ދިވެހި ޤައުމީ ދިދަ ނެގުމުގައްޔާއި، ދިދަ ބޭނުންކުރުމުގައި ސަރުކާރުގެ މުއައްސަސާތަކުން އަމަލުކުރާނެ އުސޫލެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މިއަދު އިއުލާން ކުރައްވައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ޤައުމީ ދިދަ ބޭނުން ކުރުމުގެ އުސޫލެއް އެކުލަވާލިއެވެ. އެއުސޫލުގައި އޭރު އޮންނަނީ އެއްވެސް ރަށެއްގައި ގައުމީ ދިދައަށްވުރެ އުހަށް އެހެން ދިދައެއް ނުނެގޭނެ ކަމަށެވެ. އެއުސޫލުގެ ދަށުން ފުލުހުން ފޮނުވައިގެން ބައެއް ސިޔާސީ ޕާޓީތަކުގެ ދިދަތައް ވެސް އޭރު ނެގިއެވެ. ނަމަވެސް ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެން އެއުސޫލު އުވާލިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާއްމު ކުރެއްވި އުސޫލުގައި އާއްމު ފަރާތްތަކުން ގައުމީ ދިދަ ގެންގުޅުމުގައި އަމަލު ކުރަން ޖެހޭނެ އުސޫލެއް ނެތެވެ. އެހެންކަމުން ގައުމީ ދިދައަށްވުރެ އުހަށް އެހެން ދިދައެއް ނެގުން ވެސް މިހާރު މަނަލެއް ނޫނެވެ.

މިއަދު އާއްމުކުރި އުސޫލުގައި ވަނީ ސަރުކާރުގެ މުއައްސަސާތަކުން ދިވެހި ޤައުމީ ދިދައަށް ޙުރުމަތްތެރިކޮށް ހިތަންވާނެ ކަމަށާއި އަދި، ދިވެހި ޤައުމީ ދިދައިގެ ޙުރުމަތަށް އުނިކަމެއް އަންނަ ފަދަ މިންވަރަކަށް ބާވެފައިވާ ނުވަތަ ހަލާކުވެފައިވާ ދިދައެއް، އެއްވެސް ކަމެއްގައި ބޭނުންކޮށްގެނެއް ނުވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އާއްމުކުރި އުސޫލުގައި ހުރީ މިހާރު ވެސް އާއްމު ގޮތެއްގައި އަމަލު ކުރާ އުސޫލެވެ. މިއަދުގެ އުސޫލުގައި ވެސް ބުނެފައި ވަނީ ސަރުކާރުގެ މުއައްސަސާތަކުގައި ހެނދުނު 6:00 އިން ހަވީރު 6:00 އަށް ދިވެހި ޤައުމީ ދިދަ ނަގައިފައި ހުންނަންވާނެ ކަމަށާއި ސަރުކާރުގެ އެއް މުއައްސަސާއަށްވުރެ ގިނަ މުއައްސަސާ، އެއް އިމާރާތެއްގައި ހުންނަނަމަ، އެ އިމާރާތެއްގައި ނަގާނީ އެއް ދިދަ ކަމަށެވެ.

ޤައުމީ ފެންވަރެއްގައި ހިތާމަ ފާޅުކުރުމުގެ ނިޝާނެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އެންގުމަކަށް ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެވިދާނެ ކަމަށާއި ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވާކަމުގައި ބަލާނީ، ދިދަ ދަނޑީގެ ކުރިން ފެށިގެން، ދިދައިގެ ފުޅާމިނަށް ތިރިކޮށްފައި ބެހެއްޓުމުން ކަމަށް ވެސް އުސޫލުގައި ވެއެވެ.

ސަރުކާރުގެ މުއައްސަސާތަކުން ބާއްވާ އެއްވުންތަކާއި، ރެލީތަކާއި، ހިނގައިލުންތަކުގައި ދިވެހި ޤައުމީ ދިދަ ބޭނުން ކުރެވިދާނެ ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    މިއަދު ތިވީ ކިހިނެއް.
    ތާރީޚަކީ އިޢާދަވާ އެއްޗެއްކަން
    ވިސްނާ ފިކުރުކުރާ ބަޔަކަށް ޢިބްރަތްހުރި

  2. ޓ

    މިސަރުކާރުން އުސޫލު އުވާލީ...އެމްޑީޕި ދިދަ ގައުމީ ދިދައަށް ވުރެ އުހަށް ނުނެނިގެން....

    12
    1
  3. ހުސެން

    ޤައުމީ ދިދަ އަކީ 6 އަކުން 6 އަކަށް ނަގާފަ ތިރިކުރަންޖެހޭ އެއްޗަކަށް ވާކަށް ނުޖެހޭ. އެޤައިމެއްގެ ޤައުމީ ވަންތަކަން ދައްކުވައިދޭ ނިޝާން ހުންނަންވާނީ އަބަދެވެސް ނެގިފައި. ބޮޑުދިދައާއި މިނިސްޓްރީތަކާއި މިނިވަން މުއައްސަސާތަކާއި ރައީސް އޮފީހާއި އަތޮޅުކައުންސިލްތަކުގެ ދިދަ ހުންނަނީ 24 ގަނޑިއިރު ނެގިފައި. މިއުސޫލުން މުއައްސަސާތަކުގެ ޤައުމީދިދަވެސް ހުންނަން ވާނީ އަބަދުވެސްނެގިފައި. ރޭގަނޑު 6 ޖެހުމަކުން ޤައުމީ ވަންތަކަން ކެނޑެނީތަ. އަދިވެސް ކުޑަސިޓީ ހައްދައިގެން މާލެއެރި ވިސްނުން މިހުންނަނީ..

  4. ޙަފޯ

    ދެން ހުރިހާ އޮފީސްތަކަށް އަންގަ، މީގެފަހުން ބަންގާޅިން ނަގާ ބާލަމުން ދިޔަ ދިވެހި ދިދަ ދެން ނަގާ ބާލަން ތިބެއްވާނީ އިންޑިޔ މީހުންނޭ.

    8
    1
  5. ހަވާސާ ހާދިސާ

    ގައުމީ ދިދަޔަށް ވުރެން އުހުގައި އަދި ބޮޑުކޮށް އެއްވެސް ޕާޓީއެއްގެ ދިދަ ހުރެގެންނުވާނެ!

  6. ސަމްކުޅިބޭ

    މައުމޫނުޒަމާގައި 24ގަޑިއިރު ދިދަ ނަގާފައި ބަހައްޓަގޮތަށް ހަމަޖެއްސި. 24ގަޑިއިރު ދިދަ ނަގާފައި ބަހައްޓާ އިރު ދިދައަށް އަލި އެޅޭގޮތަށް ލައިޓް ހުންނަންޖެހޭ. އެގޮތަށް ހުރޭތޯ ފުލުުހުން ބަލަމުންވެސް ގެންދިޔަ. އެގޮތުން މިހާރުވެސް ބައެއް ތަންތާ 24ގަޑި އިރު ދިދަ ނަގާފާ އެބަހުރޭ. އެކަމަކު ލައިޓެއް ނުހުރޭ. ދިދަ ހިރަފުހުން ތަތްތެޅި ކުލަތައް ވަކިނުވާ ވަރުވެފައިވެސް އެބަހުރި. މިހާރު ފުލުހުން އަޅައެއްނުލާ. މިސަރުކާރު އައިސް އެއުސޫލުތައް އުވާލީމާ އަޅާނުލަނީ ކަމަށް ވެދާނެ. ތިޔަ އުސޫލެއް މިހާރު ތިޔަ ހެދީ އަލުން އެމްޑީޕީން މާމައްޗަށް ބޮޑު ދިދައެއް ނަގަންކަމަށްވެދާނެ. ކިތަންމެ މައްޗަށް ދިދަ ނެގިއަސް އެވާނީހަމަލާދީނީ ޕާޓީއަކަށް.

    1
    1
  7. ހުސޭނުބޭ

    ސަރުކާރުގެ މުއައްސަސާތަކުގެ ގައުމީ ދިދަ ބާވެ ހަސްނެތޭއިރުވެސް އާކޮށްނުދެވޭ ބަޔަކު ކިހިނެއްބާ ތި ޤަވާއިދަށް ޢަމަލުކުރާނީ