އައްޑޫގައި ފުލުހުން މާރާމާރީއެއް ހިންގައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫ ސިޓީ ފޭދޫ ފުޓްސަލް ދަނޑުގައި ކުރިއަށްދާ ފުޓްސަލް މުބާރާތެއްގައި މިރޭ ފުލުހުން ކުޅުނު މެޗެއް ނިންމުމަށް ފަހު ފުލުހުން ވަނީ އިދިކޮޅު ޓީމްގެ ކުޅުންތެރިންނަށް ހަމަލާދީ މާރާމާރީ ހިންގާފައެވެ.

މަންޒަރުދުއް މީހަކު ބުުނީ ފުލުހުންނާއި އެއާޕޯޓް ޓީމްގެ ކުޅުންތެރިން މާރާމާރީ ހިންގަން ފެށުމުން ދުރުކުރީ ވެސް އެތަނުގައި ތިބި ސަޕޯޓަރުން ކަމަށެވެ. "އަމަން ބަލަހައްޓަން ތިބި ފުލުހުން މާރާމާރީ ހިންގަން ފެށުމުން ހުއްޓުވާނެ ބަޔަކު ވެސް ނުވި. އެންމެފަހުން މާރާމާރީ ހުުއްޓުވަން ޖެހުނީ އެސަރަހައްދުގައި ތިބި ވަކި ޓީމަކަށް ސަޕޯޓް ނުކުރާ ސަޕޯޓަރުން. ދެޓީމްގެ ކުޅުންތެރިން ވެސް ދިޔައީ އެއްބަޔަކު އަނެއްބަޔަކަށް ހަމަލާދީ މާރާމާރީ ހިންގަމުން." މަންޒަރުދުއް މީހަކު ބުންޏެވެ.

މިކަމާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ހޯދަން ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ފުލުހުންގެ ބަހެއް ނުލިބެއެވެ.

އައްޑުއަކީ ފުލުހުންނާއި ގުޅޭ ގޮތުން އެންމެ ގިނައިން ޝަކުވާ ވެސް އަންނަ އެއްސިޓީއެވެ. ދޭތެރެ ދޭތެރެއިން ކުށުގެ ތުހުމަތު ކުރެވޭ މީހުންނަށް ފުލުހުން ގަސްދުގައި ހަމަލާދީ އަނިޔާ ކުރާކަމުގެ ޝަކުވާ ވެސް ބައެއް މީހުން ކުރެއެވެ. ނަމަވެސް ގިނަ ފަހަރު އެފަދަ ކަންކަން ސާބިތެއް ނުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ލޮނަ

    ތަފިރިން ނައް މިނުން ކަމައް ނިވޭހެއް ވަގުތު އެއްތާމެން ތިބީ ބަލަގެން ދީ ތެޅީ ކޮންބާކިން ތޯ.

    16
    7
  2. ސުނިލް

    ދޮގެއް. މަވެސް އެތާ ހުރިން. ޢެއަރޕޯޓް ބަލިވީމަ އެޓީމް ކުޅުންތެރިއަކު އައިސް ހަމަ ނުޖެހުން ހިންގަން މަސައްކަތް ކުރީ.

    21
    10
    • ފޭދޫ

      މަވެސް އެތާންގަ ހުރިން ތީހުސް ދޮގު މީހަކު ބުންޖޭ ބުންޖޭ ކިޔާފަ ހަބަރުލިޔަންނުވާނެދޯ ކޮންމެސް ވަރަކަށް ތެދުގޮގު ބަލާފަ ހަބަރުލިޔަންވާނީ

      5
      4
  3. ބްރިގޭޑިއާރ

    ތިވާނީ މެޗު ފެއްޓުމުގެ ކުރިން މިއުޒިކު ނުކުޅުނީމަ ހައްދުފަހަނައެޅުމުގެ ޖޯށު ޖެހުނީކަމަށް.

    15
    1
  4. ހުރަވީ

    ޖަޒްބާތު އުތުރޭ ހާލަތްތަކުގައި އޭގެ މައްޗަށް އިސްކުރާނީ ނަފްސުތޯ ނުވަތަ ލަގަބުތޯ. ޢިންސާނަކަށްވީތީ ދިރާސާއެއްވެސް ހަދާލަން ހަމަ ރަނގަޅު.
    ދަނޑުމައްޗަށް އެރީ ފުލުހެއްތޯ ނުވަތަ ކޮންމެވެސް ނަފްސެއްތޯ

    18
    2
  5. Anonymous

    ތިއީ ތެދެއްނަމަ ވަރަށް ހުތުރު އަމަލެއް ފުލުހުން ތިކުރީ. ދެން މީގަ ކަންތައް ވާނެގޮތަކީ އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދާލަން އުޅުނީމަ ބުނާނީ މާރާމާރީ އެއް ހިނގިކަމުގެ މައުލޫމާތެއް ފުލުހަށް ލިބިފައެއް ނެތޭ.

    16
    2
  6. ގުއިސާނީ

    ޢާދަނު ދުވަހަކުވެސް ތެދެއްބުނިބާ؟

    8
    4
  7. ރާއްޖެތެރެ

    ތިވާނީ އިންޑިޔާއިން ތަމްރީނު ގެދި މީހަކައް

    11
    2
  8. ސެމީ ފައިނަލް

    ދޮގު ޙަބަރު ފަތުރާ މީހުންނަށް ދެ ދުނިޔެއިން ގެއްލުމާއި ހަލާކް ހުރި.!

    9
    1
  9. ކޮތަރޭ

    މީހުންގެ އަނބިން ކައިރިޔަށް ވެސް އެވަރަށް ވަންނަނީ ތި މީހުން ޢައްޑޫގަ