ރާއްޖޭގައި ކޮވިޑް-19ގެ ވޭދަނަތައް އިތުރުވަމުންދާތީ ގިނަ މީހުން އެއްވާ ތަންތަނާއި ބަންދު ތަންތަނުގައި މާސްކު އަޅަން ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

އެޗްޕީއޭއިން މިއަދު ބުނީ، ރާއްޖޭގައި ކޮވިޑްގެ ވޭދަނަތައް ޖޫން މަހުގެ ދެވަނަ ހަފްތާއާއި އަޅާބަލާއިރު ޖޫން މަހުގެ ތިން ވަނަ ހަފްތާގައި 185 އިންސައްތަ މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި އޭގެ އިތުރަށް އެނދުމަތި ކުރާ މީހުން އިތުރުވެ މިމަހުގެ ތެރޭގައި ތިން މީހަކު ވެސް ބަލީގައި ނިޔާވެފައިވާ ކަމަށެވެ.

ވޭދަނަތައް އިތުރުވަމުން އަންނާތީ އާންމު ފިޔަވަޅެއްގެ ގޮތުން އޮފީސް، ސްކޫލް، ކޮލެޖް، ފިހާރަތައް، އެއާޕޯޓް، ފެރީ ޓާމިނަލްތައް، ދަތުރުފަތުރު ކުރާ ވަސީލަތްތައް (ފެރީތަކާއި ބަސް، ޓެކްސީ، މަތިންދާ ބޯޓު، ސީޕްލޭން) މިސްކިތް އަދި ބޭންކު ފަދަ ތަންތަނުގައި މާސްކު އެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ސިއްހީ ހިދުމަތްދޭ ތަންތަނަކީ ހައި ރިސްކް މީހުން ގިނަ ތަނަކަށްވުމާއެކު، ބަލި މީހުންނާއި ސްޓާފުންގެ ރައްޖާތެރިކަމަށްޓަކައި ސިއްހީ ހިދުމަތްދޭ ތަންތަނަށް ޒިޔާރަތް ކުރާ ބަލި މީހުންނާއި އެހީތެރިކަން އަބަދު ވެސް މާސްކު އަޅައިގެން އުޅުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

މީގެ އިތުރުން ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރިނަމަ، މާސްކު އަޅައި ގޭގައި އެކަހެރިވުން އަދި ވީއެންމެ އަވަހަކަށް ކޮވިޑް ޓެސްޓް ކުރުމަށާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ދާ ބަލި މީހުންނާއެކުދާ އެހީތެރިން މަދު ކުރުން އަދި މިތަންތަނަށް ކޮންމެހެން ދާން ޖެހިގެން ނޫނީ ނުދިއުމަށާއި އެނދުމަތި ކޮށްފައިވާ މީހުންނަށް ޒިޔާރަތް ކުރުން މަދު ކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޥެޓްރަން

    މާސްކް އަޅައިގެން ކުދިންތަކެއްގެ ފުއްޕާމޭ ހަލާކުކޮށް ދިފާއީ ނިޒާމު ފުނޑާލައިފި. މި ވައްކަން ނުހުއްޓުވައިފިނަމަ ސިޔާސީމީހުން ކަށީހަރުލާ ދެން އަންނަ ވެރިކަންތަކުން މިކަން ދަމަހައްޓާނާނެ.

    21
    1
    • އަޒީޒު

      އެޗް.ޕީ.އޭއަށް ކަންކަން މަޖުބޫރުކުރުވޭނީ ހެލްތު އިމަޖެންސީ އެއް އޮތީވިއްޔާ… އެހެން ނޫނީ އެއީ ޢައިރު ޤާނޫނީ އަމުރެއް.. ތަބާވާވުން ލާޒިމެއް ނޫން..

  2. ޒިއުކް

    ބަލަ ކޮން ޤާނޫނެއްގެ ދަށުން އެންގީ؟؟ ހެލްތު އިމަރޖެންސީގެ ހާލަތު ވަނީ އުވާލާފަ.. އެހެންވީމަ މިހާރު ތިޔަހެން އަމުރެއް ނުނެރެވޭނެ މަޖުބޫރެއްވެސް ނުކުރެވޭނެ.. އިލްތިމާސްއެއް ކުރެވޭނީ އޭރުން ބޭނުންވާ މީހުން އަޅާނެ ބޭނުން ނުވާ މީހުން ނާޅާނެ..

    27
    1
  3. 999

    ކޮން މާސްކެކޭ ކިޔާކަށް. ހަމަ ބަންދާ ދިމާކޮށް ރުފިޔާ ކާހިތަކުން

  4. 2020

    2022=ކޮވިޑް ފްރީ

  5. ާއަލީ

    ޢީދަށް ރައްރަށަށް ދާންވާއިރަށް ޕީސީއާރ އަށް މަޖްބޫރު ކުރަން ތައްޔާރު ވަނީ. ކޮވިޑް ވަގު ލަތީފް

    18
  6. ލީލީ

    އަދިވެސް ކޯވިޑުގަ ކެވުނު ވަަރު މަދީ

    15
  7. އަލީ ސަމީރު، ދިއްފުށި

    ނޭންގޭނެ ނުވެސް އަޅާނަން!
    އަބަދަކު މެޑިކަލް މާފިޔާ ބުނާ ގޮތަކަށް ނެހެދޭނެ.

    15
  8. ޑައެލޯގް

    ހޫން! ސްކޫލް ބަންދާ އީދުޗުއްޓީއަށް ރަށްރަށަށްމީހުން ދާނެކަންއިގުނީއެވެ. ދެންޖެހޭނީ ޕީސީއާރު ޓެސްޓް ހަދާށޭވެ. ލިބޭބަޔަކަށް މިލިއަނުން ފައިސާލިބޭނެއެވެ.

  9. ލާބަ

    އެޗް.ޕީ.އޭ ހީކުރަނީ އުތަ ތިމަނާމެނޭ ރައްޔިތުން ބަލިމަޑު ކަމުން ސަލާލަމް ކޮށްދިނީ. ތިޔަ ކޮވިޑް އެއްގަ ކަރަންޓީން ވެގެން ތިބި ބައެއް ކިޔާބަލަ. އެޅި މާސްކަކުން ލިބުނު ރްއްކާތެރި ކަމެއް ދައްކާބަލަ. ޖެހި ވެކްސިނަކުން ލިބުނު ރައްކާތެރި ކަމެއް ދައްކަބަލަ. 4ޑޯޒް ޖެޙި މީހާވެސް ހަމަ ޕޮޒިޓިވް. ޑޯޒް އެއް ނުޖަހާ މީހާވެސް. ދެން ބަލާލަމާ މަރުވީ ކޮން އޭޖް އެއްގެ ކޮންކޮން ބަލީގަ އުޅުނު މީހުންތޯ. އޭރުން ވަރަށް ސާފް ވާނެ. . މީ ބަޔަކު ވަރަށް ބޮޑަށް ރާވައިގެން ކުރި ކަމެއް. ކޮވިޑް އާއި ގުޅިގެން އެޅި ހަރުކަށި ފިޔަވަޅުގެ ސަބަބުން ލަންކާ އެޔޮށް ފުންޑިގެން ދަނީ. އެއްޗެއް ވިސްނޭކަށް ނުވޭބާ. ޕީ.ސީ.އާރު ވިއްކައިގެން ބަޔަކު މުއްދި ވިޔަސް ނިކަމެތިން ފުންޑޭނީ. ތިޔަ ކޮވިޑް ހަމ ރޯގާއެއް ހެން މިތާ އުޅޭނެ

    5
    2
  10. 😣😣😣

    އެކަކުވެސް ނާޅާތި. ކުދިންވެސް ނާޅުވާތި.

  11. ވަބާއެއް

    ނަގުލަންދާށިތައް އީދުބަންދާ ދިމާކޮށް ކަށި ޖަހަން ތައްޔާރުވެއްޖެ.