ސަރުކާރު އޮފީސްތަކުން އާމަގާމް އުފެއްދުމާއި ޕްރޮމޯޝަން ދިނުން ފަދަ ކަންކަން މަޑުޖައްސާލުމަށާއި އަމަލީ މަސައްކަތް ފަށައިގެން ކުރިޔަށްދާ ނުވަތަ ހިދުމަތެއް މެދު ނުކެނޑި ދިނުމަށްޓަކައި ކޮންމެހެން ކުރަން ޖެހޭ މަރާމާތެއް ފިޔަވައި އެހެން މަރާމާތެއް ނުކުރުމަށް ފިނޭންސް މިނިސްޓްރީން ސަރުކާރުގެ ހުރިހާ އޮފީހަކަށް އަންގައިފިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވައި ސަރުކާރު އޮފީސްތަކަށް މިއަދު ފޮނުވި ސާކިއުލާގައި ބުނެފައި ވަނީ ރަޝިއާ-ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ތެލާއި އެހެނިހެން ތަކެތީގެ އަގު އުފުލި ދައުލަތުގެ ހަރަދުތައް ވެސް އިތުރުވަމުން ދާކަމަށެވެ.

އެހެންކަމުން އާމްދަނީ އާއި ހަރަދުތައް ހަމަޖެއްސުމަށް ލިބޭ ޖާގަ ވަރަށް ބޮޑަށް ހަނިވަމުން ދާ ކަމަށާއި ހަރަދުތައް ކޮންޓްރޯލް ނުކޮށް ޑެފިސިޓް އިތުރުވާނަމަ އޭގެ ބުރަ އުފުލަން ޖެހޭނެތީ ހަރަދުތައް ކުޑަކުރަން ޖެހޭ ކަމަށް އަމީރު ވިދާޅުވިއެވެ.

"ދުނިޔޭގެ ބާޒާރުގައި އިންޓްރެސްޓް ރޭޓު އުފުލެމުންދާ ދަނޑިވަޅެއްގައި ހަރަދުތައް އިތުރަށް ކޮންޓްރޯލް ނުކޮށް ޑެފިސިޓް އިތުރުވެގެންދާ ނަމަ މި ޑެފިސިޓް ފައިނޭންސް ކުރުމަށް ވެސް ދައުލަތުގެ ބަޖެޓުން އިތުރު ބުރައެއް އުފުލަން ޖެހޭނެ އެވެ،" ސާކިއުލާގައި ވިދާޅުވެފައި ވެއެވެ.

ހަރަދު ކުޑަ ކުރުމުގެ ގޮތުން ބަޖެޓުން ހަރަދު ކުރާ އެއްވެސް އާ މަގާމެއް ނުއުފެއްދުމާއި މުއައްޒަފުންނަށް މި އަހަރު އެއްވެސް އާ އެލަވަންސެއް ދޭން ނުފެށުމަށް ވެސް ސާކިއުލާގައި ވަނީ އަންގާފައެވެ. ރަސްމީ ގަޑިން ބޭރުން ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ފިޔަވައި އިތުރު ގަޑީގެ މަސައްކަތް ނުކުރުމަށް ވެސް އެ މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

ހަރަދު ކުޑަކުރަން އަޅާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި އޮފީސް ހިންގަން ކޮންމެހެން ބޭނުންވާ ހިދުމަތެއް ނޫނީ މިވަގުތު ނުހޯދުމަށާއި އާ ސްކޮލާޝިޕްތައް ނުފެށުމާއި ރާއްޖެއިން ބޭރުން ލިބޭ ހިލޭ ކުރު ކޯސްތައް ފިޔަވައި އެހެން ޓްރެއިނިން އެއް ކުރިޔަށް ނުގެންދިޔުމަށް ވެސް ވަނީ އަންގާފައެވެ.

ޕީއެސްއައިޕީގައި ހިމެނޭ ކެޕިޓަލް ހަރަދެއް ފިޔަވައި ކޮންމެހެން ކުރަން ޖެހޭ ކެޕިޓަލް ހަރަދެއް ނޫނީ ނުކުރުމަށާއި އެ ހުރިހާ ކަމެއްގެ ތެރެއިން ކޮންމެހެން ކުރަން މަޖުބޫރުވާ ކަމެއް ކުރުމަށް 5000ރ. އަށް ވުރެ އިތުރަށް ހަރަދުވާނަމަ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ވެސް ސާކިއުލާގައި ވެއެވެ.

ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި ވިދާޅުވެފައި ވަނީ ދައުލަތުގެ ހުރިހާ އޮފީސްތަކުން މާދަމާ އިން ފެށިގެން އެ ސާކިއުލާ އަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އަދި ކައުންސިލްތަކުން ވެސް ބްލޮކް ގްރާންޓު އަދި އަމިއްލަ އާމްދަނީ ހަރަދު ކުރުމުގައި ވެސް އެ ފިޔަވަޅުތަކަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް ސާކިއުލާގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ކަމަނަ

    މަޑިސީލައިން ދައްކަމުން ދިޔަ ގިނަވާހަކަތައް ދިމާވަން ފަށައިފި މިޤައުމުގައި ދަރަނިވެރިވެ ދާއިރުވެސް ދައްކާ ވާހަކަ ދިމާއެއްނުވެއި އަމީރު ލާރިޖަހަން ބުނާއިރަށް ހުއްދަދިނީ ޤައުމު ދަރުވަން ލޯނުނަގަން ބުނާއިރަށް އެކަމަށްވެސް ވަޒީފާގެ ދަހިވެތިކަމުގައި އެއްބަސްވީ ރައްޔިތުން ހަނާވަނީ

    21
    1
  2. ޢހ

    އަމީރު މިހާރު ތި ދައްކަނީ މުޅިން އެހެން ވާހަކައެއް. ލަވާއިގެ ރާގާއި މުޅި ލަވާއިގެ ޅެންވެރިކަން ބަދަލުވީ ޔޯ… އަމީރު ކީހާ ޅެމެއް ފަރިއްސަން ބަދަލުވީ ޔޯ 😂

    19
  3. Anonymous

    މިމީހުންނަށް ބައި އަޅާ ނިމުނީމަ އަދި ކިރިޔާ ސާކިއުލާ މިފޮނުވީ. ތިވަރުވެސް ދެރައެއްނުން

    15
  4. ތިރިބެ

    މީހަކު ފަހައިގަތީމަ ތިވަރުވެސްތިކޮއްލީ އިޔެ ބުނީ ހާސްކަމއެއްނެތޭ ދަރަނިނަގާނޭ ޕުރޮޖެކުޓްތައް ގިނަކުރާށޭ އެއިރުންނޭ ޖީބުފުރޭނީ ކޮވިޑުގައިވެސް ރައްޔިތުން ގޭބައްދު ކޮއްފަ ދައުލަތް ލޫޓުވާލަނިކޮއް މީހަކުނުކުމެ ބައްޔާއެކު އުޅެއްށޭޖެހޭނީ ބަލިފަތުނަނީއެ ކިޔާހަޅޭލަވާފަ މިހާރު ތިމައްނަމެއް ހިއްގުން މޮޅީއޭ ކިޔާފޮނިކަޑަނީ

    12
  5. ާ2023

    ހުސްވީ ހުސްވީ އިބޫ !!!

    13
  6. ޗޮއިސް

    ޗޮއިސް ކިޔާއެއްޗެއްދިމާނުވޭ އެއްފަހަރުކިޔާނެ ފެނުކެއްކި ބިހޭ ހަމައެހެންއުޅެފަ މައިކެއްލިބުނީ ކިޔާނެ ދެބިހުންއެޅިދެދައުރޭ ބިސްވެއްޓެންކާރިވަނީ ކޮވިޑްކޭސްތައް އިތުރުވަމުން އަށްނައިރުވެސް ދިރުވާލިވެންޓިލޭޓަރުތަކައް ވީގޮތެއްނޭގުނު ފިޓްނަސްލެވެލް މަތިވެ މީޓަރުކަޝިއެރިގޮތައް ތިރިނުވެ އިތުބާރުގެއްލި ސޯނާވެ ގޯނާގެއަޑު. ކިޔަނީ އަލީވަހީދު އެކުވެރިއާއައްގޮވާލަބަލަ އިސްތިއުފާ ދިނުމުގެކުރިން އުންސުރެއްކެވިގެން

  7. ބަކުރު

    ސޯލިހު ގައުމުދަރުވާލާފަ ޔުކުރޭނޭ ރަޝިޔާއޭ ކިޔާނެ ކަމެއްނެތް ބައެއްގެ ބޮލުގަ ގައުމުދަރުވާލާފަ މަތިއަޅުވާނެކަމެއްނެތް ތިޔައީ ހާއިނެއް ވަގުތުން ހަށްޔަރުކުރޭ.

    14
  8. ދެރަ

    މިވީގޮތުން ހިޔާފުލެޓްތަކުގެ ކުލިކުޑަނުވީނު

    11
  9. އަހައްމަދޫ

    ޕިސް ޕިސް. ޚަރަދު ކުޑަކުރުމުގެ ގޮތުން ތިސިޔާސީ ބައިގަނޑުގެ މުސާރަ އާއި އިނާޔަތް ކުޑަކޮށް ޚާއްސަކޮށް ރައްޔަތުންގެ މަންދޫބުންނޭ ކިޔައިގެން އުޅޭ ބައިގަނޑުގެ މުސާރައާއި ކުރީގެ ރައީސުންގެ މުސާރައާއި އެހެނިހެން ބޭކާރު ޚަރަދުތައް ކުޑަކޮށްބަލަ

    15
    1
  10. އަބުދުﷲ

    ކަލޯ ތިވަރަކުން ނުވާނެ . ތީ ބޭކާރު އޮޅުވާލުން ހަގީގީ ހައްލު ފެއްޓެން ޖެހެނީ ރައްޔިތުންގެ މަޖިލިހުގެ މުސާރަ ކޯޓުތަކާ ވޯޓުހޯދަން ހެދިބޭކާރު ވަޒީފޓަކާ ސަރުކާު މުއައްޒިފުންގެ ގޮތުގައި ތިބި ބިދޭސީން ކެނޑުމާ ނުގަވާއިދުން ރަށުތެރޭގަ އެނބުރޭ ބިދޭސީންނާ ފޮނުވުމާ މިހުރިހާކަމެއް އަވަހައް !!!!!އަވަހައް. !!!!!!!!ނުކުރެވުނިއްޔާ އެއްގޮތަކައްވެސް ސަލާމަތެއް ނުވާނެ. މިއީ ބެއިލް އައުޓު ކުރަން ޖެހިފަ ނުވަތަ ފެތެމުންދާ ދިވެހިރާއްޖޭގެ ފެންމަތީގަ ބޭއްވުމައްޓަކާ ބަލާލާއިރު ދިޔަހިއްކާ ޕަމްޕް ތަކައް އޮބިނޯނަ ވަރައް ދިޔައަރާ ބޮޑެތި ބާގަނޑުތައް . މިތަންތަން ނުބައްދާ ފަޅުވެރިންކާރީގަ ދިޔަހިއްކާށޭ ތިބުނަނީ ގޯހުން. ޣާފިލު ކަމުަތިއްބާ މިހާރު މިއޮތީ އިންފަތްގަނޑު ފެނުއަޑިގަ. !!!!!!!!

    11
  11. ބަރަކު

    ވެއްޓެނީ ވެއްޓެނީ ވެއްޓެނީ... ޥެއްޓޭނެ ފިލާނެ ދުއްވައިގަންނާނެ ހެހެހެހެ.

    11
  12. ވޭރު

    ޖޯކުޖެހިމީހުން މިކިޔަނީ ކީކޭތަ؟ މިހާރު ކަލޭމެން ތިޔައުޅެނީ ރަށްޔަތުންނަށް އޮޅުވާލަން ތިޔަހުރިހާކަމެއްގެ ސިއްރަކީ ވޯޓަށް ފައިސާހޯދުން ޔުކުރޭނު ހަނގުރާމަޔާ އިޒުރާއީލު ހަނގުރާމަޔާ ހަމައެކަށްޗެއް އޮޅުވާނުލުމަށް ސަރުކާރަށް ހާއްސަކޮށް އަމީރަށް ގޮވާލަން.

    10
  13. ސުވާލެއް

    މިނިވަން މުއައްސަސާތައް މި ސަރކިއުލާއަށް އަމަލުކުރާކަށް ނުޖެހޭ. އަދި ސަރުކާރު ހިއްސާވާކުންފުނިތަކުންވެސް ތަޅާބުރުވަނީ. ހަމަ އެއީ ޔޫކުރޭން ހަނގުރާމައިގެ އަސަރުނުފޯރާ ބަޔަކީތަ؟

  14. ވެދުން

    ރ.ޔާމިން ރ.ނަސީދު ވެސް އެތަށދުވަހެއްވެއްޖެ ތިކުރާބޭކާރު ހަރދު ތަށް ކުރުންހުއްޓާލަން ބުނިތަށް އަޑެއްނާހާ އެމީހުންނަކީ ގަމަރުން ނަށް ހަދާފަ އިންޑިޔާއިނ ލޯނުނަގާ ގައުމު އިނދަޖައްސާތިލަނީ މިހާ ހަރަދު ކުރަމުންދަނީ ނަގާފަވާ ލޯނުދައްކަންނެގި ލޯނުދައްކަން ނެގި ފައިސާއިން ދައުލަތުގެ އެއްވެސް ލާރިއެއްނެއް ގައުމު ވަނީ ބަނގުރޫޓުވާހިސާބުގަ ބަލންތިބޭ އޭގެ ކޮޅުމަތި ފެންނަމުން މިދަނީ

  15. ރަން ރީނދޫ

    ބޯކޮޅު ވަތަށް މިއޮތްގެން ވެއްޓެނީ.އިބްރާހީމާ ކޮބާ ކަލެއަށް ރާކަނިމަސް ކެވުނުތަ. ގައުމު ދަވާލާ ބަދަލޭ ކިޔައިގެން ވައްކަން ކުރުމުގެ ނަތީޖާ މިއީ.

  16. ވަފާތެރި

    ނިކަމެތި ރައްޔިތުން އަތުން އަދިވެސް އެއްޗެއްް ނިގުޅާގަނެވޭތޯ ބަލާ. ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ޝާހީ ބޭފުޅުން ހަމަ ހެއްވާފައި ބައިތިއްބާތި. އޭރުންތާ ދެންވެސް ވެރިކަމަށް ހޮވާދޭން "ޑޮގް" ތަކެއް ހެން އުޅޭނީ

  17. ނަޒީ

    ދެ ގަމާރުން.

  18. ޑައެލޯގް

    ވެރިކަމަށް އަންނަންވެގެން އިބޫބުނީ ޔާމީނުގެ ސިޔާސީ މަގާމުތައްބޮޑުކަމެވެ. ސިވިލްސާވިސް މުވައްޒަހުންނޭ ހުރިހައި މަސައްކަތެއްކުރަނީ ކިޔާފަ ސިވިލް މުވައްޒަފުންގެ ކަރުގަހިފާފަ ސިޔާސީ އިތުރުވެ ލޯނުއިތުރުވާތަން މިފެންނަނީ

  19. ފަލަސްތީން

    ކަލޭމެން ތިއޮތީ ބޮޑުތަނުން ފޭލްވެފަ. އިންޑިޔާމީހުން ބެންކުތަކުގަ އިސްމާގާމުތައް ދީފަ ރައްޖޭގަ ޖާސޫސުކުރަން ފުރުސަތުދިނީމަ މިހެން ވާނީ

  20. ކެނެރީގެ މާފަތް އެދުރު

    ކޮބާ ރޯންބެ ކިހިނެއްތަ މިވަނީ އަދިވެސް ތަނެއްގައި ބަޔަކު ތިބިއްޔާ ހޭބަލިވެގެން މުސާރަ ބޮޑުކުރޭ ކޮބާ ތިޔަބުނާ ފައްޔާޒު ގައްދާ ގައުމު ރޯންބެއާ ގުޅިގެން މުޅި ގައުމު ދަވާލާފަ މިގައުމު ބަނޑަށްޖެހޭނީ މުޅި ދުނިޔެ ބަނޑަށް ޖެހިގެންނޭ ކިޔާފަ ރައްޔިތުން ވާވައްދަން ދެއްކި ވާހަކަ ކޮބާ މިހެން ކުރަނީ ބަލާވެރިކަން އޯކޭ

  21. ޖަސްޓިސް ވޮރިއަރ

    ސަރުކާރު މާނަކުރާ ގޮތް އެބަ އޮޅުން އަރާ. ސަރުކާރުގެ 95% ކުންފުނި އެތައްސަތޭކަ މިލިޔަން ރުފިޔާއިން ދަރަނީގައި ހިންގާއިރު، އަދި އެކުންފުނިތަކަށް އެތަށް ސަތޭކަ މިލިޔަން ރުފިޔާގެ އެހީ ސަރުކާރުން ފޯރުކޮށްދޭއިރު، އެ ކުންފުނިތަކަށް މިހާރުވެސް މެދުކެނޑުމެއްނެތި، ސިޔާސީ މަންފާއަށް އެއްވެސް މަސައްކަތެއް ކުރަން ނުޖެހި ތިބޭ ގޮތަށް މުވައްޒަފުންން ނެގީމަ މި ދައްކާ ވާހަކަ ދެކޮޅެއް ނުޖެހޭ. މިސާލަކަށް، ރޯޑް ކޯޕަރޭޝަންގެ އެކި ބްރާންްތަށް އެކި ރައްރަށުގައި ހަދައި އެތަށް ސަތޭކަ މުވައްޒަފުންނެއް ނަގައި އެއްވެސް ކަމެއް ނެތި އެތިބެނީ. މީ ރައްޔިތުންގެ ޓެކްސް ފައިސާއަށް ޚިޔާނާތްތެރިވުން ނޫން ކޮންކަމެއްތޯ؟

  22. ދިވެހި ދިދަ888

    ކޮބައިތޯ އިކޮނޮމިކް އިސްމާއިލް އޭނަ ބުނި ދުނިޔެ ފުޑުފުޑުވީމަޔޯ މިރާޢްޖެ ތިހާލަތަށް ދާނީ..

    11
    1
  23. މޫސަ

    ހުރިހާކަމެއް ހުއްޓާފަ ސިޔާސީ މަޤާމްތައް އިތުރު ކުރަންވީ. އިންތިޚާބާ ދިމާކޮށް ކުންފިނިތަކަށް ރަށްރަށުގަ ތިބި ކަޗޯރުން ވައްދަންވީ

  24. ޒާ

    ސިޔާސީ މަގާމުތައް ހާހުން އުފައްދާ ބޮޑުމުސާރަދީ އެކުވެރިންނަށް މާލިއްޔާ ބަހާ ހުސްކޮށްފާ ކޮން ޕްރޮމޯޝަނެއްގެ ވާހަކަތޯ ތިދައްކަނީ؟ ސިވިލްސާވަންޓަކަށް ޕްރޮމޯޝަންދީ މުސާރަބޮޑުކޮށް ދިނިންތަ؟ މުޅިދައުލަތް ބަނގުރޫޓް އަރުވާލީ

  25. މަރިޔަމް

    މިދިޔަ ހަފްތާވެސް ކޮނމެސް ރަށެއްގަ ޕްރޮޖެކްޓް ދަށަން ވައުދުވެއްޖެ . ރަށުންބޭރަށް ވަޒީފާއަށް ފޮނުވާފަ އެކޮމޮޑޭސަނެއްނުދެ. ޢަންނިއަށް ގަނޑުވަރު އެހެންމީހުނަކަށް އެކައްޗެއްޗެސް ނެތް.

  26. ހއ

    އަމީ ރު ކިޔަވައި މޮޅުމީހަކައްވެހުރެ މިދިވެހި ގައުމު ރައްޔިތުންނައް ވަގައް އިދަޖައްސާ ނުލާށެވެ އަމީރު އިއްޔެ ބުނާވާހަކަޔަކާ މިއަދު ބުނާ ވާހަކަޔަކާ ދިމާނުވާކަން ރިކޯޑޫތައްކުން ބަލާލަބަލާށެވެ