޮއްފަ ބޭއްވުމެވެ. އެހެން ވެގެންތާ ގދ.ތިނަދޫ އިން ވެސް ގޯތި ދޫނުކޮއްގެން އެއުޅެނީ ތި އިބުރާހިމާ ބުނެގެން. ކަލޯ އިބުރާހިމާއެވެ. 2023 ދެން ހަދާން ނައްތާލާށެވެ.

  12. މައުނަ

    ތަރައްޤީގެ ޑެފިނިޝަން ނުވަތަ މާނައޮޅޭވަރަށް މިބުގެ މާނަ އެބަކުރޭ.
    ތަރައްޤީއަކީ ކޮންކްރީޓެއް ނޫން
    ތަރައްޤީއަކީ ޖީބަސް ވަންނަ ފައިސާ
    ތަރައްޤީއަކީ އެރަށެއްގައި އުފައްދާ ވަޒީފާއަށް އެރަށެއްގެ ބަޔަކު ހަމަޖެހުން (ބޭރުމީހުން މިހާގިނައީ އެހެންވެ)
    ތަރައްޤީއަކީ މީހުން ތަރައްޤީވުން

  13. އަބުދުﷲ

    ތިިޔަބޭފުޅުންނަކައް ވަޒީފާއެއް އުފއެއްދުމުގެ ގާބިލް ކަމެއްނެތް. ދައުލަތް ދަރުވާފަ ވެނުމަސް ވެނައް ދޭގޮތައް ރައްޔިތުން ދަރުވާފަ އެދަރަނި މުސާރައޭކިޔާފަ ތިދެނީ . ޥަޒީފާއަކީ އެކުރާކަމަކުން ޚަރަދު ދެކޮޅުޖެހި ކުޑަނަމަވެސް ފައިދާއެއްވާކަންތައް.

  14. އަހަންމަދު

    ތިވިދާޅުވީ ކޮން ޔުނިވާރސިޓީއެއްގެ ރައުޔުއެއްތޯ؟
    ދައްކާވާހަކައިން މީހާގެ ފެންވަރު ހާމަވޭ! ރައްޔިތުންނޭ ހޭއަރާ!ދެން ވޯޓު ދޭންވާނީ އެންމެފުރިހަމައަށް ތަރައްގީ އެގޭމިހަކަށް!

  15. ޑައެލޯގް

    ކަލޭމެން ޔާމީނުއިރު ބުނީ ތަރައްގީއަކީ ކޮންކްރީޓެއްނޫނެވެ. އެކަމަކު އިހަކަށްދުވަހަކު ރަށެއްގެ ބަނދަރު ހުޅުވަމުންބުނީ ބަނދަރަކީ ކޮންކްރީޓް ކަމުގައިވިއަސް އަޅުގަޑެއް އެއީ ކޮންކްރީޓް ކަމުގައިނުދެކެމެވެ. މިވަރުގެ މީހެއް އިބޫއަކީ

  16. އިސްޢާފް ސަލީމް

    ތަނެއް ދޮރެއް ބިތެއް ބިތުފަންގިއެއް ވަކިނުވެހުރި ޖާހިލަކުވެސް ޤަވްމެއްގެ ވެރިކަން ކޮށްފިއެވެ.