ރާއްޖޭގައި ކޮވިޑް-19ގެ ވޭދަނަތައް އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި ކޮވިޑް ފެތުރޭ ރަށްތަކާއި ގައުމުތަކަށް ދަތުރު ނުކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސް (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

މިދުވަސްވަރަކީ ޗުއްޓީ އާއި ދިމާކޮށް ވަރަށް ގިނަ ފަރާތްތަކުން އެތެރޭގެ އަދި ރާއްޖޭން ބޭރަށް ދަތުރުތަކާއި އެއްވުންތަކާއި ހަފްލާތައް ބޭއްވުމަށް ރާވަމުންދާ ދުވަސްވަރަކަށްވާތީ، ކޮވިޑް އާއި އަރިދަފުސް ރޯގާ އަދި މިދުވަސްވަރު ފެތުރޭ އެހެނިހެން ބަލިތަކުގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް އެޗްޕީއޭއިން ވަނީ ސަމާލުވާން ޖެހޭ ބައެއް ކަންތައްތައް އާންމު ކޮށްފައެވެ.

އެގޮތުން ސްކޫލްތަކާއި އޮފީސްތަކާއި ގިނަ މީހުން އެއްވެ އުޅޭ ތަންތަނުގައި މާސްކު އެޅުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

އެޗްޕީއޭއިން ބުނީ، ދަތުރުފަތުރު ކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން ދަތުރު ކުރާ ގައުމު ނުވަތަ ރަށެއްގެ ކޮވިޑް ހާލަތު ރަނގަޅަށް ދެނެގަންނަން ޖެހޭ ކަމަށާއި ކޮވިޑް ހާލަތު ގޯސް ރަށްރަށާއި ގައުމުތަކަށް ދަތުރު ކުރުން ލަސްކުރަން ޖެހޭ ކަމަށެވެ.

"ހާއްސަކޮށް ބަލީގެ ނުރައްކާބޮޑު ފަރާތްތައް ގޮވަިއގެން ދަތުުރު ކުރާނަމަ، ކޮވިޑް ބަލި ގިނަ ތަންތަނަށް ކޮންމެހެން ދާން ޖެހޭ ދަތުރުތައް ނޫނީ ނުކުރުން" އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ވަނީ ދަތުރު ކުރިން ވެކްސިން ޑޯޒުތައް ފުރިހަމަ ކުރުމަށާއި ވެކްސިން ސެޓްފިކޭތް ހަދައި، ޓެސްޓް ކުރުމަށްފަހު ދަތުރު ކުރުމަށް ވެސް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮވިޑު

    މުސްލިމުންގެ ޢީދު އަންނާތީ މިސްކިތް ތައް ބަންދުކުރުމަށާއި ވަކި ބައެއްގެ ޖީބުތައް ފުރަން ހިންގާ ޕްރޮޕެގެންޑާ އެއް ކަމަށް ބޮޑަށް ލަފާ ކުރެވެނީ.

    7
    1
  2. Anonymous

    އެޗްޕީއޭ ފެއިލް.

    2
    1
  3. އެދުރުބެ

    ޑރ. އަލީ ލަތީފާ ޓެގް ޓީމްގެ އަތްމަތި ކުޑަކޮށް ތާށިވީ ކަމަށް ބެލެވެނީ. ޕީސީއާރު ހަދަން ޑިމާންޑް ދަށްވީމަ

    4
    1