ފ. ދަރަނބޫދޫގެ ކުރީގެ މިސްކިތެއްގައި ގިނަ އަދަދެއްގެ ބިދޭސީން ގެންގުޅެމުންދާތީ އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ކުރިއަށް އޮތް ތަނުގައި އެ މިސްކިތުގައި ބިދޭސީން ބޭތިއްބުމަށް ކުއްޔަށް ދޫނުކުރަން އަދާލާތު ޕާޓީގެ މެޖޯރިޓީ އޮންނަ ދަރަނބޫދޫ ކައުންސިލުން ނިންމައިފިއެވެ.

ފ. ދަރަނބޫދޫ މިސްކިތެއްގެ ނަމާދު ކުރާ ބައިގައި ބިދޭސީން ގޮދަނޑި އަޅައިގެން ތިބި ތަން ފެންނަ ވީޑިއޯއެއް މީސް މީޑީއާގައި އިއްޔެ ވަނީ އާންމުވެފައެވެ. މިސްކިތުގެ ފެންޑާ ތެރެ އާއި ގޯތި ތެރޭގައި އަންނައުނު ހިއްކަން އަޅާފައި ހުރިއިރު، ތުވާލި އަނދެގެން ބައެއް ބިދޭސީން އުޅޭ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެއެވެ.

ގަބުރު ފެނިގެން ބަންދުކުރި ދަރަނބޫދޫގެ ކުރީގެ މިސްކިތުގައި އިންޑިއާގެ މަސައްކަތްތެރިން ގެންގުޅޭތީ ރާއްޖޭގެ ދީނީ ބައެއް ބޭފުޅުން ވެސް ދަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އެ މިސްކިތުގައި ނިންދަވަނީ އެރަށުގައި ނަރުދަމާ އަޅަން ގެންގުޅޭ އިންޑިއާގެ ލޭބަރުންނެވެ.

ދަރަނބޫދޫ ކައުންސިލްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ވައިރަލްވި ވީޑިއޯ އަކީ ވަކި ސިޔާސީ މަގުސަދެއް ހާސިލުކޮށް ދަރަނބޫދޫ ކައުންސިލް އާއި އެ ރަށުގެ ރައްޔިތުންނާއި އަދި ސަރުކާރު ބަދުނާމުކުރަން ކޮށްގެން އުޅޭ ކަމެއް ކަމަށެވެ.

ކައުންސިލްއިން ބުނީ އެމްޓީީސީސީން ކުރިން ދަރަނބޫދޫގައި މަސައްކަތް ކުރި އިރު ވެސް އެ ކުންފުންޏަށް ވެސް އިމާރާތް ދޫކުރި ކަމަށެވެ.

ނަމަވެސް އެއްވެސް ބަޔަކަށް އެ މިސްކިތް ކުއްޔަށް ދޫކުރަން އެދި ސަރުކާރުގެ އިދާރާއަކުން އެދިފައިނުވާ ކަމަށް ކައުންސިލްއިން ބުނެއެެވެ.

"ކައުންސިލްއިން ނިންމާފައި ވަނީ މި އިމާރާތުގައި [މިސްކިތުގައި] މީހުން ދިރިއުޅުމަށް ކުއްޔަށް ދޫކުރަމުން އައި އައުން ނިމުމަކަށް ގެނެސް ކުރިއަށް އޮތް ތަނުގައި މިފަދަ ބޭނުންތަކަށް ދޫނުކުރުމަށެވެ" ދަރަނބޫދޫ ކައުންސިލްއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެެ.

ބިދޭސިންތަކެއް ދިރިއުޅެމުންދަނީ ކަމަށް ބުނެ ވީޑިއޯ އާއްމުކުރި އިމާރާތަކީ ގަބުރުމަތީގައި އަޅާފައި ހުރި މިސްކިތެއްކަން އެނގިގެން ނަމާދުކުރުން ހުއްޓާލައި، މިސްކިތްތަކުގެ ދަފްތަރުން ވެސް 2017 ގައި އުވާލާފައިވާ ތަނެއް ކަމަށް ކައުންސިލުން ކުރިން ވަނީ ބުނެފައެވެ.

މިސްކިތެއްގެ ގޮތުގައި ކުރީން ބޭނުންކުރި ތަނެއްގައި އިންޑިއާގެ މަސައްކަތު މީހުން ގެންގުޅޭ މައްސަލައެއް ސަމާލު ކަމަށް ގެންނެވީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި ވަރަށް ގިނަ ބަޔަކު އެތަނުގައި ދިރިއުޅެމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބުރާންތިން..

    ބަޔަކު ނިކުމެ ފަލީހަތް ކޮށްލީމަނޫނީ މިނާގާބިލް ސަރުކާރުން އެއްކަމެއްވެސް އިސްލާހުކުރަންނޭންގެ.. ސިކުންޑީގަ އެއްވެސްތެތްކަމެއްނެތް ބުރާންތިންއަށް ޤައުމުހިންގަން ހަވާލުކުރީމަ ނުކުންނާނެ ނަތީޖާމިފެންނަނީ.. އިސްތިއުފާ!

    30
    2
  2. ގަދަބެ

    އެއީ ފްލެޓް އެއްނު މިހާރު.

  3. ދަރަނި ދަންތުރަ

    ކިހެނެއްބާ މިވީ މިހާރު އެތަން އަނެއްކާ މިސްކިތަކަށް ބަދަލުވީބާ ؟ ތިޔަ އިންޑިޔާ މީހުން ތިތަނުން ބޭރުކުރީމަ މާރިޔާގެ 3 ބިހުން 2 ބިސް ދިވެހިންނަން ލިބޭނެބާ އިސްލާމިކު މިނިސްޓަރޫ ރޫ ރޫ ރޫ ޜޫ

  4. ކެނެރީ

    ކޮންމެ ކަމެއްގައިވެސް ރައްޔިތުން ކެކިއެރީމަ ސޯލިބޭ އަށް އިސްލާމިކު މިނިސްޓަރަށް ރޭކާލާ ކަމަށް މިވަނީ ދެބަންދިހާރަ ވިޔަސް މިއީ ބޮޑުވަރު

  5. ހއ

    ބަލަގަ މައިސޯބު ހުރީ ކުރިޔައްދާން ފޫގަޅައިލައިގެން އިށީ ނީމާ ފެންނާނީ އެހެންމީހުނައް ދެއްތޯ މީ މިވާގޮތަކީ ރައްޔިތުން ވިސްނާލަބަލަ

    11
    2
  6. ހ

    އިންޑިޔާ އައުޓު

    13
    2
  7. ޑައެލޯގް

    މިސްކިތަކީ ވަރަށްމާތް ތަނެކެވެ. އަދި އުވާލިޔެއްކަމަކު މިސްކިތެއްގެ ކަރާމަތަށްޓަކައިވެސް ތިގޮތަށް ކަންކުރުމަކީ ރާއްޖޭގެ ރައްޔިތުން އިސްލާމްދީނަށް ދީފައިވާ ޤަދަރު ގެއްލިދާނެކަމެކެވެ.