ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު އަމީން ވެރިކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން ރައީސް ސޯލިހްގެ ވެރިކަން ފެށުމާއި ހަމައަށް ހިންގާފައިވާ ލާއިންސާނީ އަމަލުތައް ބެލުމަށް އުފައްދާފައިވާ އިންތިގާލީ އިންސާފުގެ އޮފީސް އުވާލުމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) ގޮވާލައްވައިފިއެވެ.

ޓޮމް މިހެން ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދީ ހާލަތު ދަށަށް ދަމުން ދާތީ އިޤުތިޞާދީ މައްސަލަތައް ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތައް ކަމަށް އޭނާ ގަބޫލުކުރައްވާ ފިޔަވަޅުތައް ހާމަކުރައްވާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ބަލަމުން ގެންދާ މައްސަލަ އަކީ އަމީން ދީދީ އަވަހާރަކޮށްލި މައްސަލައެވެ. އަމީން ދީދީ އަވަހާރަވި މައްސަލަ ބަލާ އޮފީސް އުވާލެއްވުމުގެ އިތުރުން ދައުލަތް ހިންގުމުގެ އޮނިގަޑު 19 މިނިސްޓްރީން 13 ވަރަކަށް މިނިސްޓްރީއަށް ކުޑަކުރައްވަން ވެސް ޓޮމް މިއަދު ގޮވާލެއްވިއެވެ. ޓޮމް ވިދާޅުވީ ޤައުމުގެ އިޤްތިސާދީ ހާލަތު ރައީސް ސޯލިހް ޤަބޫލުކުރައްވަން ޖެހޭކަމަށެވެ. "ދައުލަތް މިއޮތީ ލައިގެން ކާނެ އެއްޗެއްނެތް ހާލަތުގައެވެ." ޓޮމް ވިދާޅުވިއެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ ބަޖެޓަށް މިއަހަރު ވެސް 15 މިލިއަން ރުފިޔާ ހޭދަކުރަން ވަނީ ނިންމާފައެވެ. އަދި އެއޮފީހުން ބަލަމުންދާ މައްސަލަތައް ނިމޭ ގޮތަކުން ބައެއް މީހުންނަށް ދައުލަތުން ބަދަލު ވެސް ދޭން ޖެހުން އެކަށީގެންވެއެވެ.

އިންތިގާލީ އިންސާފުގެ އޮފީސް ގާއިމުކޮށް ކުރީގެ ވެރިކަންތަކުގައި ލިބުނު އަނިޔާތަކަށް އިންސާފު ހޯދައި ދިނުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަސަން

    އިންސާފު ހޯދައިދީ ނިމުނީތޯ.... ދެން ލަލަލާ !

  2. Anonymous

    އަމީންދީދީ އަވަހާރަވި މައްސަލަ ބަލަން؟! އަލިރަސްގެފާނު އަވާހަރަކޮށްލި މައްސަލަ ވެސް ބަލަން އެބަޖެހޭ. ޕޯޗުގަލްގެ ސަރުކާރުގެ ވެރިން ހާޒިރުކޮށްގެން.

  3. ހއ

    ދަރުމަވަންތަ ސްކޫލް ވިއްކާލައިފި، އޮލިމްޕަސް ވިއްކާލައިފި މިހުރީ ހައްތަހާވެސް މޮޅައްކިޔަވައިގެންހުރި އަމީރުގެ ބަހައް ސޯލިހު ކުރާކަންކަން އެހެންތާވާ އަމީރު އެބުނަނީ ރައްޔިތުން ކުރިމަތީގާ ގައުމެއް އިދައެއް ނުޖެހޭނޭ އަޑުނާހާށޭ މިކަލޭގެ މިހެންރައްޔިތުން ކުރިމަތީގާބުނެފަ އަމަލުކުރަނީ އެހެންގޮތަކައް އެސްޓީއޯ މުއައްޒަފުންގެ އޯޓީވެސް އަހަރީ ބޯނަސްވެސް ނުދޭން ނިންމައިފި އެކަމަކު އަމީރު މިބުނަަނީ ގައުމުގެ އިގްތިސާދު ހަމަޔަކައްއެޅިއްޖޭ އެބައިގޭ މިކިޔާއެއްޗެއް ،،،