ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ ދެވަނަ ދައުރެއް ކަށަވަރުކޮށްދޭން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ސައިންސް މިނިސްޓަރު އަދި ޕީޕީއެމްގެ ކައުންސިލަށް ރޭ އިންތިހާބުވި މަލީހު މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

މަލީހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވެރިކަންކުރާ އެމްޑީޕީ އާއި ވަތަނީ ފިކުރުގެ ދުޝްމަނުން ކިތަންމެ ނޭދުނަސް ޕީޕީއެމްގެ ފިޔާތޮށި ލަޝްކަރު އެއްތަން ވަމުންދާ ކަމަށެވެ.

ޕީޕީއެމްގެ ލަޝްކަރު އެއްތަންވަމުން ދަނީ ރައީސް ޔާމިންއަށް ރައީސް ޔާމީނަށް ރިޔާސީ ދެވަނަ ދައުރެއް ކަށަވަރުކޮށް ދިނުމަށްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެކަމަށް ވާންޖެހޭ ކޮންމެ ޤުރުބާނީއެއް ވުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް. ބުންވަރު ހުސްނުވާނެ." މަލީހު ވިދާޅުވި އެވެ.

ނިމިގެން ދިޔަ ޔާމީންގެ ސަރުކާރުގައި ޔޫތު މިނިސްޓަރުގެ މަގާމު މަލީހު ފުރުއްވި ނަމަވެސް ދައުރުގެ ވަކި ހިސާބަކުން މަލީހު ވަނީ މަގާމުން ދުރުކުރައްވައިފައެވެ. އޭގެ ފަހުން އޭރު އިދިކޮޅުގައި އޮތް ޖުމްހޫރީ ޕާޓީއާއެކު މަސައްކަތް ކުރައްވަން ފައްޓަވައި މި ސަރުކާރުގައި މަލީހު ވަނީ ސައިންސް މިނިސްޓަރުގެ މަގާމު ފުރުއްވައިފައެވެ. ނަމަވެސް އިތުބާރު ނެތް ކަމުގެ ވޯޓެއް މަޖިލިސް ތެރެއިން މިދިޔަ އަހަރު ނަގައި މަލީހު މަގާމުން ދުރުކުރި ފަހުން ފެންނަމުން ދަނީ ޕީޕީއެމްގެ ހަރަކާތްތަކުގެ ތެރެއިންނެވެ.

މަލީހު ރޭ ޕީޕީއެމް ކައުންސިލަށް ވެސް އިންތިހާބުވެ ވަޑައިގެންފައިވާއިރު، ޕީޕީއެމްގެ ކައުންސިލަކީ އެޕާޓީގެ އެންމެ ބާރުގަދަ ގުނަވަނެވެ. ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ ޕާޓީގެ ލީޑަޝިޕާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ކައުންސިލްތަކުގެ މެމްބަރުންނާއި ބައެއް މަގާމުތައް ފުރުއްވާ ބޭފުޅުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މުހައްމަދު

    މަނިކުފާ ނާއި ބޭބޭ ފުޅަށް މަހެއްވަންދެން އުޅެވިދާނެ

  2. Anonymous

    މިއީ ކުނަމެހިތަކެއްފަދަ ބައެއް. އެކަކަށް އުނދަގޫވެގެން ފައްސާލީމަ އަނެއްކާ އެހެން މީހެއްކާރީޖައްސާފަ އޭނާއަށް އުނދަގޫވެގެން ފޮނުވާލީމާ އަނެއްކާ ކުރިންފައްސާލި މީހާ ކައިރިއަށް. މިކަމަކަށް ނިމުމެއް ނޯންނާނެ ދުނިޔެދޫކުރަންދެން. ލޮލް

  3. ބުރޯސް

    އަޅެ ފަހެ މަލީހޫ. ފައިފުއްސަކަށް ވުރެންވެސް ހާލު ތިޔަވަނީ ދެރަވެފައި. ފައިފުހިވެސް އޭގެ ބޭނުން ކެނޑެންދެން އެ އޮތް ތަނެއްގައި އޮވޭ. އެއްވެސް ސަރުކާރެއްގައި މަނިކުފާނުގެ މަގާމު ހަރެއްނުލި. އަބުރާއި އިއްޒަތް ނަގާނުލައްވާ.

    4
    1
  4. Happy 123

    ޜ. ޔާމީނާއެކު ކިހާދުވަހެއްވާނެބާ😅🤭

  5. ފިރާޝާ

    ކަލޯ ޔާމީނު ސަރުކާރާ ދެކޮޅަށް މަސައްކަތް ކޮށް ދެއްކި ވާހަކަ ތަކާއި ގޮވި އެއްޗެހީގެ ވީޑިއޯ އެހެރީ ފެންނަން، ޖަމީލު އާއި މީނަ ހީކުރީ އަނެއްކާވެސް ޔާމީނު ވެރިކަމަށް އައިސް މިމީހުންނަށް މިނިސްޓަރ ކަން ދޭނެ ކަމަށްދޯ! ތީ ދިހަހާސް ހަމަކުރަން ލިސްޓަށް ލާފަ ހުރި މީހެއްކަން ހަނދާން ކޮށްދެން. ތި ދެކޭ ހުވަފެން އިންޝާﷲ ކާމިޔާބު ނުވާނެ.

    4
    1
  6. ޙަަަހަ

    މީ ކާރިކުރަން ހެޔޮވަރުބައެއްނޫން ، މިމީހުން ކައިރިކުރާތީ ޕީޕީއެމް ކަމަކުނުދޭ

  7. މައުނައީ

    ސިޔާސީ: ލީ ގުުއި ބުރި އަނބުރާ އެތެރެޔަށްލުން

  8. ބަޑަންޑޫ

    ލޮލް އެއްކަލަ މަލީހު

  9. ސޭޓު

    މަވެސް ރައީސް ޔާމީން ހޮވަން ތާއީދު 2023😍

    5
    3
  10. ޒަބީބު

    ޔާމީން އަށް 2 ވަނަ ދައުރެއް ދޭން ނުޖެހޭކަން ސާބިތުކޮށްދިނުމަށް މަލީހަކީ ދިރިހުރި ހެއްކެއް އަދި ރައްޔިތުންނަށް ހެޔޮވަރު މަސްދަރެއް.

    4
    5
  11. ޙައްޕު

    ކިތަންމެ ވަރަކަށް ހޯދަދޭން އުޅުނަސް ތިކަމެެއްނުވާނެ. ޔާމީނު ހޮވުމަކީ މިޤަރުނުގަ ދިވެހިންނަށް ހެދޭނެ އެންމެބޮޑު ގޯސް. ބޭރުދުނިޔެ ނުދަންނަ ޤައުމުތަކާ ، ޖަމްޢިއްޔާތަކާ ޖައްސާލައިގެން އުޅޭ މީހަކަށް ވެރިކަން ދިނުމަކީ ، ރާއްޖެ ކަފުން ކުރުން.

    4
    3
  12. ޅަނދޯޅު މަލީހ

    ކަލޯ ތަންފުއްސެކޭ އެއްވަރު މީހެއް ތީ. ޔާމީނުގެ ވައްކަމާއި ކޮރަޕްޝަން އަދި ފަތިފުށް ޓީވީ ކުރިމަތީ ހާމަކޮށް ހުތުރުސިފައިން އެއްޗެހި ގޮވިމީހަކީ ތިމަލީހު. ލަދު ކޮބާ؟ މިއަދު އަނެއްކާ ހަމަ މަލީހު ރައްޔިތުން ކުރިމަައްޗަށް އެރީމަ ހިނި އަންނަނީ. ކަލެއާއި ޖަމީލަކީ ހަމަ އެއްވެސް އަގެއް ނެތް ގޮތެއްފޮތެއް ނެތް ފައްކާ މަރުމޯލުން. ޢެއްވައްތަރަކަށް ނިކުމެ އެކި ކޮޅުކޮޅަށް ހޭރޭތާ ކިތައް އަހަރު މިވަނީ؟ ޢެކައްޗެއް ދެފަހަރު ނުކިޔޭ. ކޮން ރައްޔިތެއް ކަލޭމެން ކިޔާ އެއްޗެއް ގަބޫލުކުރާނީ؟؟؟ ފައްކާ މުނާފިގުން. މިފަދަ މަރުމޯލުން ކިބައިން މިގައުމުު ސަލާމަތް ކުރައްވާށި. އާމީން