ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ޓުވީޓާ އެކައުންޓް ހެކް ކުރިމަށް އޭނާ ވިދާޅުވި ނަމަވެސް އޭގެ ހެއްކެއް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

އަލީ ޒާހިރުގެ ޓުވިޓާ ހެކްކޮށް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ނިސްބަތްކޮށް ވަރަށް ހުތުރު ބަހުން މީހަކު ޓުވީޓު ކުރި މައްސަލަ ފެންމަތިވީ މިދިޔަ މާޗު މަހުއެވެ.

ނަމަވެސް އަލީ ޒާހިރު ވިދާޅުވީ ހުތުރުކޮށް ޓުވީޓުތަކެއް ކުރެއްވީ އޭނާ ނޫން ކަމަށާއި ބަޔަކު އޭނާ އެކައުންޓް ހެކްކުރީ ކަމަށެވެ. އެހެންވެ އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހެޅި ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގޭ މިންވަރަށް ހެކި ލިބިފައިނުވާ ކަމަށާއި އަދި އެ މައްސަލަ މިހާރު ފައިލް ކޮށްފައިވާ ކަމަށެވެ.

ހެކްކުރި ކަމަށް އަލީ ޒާހިރު ވިދާޅުވި ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި އެމްޑީޕީ ވެރިކަމަށް އައީ ރައީސް ނަޝީދު އެކަނި ކުރެއްވި މަސައްކަތުން ނޫނެވެ.

"ކަލޯ ހިތުން ޔޫކޭގައި ގޮނޑި ދުއްވަން އިން މީހަކު ކުރި މަސައްކަތުން އެކަނި ކަމަށްތަ އެމްޑީޕީ މިއަދު މިހިސާބަށް އައީ؟" އެ ޓުވީޓުގައި ލިޔެފައިވެއެވެ.

ހެކް ކުރިއިރު ވެސް އަލީ ޒާހިރުގެ އެކައުންޓަކީ ވެރިފައިޑް އެކައުންޓެކެވެ. ނަމަވެސް ވެރިފައިޑް އެކައުންޓެއް އެހާ ފަސޭހައިން ހެކް ނުކުރެވޭނެކަމަށް ބުނެ ބައެއް މީހުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުޙައްމަދު.

    އަލީ އެހެންބުނުމުން ކޮބާ ގޮހަކީ . ތެދުވާނީ ހަމަތެދަށް. އެހެން އެކަންވީވެސް. ހަމަ މިވާހަކަ ފުރަހަނި ޝުއައިބުވެސް އެތަށް ފޮރަމެއްގަބުނޭ. އަދި އެނޫންމީހުންވެސް.

    6
    2
  2. ބުއްޅަބޭ

    ކޮބާ އަދިވެސް ޕުއްޕާ...ތި އޮތީ އަތަށް ގޮވާފަ...ތޅއ ބޭރު ކުރޭ ރައީސް އޮފީހުން..

    12
  3. އާދަންބެ

    އަސްތަޣްފިރުﷲ، ދީނީ ތާކިހާ އަޅުއްވައިގެން ތިބެ ބިރުން ފިތްކަނޑައިގެންދާ ވަރުގެ ބޮޑެތި ދޮގު ހަދާއިރު ބިރުގެ ކަންފުޅެއްވެސް ނެތް.

    16
  4. Anonymous

    މިމީހުން ނަހަދާނެ ދޮގެއް މީ ހުސް ތެދުހަދާމީހުން ތެދުވެރިކަމުން ވެރިފައިވެފައި ބެޖްލިބިފަކަން ނޭގެ ތިބެނީ.

  5. ހުސޭނުބޭ

    ޝައިޚެކޭ ބުނާއިރު މީނަ ހާދަ ދޮގެއްވެސް އެބަ ހަދައޭ. ތިހެން އުޅެނިކޮށް ކައްޛާބެއްގެ ލަގަބު ލިބިދާނެ